ރައީސް، ރޯދަ މަހުގެ ތަހުނިޔާ އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފި
މި އަހަރުގެ ރޯދަ (ރަމަޟާން) މަހުގެ ތަހުނިޔާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށް ފޮނުއްވައިފިއެވެ. އިސްލާމީ ގިނަ ޤައުމަތަކަށް ހިޖުރައިން 1445 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުނީ މިއަދު އެވެ. މި މުނާސަބަތުގައި ރައީސް ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އަދި ރައީސްގެ އަމިއްލަ ނަންފުޅުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ ޤައުމުތަކުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް މި ބަރަކާތްތެރި މައްސަރުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ....