ފަރުވާ ހޯދަމުން ދާ މީހުންނަށް ޑްރަގް ދީގެން ނަހަމަގުޅުން ބާއްވާކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނި ގޮތުގައި، އެންޑީއޭ އިން ފަރުވާ ހޯދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އެންޑީއޭ އިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ދޭންޖެހޭ އަޅާލުމާއި ރައްކާތެރިކަން ގެއްލި، ނަހަމަ ފައިދާ ނެގުމުގެ ތުހުމަތުގައެވެ.
މި މައްސަލައިގެ ތުހުމަތުގައި، އެންޑީއޭގެ ޕީއާރު މެންޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ، ފްލޮރިޑާ / ސ. ފޭދޫ، މުޙައްމަދު ފަސީޙް (51އ) ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ބުނީ މުޙައްމަދު ފަސީޙްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ.
މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!