ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޝްހޫރު ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ނިޔާވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައަކާއި ހުސްކަމެއްކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ސާންތީ ނިޔާވުމުގެ ހިތާމާގައި ތައުޒިޔާ ފޮނުއްވައި ރައީސް ޑރ. މުހައްމަދު މުޢިއްޒު މީސް މީޑިއާގައި ލިޔުއްވި މެސެއްގައި ވިދާޅުވީ، ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު ސާންތީ އަވަހާރަވުމަކީ، ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައެއް އަދި ހުސްކަމެއް ކަމަށެވެ.
إِنَّا ِللهِ وَإِنَّآإِلَيْهِ رَاجِعُون
ކުޅިވަރުގެ ރޮނގުން، ވަކީން ޚާއްޞަކޮށް ފުޓްބޯޅައިގައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައިވެސް ދިވެހިރާއްޖެ ފަޚުރުވެރިވާ ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ،… pic.twitter.com/nUD9JzqBXw
— Dr Mohamed Muizzu (@MMuizzu) March 22, 2025
ސާންތީގެ ވަކިވުމާއި ގުޅިގެން ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނީ ކުޅިވަރުގެ ދާއިރާގައި، ޚާއްޞަކޮށް ފުޓްބޯޅައިގެ ރޮނގުން، ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ދިވެހިރާއްޖެ ފަޚުރުވެރިވާފަދަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފުޓްބޯޅަ ކޯޗު، ސާންތީގެ ވަކިވުމަކީ، ދިވެހި ފުޓުބޯޅައަށް ލިބުނު ނުހަނު ބޮޑު ގެއްލުމަކާއި ހިތާމައެއްކަމަށެވެ.
މި ހިތާމާގައި ދިވެހި ރާއްޖޭގެ ފުޓްބޯޅަ އާއިލާއިން އަންނަނީ ބައިވެރިވެ ކޯޗު އިހްސާންގެ ޢާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.
ސާންތީ ނިޔާވީ ކެންސަރު ބަލީގައި، ހާލު ދެރަވެ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!