ރާއްޖޭގައި ފުރަތަމަ ފަހަރަށް ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޚާއްޞަކޮށްގެން ދަސްވެނިވުމެއް މިރޭ ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފް ވެރިކޮށްދެއްވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.
ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ ދަސްވެނިވި ޙާފިޡުންނަށް ޙާފިޡުކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތުގައި ޖުމްލަ 24 ޙާފިޡުންނަށް ދަސްވެނިވުނުކަމުގެ ސެޓްފިކެޓް ހާސިލްކޮށްފައި ވެއެވެ.
ކީރިތި ޤުރްއާން ހިތުދަސްކޮށް ދަސްވެނިވާ ފަރާތްތައް
- އަލްޙާފިޡް މުޙައްމަދު މިޝްޢަލް ޢާޡިމް، ހ. ލައިޓްލައިން / މާލެ (މަސްޖިދުލް މަލިކި ސަލްމާން ތަރާވީސް އިމާމް)، ހިފްޡުކުރި ޢުމުރު 18 އަހަރު
- އަލްޙާފިޡް ރައްޔާން އަޙްމަދު މުޙައްމަދު ދަޑިމަގު. ދޫރެސް / ފުވައްމުލައް ސިޓީ، ޙިފްޡުކުރި ޢުމުރު 15 އަހަރު.
- އަލްޙާފިޡާ އާމިނަތު މަންހާ ބިންތް އިސްމާޢީލް، އަސުރުމާގެ / ވ. ތިނަދޫ، ޙިފްޡުކުރި ޢުމުރު 15 އަހަރު.
- އަލްޙާފިޡާ ޢާއިޝަތު ޒީކް ރިޔާޟް، އޯޝަން / އައްޑޫ ސިޓީ ފޭދޫ، ޙިފްޡުކުރި ޢުމުރު 14 އަހަރު.
- އަލްޙާފިޡް ޢަބްދުﷲ އަޙްސަން ސަޢީދު، ޑިއަރެސްޓް / އައްޑޫ ސިޓީ ފޭދޫ (މަސްޖިދުލް މަލިކި ސަލްމާން ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 14 އަހަރު.
- އަލްޙާފިޡް އުވައިސް ބިން ޢިނާޒް، ވައިލެޓްވިލާ / ގދ. ރަތަފަންދޫ (މަސްޖިދުއް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 16 އަހަރު.
- އަލްޙާފިޡާ އާމިނަތު ޢިލްމާ ޠަލްޙަތު، މއ. ރިހިރާޅު / މާލެ، ޙިފްޡުކުރި ޢުމުރު 17 އަހަރު.
- އަލްޙާފިޡް ޢާތިކު ޢަބްދުއްސައްތާރު، ނިރު / ނ. މާފަރު، (މަސްޖިދު ސުލްޠާން މުޙައްމަދު ފަރީދުލްއައްވަލްގެ ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 18 އަހަރު.
- އަލްޙާފިޡް ޒަލަފް ބިން ނާފިޢު، ޝާދީވިލާ / އދ. މަހިބަދޫ، (މަސްޖިދުލް އިޙުސާން / އދ. މަހިބަދޫގެ ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 12 އަހަރު.
- އަލްޙާފިޡް މުޞްޢަބް ބިން ފައިޞަލް، ބަގީޗާމަންޒިލް / ކ. ގުރައިދޫ، (މަސްޖިދު ޖަލާލުއްދީންގެ ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 12 އަހަރު.
- އަލްޙާފިޡް އަޙްމަދު ރައީފް މުޙައްމަދު، ގުލްފާމްހިޔާ / ރ. މަޑުއްވަރީ، (މަސްޖިދުއް ސުލްޠާން މުޙައްމަދު އިމާދުއްދީންގެ ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 17 އަހަރު.
- އަލްޙާފިޡާ ޢާއިޝަތު ޞާއިބަތު މުޙައްމަދު ރިކްޒާން، ފެމެލީ / ޅ.ނައިފަރު، ޙިފްޡުކުރި ޢުމުރު 16 އަހަރު.
