ހުޅުމާލެ ފޭސް 2 ޕޮލިހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ދެ މީހަކު ދެނެގަތުމަށްޓަކައި، އެ ދެ މީހުން ފެންނަ ވީޑިއޯއެއް ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯ އާންމުކޮށްފައިވަނީ، އޭގައި ފެންނަ ދެ މީހުންނަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީއާއި، އެ ދެ މީހުން ހޯދުމަށް ކުރި މަސައްކަތުން ފެނިފައި ނުވާތީ ކަމަށެވެ.
އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މައުލޫމާތެއް ލަސްނުކޮށް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
The Maldives Police Service is trying to locate the individual seen in the video below with regard to a case currently being investigated by the Hulhumale Phase 2 Police Investigation.
The Maldives Police Service urges anyone with information on the individual seen in the video… pic.twitter.com/4f5uasWadO
— Maldives Police (@PoliceMv) September 7, 2026
އެގޮތުން، އެ ދެ މީހުންނާ ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
މިފަދަ މީހުން ހޯދުމުގެ މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް އަބަދުވެސް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް، ފުލުހުން ވަނީ އެކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު ދަންނަވައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!