މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ރައީސް ''އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް'' ޒިޔާރަތްކުރަށްވައިފި
Raajje

ރައީސް ''އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް'' ޒިޔާރަތްކުރަށްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ. އެސްޓޯނިއާގެ ވެރިރަށް ޓަލިންގައި ހުންނަ މި ސެންޓަރަށް ރައީސް ކުރެއްވި މި ޒިޔާރަތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އީ-އެސްޓޯނިއާ ބްރީފިންގ ސެންޓަރގެ ހެޑް، ޓްރިން ޔޯސާރެއާއި އިންޓަނޭޝަނަލް ސަރވިސަސް ޑިވިޜަންގެ އެކްޓިންގ ހެޑް އަދި އެސްޓޯނިއަން އިންވެސްޓްމަންޓް އޭޖެންސީ، އެންޓަރޕްރައިޒް އެސްޓޯނިއާގެ ޑިރެކްޓަރ، ޔޯނަސް ވަންޓޯއެވެ. މި ޒިޔާރަތުގައި، ރައީސް މުޢިއްޒު އަށާއި، ދިވެހި ވަފުދަށް އެސްޓޯނިއާގ...

ތިމާވެށީގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތަށް އެސްޓޯނިޔާ ރައީސްގެ ތައުރީފް
Raajje

ތިމާވެށީގެ ދިފާއުގައި ރާއްޖެއިން ކުރާ މަސައްކަތަށް އެސްޓޯނިޔާ ރައީސްގެ ތައުރީފް

ތިމާވެށި ހިމާޔަތްކުރުމާގުޅޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މުއާހަދާތައް ދިފާއުގައި ދިވެހިރާއްޖެއިން ކުރަމުންދަނީ އަގުހުރި މަސައްކަތެއްކަމަށް އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ވިދާޅުވެއްޖެއެވެ. އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް މިހެން ވިދާޅުވީ، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް އިއްޔެ ވަޑައިގަތުމުން މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެސްޓޯނިއާގެ ރައީސް، ރާއްޖޭގެ ރައީސް މުޢިއްޒުއަށް މަރުޙަބާ ދަންނަވާ ފޮޓޯތ...

ރާއްޖެ-އެސްޓޯނިއާ، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް
Raajje

ރާއްޖެ-އެސްޓޯނިއާ، އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް

ދިވެހިރާއްޖެ އާއި އެސްޓޯނިއާ އާއި ދެމެދު އެއްބާރުލުން ދިނުމަށް ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި ފަހުމުނާމާގައި ސޮއިކޮށްފައި ވަނީ އެސްޓޯނިއާގެ މިނިސްޓަރ އޮފް ކްލައިމެޓް ޔޯކޯ އަލެންޑަރ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގެ ތެރެއިން ބޭއްވި ބައްދަލުވުމުގެ ހަވާސާގައެވެ. މި ފަހުމުނާގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލެވެ. އެސްޓޯނިއާގެ ފަރާތުން ސޮއިކުރެއްވީ އެސްޓޯނިއާގެ ކްލައިމެޓް ވަޒީރު ޔޯކޯ އަލެންޑަރ...

ރައީސް މުޢިއްޒު، އެސްޓޯނިއާގެ ރައީސް އާއި ބައްދަލުކުރައްވައިފި
Raajje

ރައީސް މުޢިއްޒު، އެސްޓޯނިއާގެ ރައީސް އާއި ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސްއާ އިއްޔެ ބައްދަލުކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިހާރު ގެންދަވަނީ އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ކުރަށްވަމުންނެވެ.  މި ދަތުރުފުޅުގެ ތެރެއިން ދެ ރައީސުން ކުރިއަށް ގެންދެވި މަޝްވަރާތަކުގައި ދެ ޤައުމުގެ ދޭދޭ ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، ތަޢުލީމު އަދި މޫސުމަށް އަންނަ ބަދަލުތައް ފަދަ، ދެ ޤައުމުން އެކުގައި މަސައްކަތްކުރެވިދާނޭ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ...

