ރައީސް މުޢިއްޒުގެ އިތުބާރު ނެތްކަމަށް ހުށަހަޅަން އެމްޑީޕީން ނިންމައިފި
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ނިންމައިފިއެވެ. ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕް (ޕީޖީ ގްރޫޕް) އިން ފާސްކޮށްފައި ވަނީ އެ ގްރޫޕްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުންކަމަށް މައުލޫމާތު ލިބެއެވެ. މިކަމާބެހޭ އެމްޑީޕީގެ ރަސްމީ ބަހެއް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ މެންބަރަކު އެކަން ވަނީ ”ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. އަދި އެ މައްސަލަ...