ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ދާންވާނީ ރައްޔިތުން އެދޭގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު އިއްޔެ ރ. އަދި ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި އިއްޔެ އަލިފުއްޓަށް ވަޑައިގެން ރ. ވާދޫ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު އެރަށުގައި ބޭއްވެވި ބައްދަކުރެއްވުމުގައެވެ.

Ad
rt

މި ބައްދަލުވުމުގައި ވާދޫ ކައުންސިލުގެ މެންބަރުން، އެރަށުގެ ތަރައްޤީއަށް މިވަގުތު އެންމެ މުހިންމު ކަންކަން ރައީސް އާއި ވަނީ ހިއްސާ ކުރަށްވާފައެވެ.

އޭގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތައް

  • ގިރާ ސަރަޙައްދު ހިމާޔަތްކުރުން
  • ކުނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުން
  • ބަނދަރު ތަރައްޤީކުރުން
  • ރަށުން ގޯތި ދޫކުރެވޭނެ ގޮތް ވީހާވެސް އަވަހަށް ވެގެންދިއުން
  • ފެނާ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން
  • ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަން

މި ބައްދަލުވުމުގައި ރައީސް ވަނީ ވާދޫގެ ނިކޮށި އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް ކުރަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާބެހޭ ވުޒާރާގެ ވަޒީރަށް އަންގަވާފައެވެ.

މި ބައްދަލުވުމުގައި ދެއްކެވިވާހަކަފުޅުގައި ރައީސް ވަނީ ރަށުގެ ތަރައްޤީގެ ކަންކަން ކުރިޔަށްގެންދާނީ ރަށުގެ ރައްޔިތުން އެދޭގޮތަށްކަމުގެ ޔަޤީންކަން ދެއްވައި، ރަށްރަށުގެ ތަރައްޤީގެ ކަންކަން ކުރިއަށް ދާންވާނީ ރައްޔިތުން އެދޭގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.