އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް, ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކުރި ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ވ. ދެލްވައްތަ ހޫދު ހައްޔަރުކުރީ ބޭރުގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޖެނުއަރީ، 2022 ގައި މާލެއިންނެވެ. އެ މައްސަލާގައި ހޫދުގެ މައްޗަށް ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ފަސް ދައުވާއެއް ދައުލަތުން ކުރި އެވެ.
އޭގެ ތެރެއިން ބައެއް ތިން ދައުވާއެއް ދައުވާތައް ސާބިތުވެ، އޭނާ 23 އަހަރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
ހޫދުގެ މައްޗަށް ސާބިތުވީ ޓެރަރިސްޓް ޖަމާއަތެއްގެ މެމްބަރަކަށްވުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ހާމަވާ ލިޔުމެއް ގެންގުޅުމުގެ ދައުވާ އެވެ.
އެ މައްސަލާގައި ހޫދު ބަންދުކޮށްފައި ވަނިކޮށް 2024 ވަނަ އަހަރު ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލި އެވެ. ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އޭނާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!