އުފާފާގަތި ޤައުމެއް ބިނާކުރުމަށް ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ދެއްވައިފިއެވެ.

ރައީސް މިއަދު ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެންޚާއްޞަ މެސެޖެއް އާންމުކުރަށްވާފައެވެ.

Ad
rt

މި މެސެޖުގައި ރައީސް ވަނީ އުފާވެތި، ދުޅަހެޔޮ، އަދި ވިލުންތެރި ޤައުމެއް ބިނާކުރުމަށް ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި މެސެޖުގައި 2025 ވަނަ އަހަރު ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރު، "ޔުނައިޓަޑް ބައި ޔުނީކް" ނުވަތަ "އެފަދަ ދެވަނައެއްނެތް އެއްބައިވަންތަކަން"ގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވެފައި ވަނީ މި ޝިޢާރުގައިވާ ފަދައިން، ބަލި ތަހައްމަލު ކުރާ ކޮންމެ މީހަކީވެސް ތަފާތު ދަތުރެއް ކުރާ މީހެއް ކަމަށެވެ. އެހެން ނަމަވެސް މި ޝިޢާރުގައި ބުނެދޭ ފަދައިން ދިވެހީން ތިބީ އެއްބައިވަންތަ ކަމާއިއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސް ފާހަގަކުރެއްވި ކަންތައްތަކުގެ ޚުލާސާއަށް ބަލާއިރު އޭގެ ތެރޭގައި ހިމެނެނީ،

  • 2030 އަށް ސަރވިކަލް ކެންސަރު ނައްތާލުމަށް މަސައްކަތްކުރުން
  • ކެންސަރު ބަލީގެ ޚާއްޞަ މަރުކަޒެއް ޤާއިމުކުރުން
  • ޕެލިއޭޓިވް ކެއަރ ޚިދުމަތްތައް ފުޅާކުރުން
  • ރަށު އަދި އަތޮޅު ފެންވަރުގައި ކެންސަރު ސްކްރީނިންގ ހިންގުން
  • ދުންފަތުގެ އިސްތިޢުމާލު ހުއްޓުވުމަށް ފިޔަވަޅު އެޅުން

ރައީސް ވަނީ ކެންސަރު ބަލީގައި ނިޔާވި ފަރާތްތަކާއި، މިހާރު ބަލީގައި ތިބި ފަރާތްތަކުގެ ހަނދާން އާކުރައްވާ، ޞިއްޙީ ދާއިރާގެ މަސައްކަތްތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.