''އިސްލާމްދީނުގައި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް ފަހިކޮށްދިނުމަކީ ޒިންމާއެއް، ފަޚުރެއް''
އިސްލާމްދީނުގައި ސަވާބާއި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް އަދި ފަޚުރެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. “ރައްޔިތުންނާ އެކު” މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރުން ބަންދުކުރެއްވީ، އިސްލާމްދީނުގައި ސަވާބާއި ދަރުމަ ހޯދުމަށް ހުންނަ ކަންކަމަށް ރައްޔިތުންނަށް މަގުފަހިކޮށްދެއްވުމަށްކަމަށެވެ. “ސަތޭކަ...