ރައީސް ޑރ. މުޢިއްޒުއަށް އެސްޓޯނިއާއިން ހޫނު މަރުޙަބާއެއް
Raajje

ރައީސް ޑރ. މުޢިއްޒުއަށް އެސްޓޯނިއާއިން ހޫނު މަރުޙަބާއެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް އެސްޓޯނިއާއިން ރަސްމީކޮށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. އެސްޓޯނިއާގެ ރިޔާސީ ގަނޑުވަރުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ ވަފްދަށް އެ ޤައުމުގެ ރައީސް ޑރ. އަލާރް ކަރިސް ރަސްމީކޮށް މަރުޙަބާ ދެންނެވިއެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޝަރަފުގައި ގާޑް އޮފް އޮނަރއެއް އަރުވާފައިވެއެވެ. އެއަށްފަހު، އެސްޓޯނިއާގެ ރައީސް ޑރ. އަލާރް ކަރިސް ވަނީ އެ ޤައުމު...

މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، މީހުން އިތުރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް
Raajje

މަސްވެރިކަމުގެ ސިނާއަތް ފުޅާކޮށް، މީހުން އިތުރުކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ރައީސް

ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމުގެ މަސައްކަތް ފަށައިގެން މި ސަރުކާރުން މިހާރު ކުރިއަށް އެބަގެންދާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާާޅުވީ، ހުވަދު އަތޮޅަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. ދެއްވަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދެއްވަދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މަސްވެރިނ...

ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް: ރައީސް
Raajje

ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް: ރައީސް

ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާާޅުވީ، ހުވަދޫ އަތޮޅަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް ކަމަށެވެ....

ސިޔާސީ އަނިޔާއެއް ނުދޭނަން، ބަދަލު ހިފުމެއް ނޯންނާނެ: ރައީސް
Raajje

ސިޔާސީ އަނިޔާއެއް ނުދޭނަން، ބަދަލު ހިފުމެއް ނޯންނާނެ: ރައީސް

ސިޔާސީ ވިސްނުމުގެ ތެރެއިން ބަޔަކު ހައްޔަރުކުރުމަކީ އެ މަނިކުފާނު ޤަބޫލުފުޅުކުރައްވާ ކަމެއް ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ބަޔަކަށް ސިޔާސީ އަނިޔާއެއް ނުދެއްވާނެ ކަމަށާއި އަދި ބަދަލު ހިއްޕެވުމެއްވެސް ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، މި ސަރުކ...

ބޭނުންވާ މިންވަރަށް ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ވަނީ ފެށިފައި: ރައީސްް
Raajje

ބޭނުންވާ މިންވަރަށް ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ވަނީ ފެށިފައި: ރައީސްް

ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތް ވަނީ މިހާރު ވަނީ ފެށިފައިކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިހާރު ހުވަދުއަތޮޅަށް އެމަނިކުފާނު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ގއ. ނިލަންދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާޠިބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ދިވެހި ދަނޑުވެރިންނަށް އުންމީދު ދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގައި ދަނޑުވެރިންނަށް އޮތީ އުފާފާގަތިކަން ކަމަށެވެ. ރަ...

ކައުންސިލުތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ވިސްނުންފުޅެއް، ރައްޔިތުންގެ ޚިޔާލަށް ހުޅުވާލައިފި
Raajje

ކައުންސިލުތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ވިސްނުންފުޅެއް، ރައްޔިތުންގެ ޚިޔާލަށް ހުޅުވާލައިފި

ކައުންސިލަރުންގެ ޢަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް ތިބޭގޮތަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އާ ޚިޔާލެއް ފާޅުކުރަށްވައި، އެ ޚިޔާލުފުޅަށް ރައްޔިތުން ބަހުސްކޮށް، ޚިޔާލް ހުށަހެޅުމަށް ރޭ ހުޅުވާލައްވައިފިއެވެ. މިގޮތުން ރޭ ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިންވެސް ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާނެކަމަށެވެ. އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާ...

