''ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ގެނެސްދޭނަން''
ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ދިވެހި ރައްޔިތުންނަށް ގެނެސްދެއްވާނެ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޢިއްޒު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން، ދެއްވި ފުރަތަމަ ތަޤުރީރުގައެވެ. އެ ތަޤުރީރުގައި ދެއްކެވިވާހަކަފުޅުގައި ޑރ. މުޢިއްޒު ވިދާޅުވީ، ބިންވެރިކަމާއި ގެދޮރުވެރިކަމަކީ، ރާއްޖޭގައި ވަރަށް ޙައްސާސީ މައްސަލައެއް ކަމަށާއި، އެކަމުގެ ސަބަބުން، އާއިލީ، އިޖުތިމާޢީ މައްސަލަތައް ނުކުންނަ ކަމަށެވެ. އަދި ދީނީ، އަޚްލާޤީ މައްސަލަތަ...