ތެލަސީމިއާ ސެންޓަރަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމާއި، ބެލެނިވެރިން އެދުނު ކަންކަން ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސް އޮފީހުން ކުރިއަށްގެންދާ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ތެލަސީމިއާ ސެންޓަރަކީ ތެލަސީމިއާ ކުދިންނާ ވީހާވެސް ގާތްކޮށް، އޯގާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދޭ ތަނަކަށް ހެއްދެވުމަށް ބޭނުންފުޅުވާ ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ތެލަސީމިއާ ސެންޓަރު ހިންގުމަށް ޚާއްޞަ ވަކި ފަރާތެއް ނެތްކަން ފާހަގަކުރެވިފައިވާތީ، އެކަން އިތުރަށް ލަސްވިޔަ ނުދިނުމަށް ސިވިލް ސަރވިސްގެ ތެރެއިން އެކަށޭނަ ފަރާތެ ފަރާތެއް އެ ސެންޓަރު ހިންގުމަށް މިހާރު ވަނީ ޢައްޔަނުކުރައްވާފައެވެ. އަދި ސެންޓަރުގެ ބައެއް މުވައްޒަފުން ބަދަލުކޮށްދެއްވުމަށް އެދިފައިވާތީ އެކަންވެސް ކޮށްދެއްވައި، އެ މަޤާމުތަކަށް އެހެން ބޭފުޅުން ހަމަޖައްސަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ނަރުހުންގެ މަދުކަން ފާހަގަކޮށްފައިވާތީ މިހާރު 5 ނަރުހުން އެ ސެންޓަރަށް ނެގުމަށް ޢިއުލާންކޮށްފައިވާނެ," ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ތެލަސީމިއާ ސެންޓަރަށް ވަސީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ތެރޭގައި ޓެސްޓް ކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމާއި، އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނެއެވެ. އަދި ފިލްޓަރުގެ މައްސަލައާއި ދެންވެސް ބެލެނިވެރިން ފާހަގަކުރެއްވި މައްސަލަތައް އެމަނިކުފާނު ވަރަށް ގާތުން ބައްލަވައި، އެކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ" އަށް ރައީސް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައިވެއެވެ. އަދި އެތަނުގެ މަސައްކަތް ނިންމުމަށް މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން، ސިފައިންނާ ހަވާލުކުރައްވާފައިވާ ކަމަށާއި، މި މަސައްކަތް 1 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރުގެ ޚިދުމަތް ބަދަލުކުރުމުން، ޚިދުމަތް ހޯދާ ފަރާތްތަކަށް އެތަނަށް ދަތުރުކުރުމަށް، އެމް.ޓީ.ސީ.ސީގެ ބަސްހުއްޓިއެއް ހަމަޖެއްސުމާއެކު ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް ރައީސް މުޢިއްޒު ދެއްވިއެވެ.
"ސްޓޭޓް އޮފް ދި އާޓް، ތެލެސީމިއާ ޚިދުމަތްދޭ ތަނެއް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!