އަމާޒަކީ ޖީލުތައް ސަލާމަތްކޮށްދީ ތަރައްޤީ ހާސިލްކުރުން: ރައީސް
Raajje

އަމާޒަކީ ޖީލުތައް ސަލާމަތްކޮށްދީ ތަރައްޤީ ހާސިލްކުރުން: ރައީސް

ދިވެހީންގެ ތެރޭގައި އަށަގަނެފައިވާ ގޯސް އާދަތަކުން ދުރުކުރުމަށް އެޅި ފިޔަވަޅުތަކަކީ އާންމުންނަށް އުނދަގޫކުރުން ނޫންކަމަށާއި، އަމާޒަކީ ޖީލުތައް ސަލާމަތްކޮށްދީ ހަޤީގީ މާނައިގައި ތަރައްޤީ ހާސިލްކުރުންކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ގދ،ވާދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޒަމާންތަކެއް ވަންދެން ވަކި ކަމެއް ގޯސްކޮށް ހިނގުމަކީ އެކަން އެގޮތަށް ދޫކޮށްލައިގެން ތިބެންޖެހޭ ކަމެއް ނޫންކަމަށާއީ، ގޯސްކަމެއް ފެނުމުން އެކަމަށް ނޫނެކޭ ބުނަންކެރޭ ބަޔަކަށް ވާންޖެހޭނެ ކަމަށެ...

ރައީސް ހުވަދުއަތޮޅަށް
Raajje

ރައީސް ހުވަދުއަތޮޅަށް

ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީގެ ފަސް ރަށަކަށާއި، ހުވަދުއަތޮޅު އުތުރުބުރީގެ ހަތަރު ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސްގެ ތިން ދުވަހުގެ މި ހުވަދުއަތޮޅު ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާ، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް މިދިޔަ އަހަރު ފަށްޓަވައިގެނ...

ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮކްޓޯބަރު މަހު ގެނެވޭނެ: ރައީސް 
Raajje

ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު އޮކްޓޯބަރު މަހު ގެނެވޭނެ: ރައީސް 

މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ދެވަނަ ވައިޑް-ބޮޑީ މަތިންދާބޯޓު ގެނެވި، އުދުހުންތައް ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ މަތިންދާބޯޓު މިއަދު ރާއްޖެ ގެނައުމާ ގުޅިގެން މިއަދު ވަނީ ޚާއްޞަ ހަފުލާއެއް ބާއްވާފައެވެ. މި ހަފްލާގައި ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން އަދި އެއާބަސް އޭ330-200 ވަނީ ރަސްމީކޮށް އިފްތިތާޙު ކޮށްފައެވެ. މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮ...

ޕާކިސްތާނުގެ އައު ސަފީރު މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި
Raajje

ޕާކިސްތާނުގެ އައު ސަފީރު މަޤާމުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރިޓަޔާޑް ވައިސް އެޑްމިރަލް ފައިސަލް ރަސުލް ލޯދީ އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އަރުއްވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ރައީސް އޮފީހުގައެވެ. ފަތްކޮޅު އެރުއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ. ސަފީރުގެ ފަތްކޮޅު ރައީސް މުޢ...

އިންޑިއާގެ އައު ސަފީރު މަޤާމުގެ ފަތްކޮޅު އަރުވައިފި
Raajje

އިންޑިއާގެ އައު ސަފީރު މަޤާމުގެ ފަތްކޮޅު އަރުވައިފި

އިންޑިއާއިން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު މިއަދު ހެނދުނު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ ރައީސް އޮފީހުގައެވެ. ރަސްމިއްޔާތަށް ވަޑައިގަތުމުގެ ކުރިން، އިންޑިއާ ސަފީރު ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ. ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށްފަހު،...