ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ
ހދ. ކުޅުދުއްފުށި ސިޓީގައި އޮންނަ އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތިގައި، ޖިއޮގްރެފިކަލީ ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަކަމެކެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް ވެސް ޒަމާނުއްސުރެ އޮތ...