މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މޯލްޑިވްސް ޕޮލިސް ސާވިސް

1,922 Stories filed
1.7 ކިލޯގެ ޑްރަގާއި ޑްރަގް ވޭޕްތަކާއެކު ތިން މީހަކު ހައްޔަރުކޮށްފި
News

1.7 ކިލޯގެ ޑްރަގާއި ޑްރަގް ވޭޕްތަކާއެކު ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 1.7 ކިލޯގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި އެކުލެވޭ ވޭޕްތަކާއެކު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކ. ހުރާ / ސާނީވިލާ، ޙުސައިން ޝާވިން (26އ) އާއި، ތ. ތިމަރަފުށި / ވިލާ، މަރްޔަމް ޢިޝާ އަޝްރަފް (21އ) ގެ އިތުރުން ސ. ހުޅުދޫ / ރޭޝަމް، މުޙައްމަދު ނާހިލް (25އ) […]

ހުޅުމާލެ ފޭސް ދޭއްގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި
Raajje

ހުޅުމާލެ ފޭސް ދޭއްގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ނިކަގަސްމަގު ގޯޅި 2 ގުޅޭ ކަންމަތީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހުގެ ރޭ 8:11 އެހައިކަންހާއިރުއެވެ. މި އެކްސިޑެންޓާ ގުޅިގެން މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން މި ހާދިސާގައި އަނިޔާވި މީހާގެ ކަނާތު ފައިތިލަ މަތިން ކަނޑައިގެން ގޮސްފައިވީ ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި […]

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދޮށީ އުމުރުގެ ދެ މީހަކަށް އަނިޔާވެއްޖެ
Raajje

ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދޮށީ އުމުރުގެ ދެ މީހަކަށް އަނިޔާވެއްޖެ

މާލޭގެ ބޮޑުތަކުރުފާނުމަގު، ދަރުބާރުގެ ކައިރީގައި ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 17:10 އެހައިކަންހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 72 އަހަރުގެ ދިވެހި އަންހެނަކަށެވެ. ނަމަވެސް، މި އެކްސިޑެންޓުގައި އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލު...

މަގު ހުރަސްކުރި ކުޑަކުއްޖާ ސަލާމަތްކުރަން އުޅެނިކޮށް ވިނަރެސް ކައިރީ އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާ
Raajje

މަގު ހުރަސްކުރި ކުޑަކުއްޖާ ސަލާމަތްކުރަން އުޅެނިކޮށް ވިނަރެސް ކައިރީ އެކްސިޑެންޓެއް، ދެ މީހަކަށް އަނިޔާ

ހުޅުމާލޭގައި ފޭސް ދޭއެއްގައި ސައިކަލެއްގެ ކުރިމަތިން ކުއްލިއަކަށް މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:03 އެހާކަންހާއިރު ކަމަށެވެ. މި އެކްސިޑެންޓްގައި ވިނަރެސް 6 ފްލެޓ...

ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް: އަނިޔާވި މީހާގެ ސިކުނޑިއަށް ލޭއެޅި، އައިސީޔޫގައި ފަރުވާދެނީ
Raajje

ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް: އަނިޔާވި މީހާގެ ސިކުނޑިއަށް ލޭއެޅި، އައިސީޔޫގައި ފަރުވާދެނީ

ހުޅުމާލެ ފޭސް ދޭއްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 62 އަހަރުގެ ދިވެހި ފިރިހެނެއްގެ ސިކުނޑިއަށް ލޭއެޅި، ބޮލުގެ އޮޕަރޭޝަނަކަށް ފަހު ޓްރީޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި އެކްސިޑެންޓު ހިނގާފައި ވަނީ އޯގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:36 ހާއިރުއެވެ. މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2 ގެ ދުނބުރިގަސް މަގާއި ހީނާމާ ހިނގުން ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް […]

ވިނަރެސް ކައިރީގައި ހިނގި އެކްސިޑެންޓުގައި ކުއްޖާގެ ގައިމައްޗަށް ކާރު އެރިކަމަށް ބެލެވޭ: ފުލުހުން
Raajje

ވިނަރެސް ކައިރީގައި ހިނގި އެކްސިޑެންޓުގައި ކުއްޖާގެ ގައިމައްޗަށް ކާރު އެރިކަމަށް ބެލެވޭ: ފުލުހުން

ހުޅުމާލެ ފޭސް ދޭއްގެ ވިނަރެސް ޓަވަރު ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލުން ވެއްޓުނު ނުވަ އަހަރުގެ ކުއްޖާގެ ގައިގައި ކާރަކުން ޖެހި ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ 21:04 އެހައިކަންހާއިރު ވިނަރެސް 7 ޓަވަރު ކައިރި، ހިތިގަސްމަގުގައި ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ މ. ލެމަންޓްރީ 1، ޒީވާ ސިނާން އަހުމަދު (9އ) […]

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ
Raajje

ގަވާއިދާ ހިލާފަށް ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިއްޖެ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ގާނޫނާ ހިލާފަށް ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުންގެ ކިބައިން އެދިއްޖެއެވެ. ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިފަދަ މައުލޫމާތުތައް ހިއްސާކުރަން ޖެހެނީ މިފަދަ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ހާއްސަކޮށް އެކުލަވާލާފައިވާ ޓާސްކްފޯސްއަށެވެ. އެގޮތުން، ގާނޫނާ ހިލާފަށް ފައިސާ...

ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް: ރައީސް
Raajje

ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް: ރައީސް

ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ދިވެހި ރައްޔިތުންނަށާއި، ދިވެހި ފަސްގަނޑުގައި ފައި ބީއްސާ ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ދިވެހި ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ. ”ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަ...

ހުއްދަ ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް އޮފީސް ބަލައިފާސްކުރަނީ
Raajje

ހުއްދަ ނެތި ބޭރު ފައިސާގެ ވިޔަފާރިކުރާ ކުންފުންޏެއްގެ އެކައުންޓްތައް ފްރީޒްކޮށް އޮފީސް ބަލައިފާސްކުރަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ބޭންކު އެކައުންޓްތައް ފްރީޒްކޮށް، އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ މ. ދަނބުގޯޅީގައި ހުންނަ ނައިޑް އިންވެސްޓްމެންޓުގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަން ކުރިއަށްގެންދަނީ، އެ ކ...

ތިނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ
Raajje

ތިނަދޫގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގދ. ތިނަދޫ ސިޓީގެ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއްގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި، ތިނަދޫ ސިނާއީ ސަރަހައްދުގައި ބިދޭސީން ދިރިއުޅެމުންދިޔަ ތަނެއްގައި މީހަކު މަރުވެފައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 ސެޕްޓެންބަރު 1 ވަނަ ދުވަހުގެ ފަތިހު 4:11 އެހައިކަންހާއިރުއެވެ. މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ [...

ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ
Raajje

ދެ ސައިކަލު ޖެހި އެކްސިޑެންޓެއް، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ

މާލޭގެ ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ 2026 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ 8:15 އެހައިކަންހާއިރުއެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންގެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީވެސް އެ ވަގުތުގައެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެ ތަނުން އެއް ސައިކަލުގެ ފަހަތުގައި އިން 17 އަހަރުގެ އަންހެން ކުއްޖާއަށެވެ. އެ...

ވިނަރެސް ފްލެޓް ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ
Raajje

ވިނަރެސް ފްލެޓް ކައިރީ ހިނގި އެކްސިޑެންޓުގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގު، ވިނަރެސް 7 ކައިރީ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އައި އުމުރުން 9 އަހަރުގެ އަންހެން ކުއްޖާ ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ. ފުލުހުން ހޮނިހިރު ދުވަހުގެ ރޭ ބުނީ، ހުޅުމާލެ ފޭސް 2 ގެ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ އެ ރޭ 21:04 ހާއިރު ކަމަށެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން މި އެކްސިޑެންޓް ހިނގަން […]

17 ގެއެއް ބަލައިފާސްކޮށް، ޖުމުލަ 193 ގުރާމުގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
Raajje

17 ގެއެއް ބަލައިފާސްކޮށް، ޖުމުލަ 193 ގުރާމުގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި

ރ. މަޑުއްވަރީއާއި، ކ. ކާށިދޫގެ އިތުރުން ސ. ހުޅުދޫ އަދި ހުޅުމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 17 ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އޮޕަރޭޝަންތަކަކީ އެ ރަށްރަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މަޢުލޫމާތުތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ބުނެއެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަނ...

ނަފްސާނީ ނޭދެވޭ އަސަރުކޮށްފާނެ: ޓަވަރުން ވެއްޓުނު ކުއްޖާގެ މަންޒަރުތައް ނުފެތުރުމަށް އިލްތިމާސެއް
Raajje

ނަފްސާނީ ނޭދެވޭ އަސަރުކޮށްފާނެ: ޓަވަރުން ވެއްޓުނު ކުއްޖާގެ މަންޒަރުތައް ނުފެތުރުމަށް އިލްތިމާސެއް

އަމާން އުދަރެސް ޓަވަރަކުން 16 އަހަރުގެ ކުއްޖަކު ވެއްޓުނު ހާދިސާގެ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތަކާއި ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާނުކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ. މި ހާދިސާގެ ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ ތަފާތު އެކައުންޓްތަކާއި، ޕޭޖުތަކުގެ އިތުރުން ގްރޫޕުތަކުންވެސް މި ވީޑިއޯ ނެގުމަށް އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ...

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ފަރުވާދެނީ
Raajje

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ ފަރުވާދެނީ

ހުޅުމާލެ ފޭސް ދޭއްގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާތައް ވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހީނާމާ ހިނގުމާއި ދުނބުރިގަސް މަގު ގުޅުނު ހަތަރު އަނގޮޅި ކަންމަތީގައެވެ. މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 އޮގަސްޓް 31 ވަނަ ދުވަހުގެ ހެނދުނު 07:44 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފަވެއެވެ. މި […]