- އަލްޙާފިޡް ޢަބްދުﷲ ޙަޔާން ޙަމީޒް، ގުރަހަ / ޅ.ނައިފަރު (މަސްޖިދުލް ޣުފްރާން / ޅ. ނައިފަރު ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 16 އަހަރު.
- އަލްޙާފިޡް އާސިރު ޢާރިފު ޔޫސުފް، އަޅިވިލާގެ / ބ.އޭދަފުށި (މަސްޖިދުއް ތަޤުވާ / ޅ. ނައިފަރު ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 14 އަހަރު.
- އަލްޙާފިޡް ޢާރިޝް ޢަބްދުﷲ އިބްރާހީމް، ޢާޒް / ޅ. ނައިފަރު (މަސްޖިދުލް ޣުފްރާން / ޅ. ނައިފަރު ގެ ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 15 އަހަރު.
- އަލްޙާފިޡް ޒާލިފް މަދީޙް، ހިޔާވަހި / ޅ. ނައިފަރު (މަސްޖިދުލް ހާދީ /ޅ. ނައިފަރު ގެ ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 12 އަހަރު.
- އަލްޙާފިޡް ޢަބްދުﷲ ޒަކްވާން މުޙައްމަދު ރިކްޒާން، ފެމިލީ / ޅ. ނައިފަރު (މަސްޖިދުއް ސިއްދީޤު / ޅ.ނައިފަރު ގެ ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 13 އަހަރު.
- އަލްޙާފިޡާ މަރްޔަމް ޙުނާ ޙަސަން، ހައިވޭ. މާލެގަން / ފުވައްމުލައް ސިޓީ، ޙިފްޡުކުރި ޢުމުރު 17 އަހަރު.
- އަލްޙާފިޡް ބިލާލް ބިން އަޙްމަދު، ގ. ހީނާހިޔާ / މާލެ (މަސްޖިދުއް ސުލްޠާން ޙަސަން ޢިއްޒުއްދީންގެ ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 15 އަހަރު.
- އަލްޙާފިޡާ ޢާއިޝަތު ލިޒީ، ވެހި / ށ. މިލަންދޫ، ޙިފްޡުކުރި ޢުމުރު 23 އަހަރު.
- އަލްޙާފިޡް ޢަލާވީ އައްޔޫބު ބުން މުޙައްމަދު ޝުޖާޢު، މއ. ރަތްއެންދެރި / މާލެ (މަސްޖިދުލް މަލިކި ސަލްމާން ތަރާވީސް އިމާމް)، ޙިފްޡުކުރި ޢުމުރު 13 އަހަރު.
- އަލްޙާފިޡާ ނަބާހަތު ޢަބްދުﷲ، ސެލްވޭޝަން / އއ. ހިމަންދޫ، ޙިފްޡުކުރި ޢުމުރު 18 އަހަރު.
- އަލްޙާފިޡް އިބްރާހީމް ނަފީސް ޙުސައިން، ކޮންގްރެސް / އައްޑޫ ސިޓީ ހިތަދޫ، ޙިފްޡުކުރި ޢުމުރު 66 އަހަރު.
- އަލްޙާފިޡާ ފާޠިމަތު ޢީޝަލް އަޙްމަދު، މ. ކިރިލި / މާލެ، ޙިފްޡުކުރި ޢުމުރު 14 އަހަރު.
މި ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ޚާއްޞަ ސަމާލުކަމުގެ ތެރެއިން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރުއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެއެވެ. އަދި އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފައެވެ.
މި މަސައްކަތުގެ ތެރެއިން ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވާއިރު، ހުޅުމާލޭގައި ކީރިތި ޤުރުއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައިވެސް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފައެވެ.
ޙާފިޡުން އުފެއްދުމަށް މި ސަރުކާރުންދޭ ޚާއްޞަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ޙާފިޡުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މިސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!