ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ބަންދުން ދޫކޮށްލައިފި އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު ފަސް ލައްކަ ރުފިޔާ ފޭރުނު ކަމަށް ތުހުމަތުކޮށް، މަގާމުން ވަކިކޮށް ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ މިދިޔަ މާޗް މަހު އެވެ.

Ad
rt

ކްރިމިނަލް ކޯޓުން މިއަދު ޝަމްއާން ބަންދުން ދޫކޮށްލަން އަމުރުކުރީ ދައުލަތުން އެގޮތަށް އެދުމުންނެވެ.

އޭނާ ބަންދުން ދޫކޮށްލީ ފުރުން މަނާ ކުރުމަށްފަހު އަދި ކޯޓަށް ހާޒިރުވުމާއި ހެއްކަށް ނުފޫޒު ފޯރުވޭ ފަދަ ކަމެއް ނުކުރަން ޝަރުތުކޮށްފަ އެވެ.

ޝަމްއާންގެ އިތުރުން އިމިގްރޭޝަންގެ ކުރީގެ އޮފިސަރުންތަކަކަށް ވެސް އެ މައްސަލާގައި ދައުވާ ކުރެ އެވެ.