މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
"މައްކާއަށް ދޭން އުޅުނު ހަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރި ފުރައްސާރައެއް": ރައީސް
Raajje

"މައްކާއަށް ދޭން އުޅުނު ހަމަލާއަކީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރި ފުރައްސާރައެއް": ރައީސް

މާތްވެގެންވާ މައްކާއަށް އަމާޒުކޮށް ހޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި މިއަދު ޙިއްޞާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، އިސްލާމްދީނުގެ އެންމެ މާތް ބިމުގެ އަމާންކަމާއި ޙުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރެވޭ ފުރައްސާރައެއް ކަމުގައެވެ. މ...

ކޮންމެ އިންތިޚާބެއްގައިވެސް މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ، މުހިންމީ ގައުމީ މަސްލަހަތު: ރައީސް
Raajje

ކޮންމެ އިންތިޚާބެއްގައިވެސް މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ، މުހިންމީ ގައުމީ މަސްލަހަތު: ރައީސް

ކޮންމެ އިންތިޚާބެއްގައި ވެސް މޮޅުވާ ބަޔަކާއި ބަލިވާ ބަޔަކު ތިބޭނެ ކަމަށާއި އެންމެ މުހިންމު ކަމަކީ ގައުމީ މަސްލަހަތު އިސްކުރުން ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ ޕާޓީގެ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ކުރިއަށް އޮތް ޕާޓީގެ އެތެރޭގެ އިންތިޚާބުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އެތެރޭގެ އިންތިޚާބަކަށް ވިޔަސް، ގައުމީ ފެންވަރުގެ...

މެލޭޝިއާގެ ބޮޑުވަޒީރު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި
Raajje

މެލޭޝިއާގެ ބޮޑުވަޒީރު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މެލޭޝިއާގެ ބޮޑުވަޒީރުގެ މި ފުރަމާނަ ދަތުރުފުޅަކީ މި މަހުގެ 14 އިން 15 އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގ...

ޒުވާން ޚަޠީބުން ކުރިއަށް ނުކުތުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު އާ ބާރެއް: ރައީސް
Raajje

ޒުވާން ޚަޠީބުން ކުރިއަށް ނުކުތުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު އާ ބާރެއް: ރައީސް

އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުލުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވުމަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާނުން ކުރިއަށް ނުކުމެ، އޭގެ ތެރެއިން 300 އަށްވުރެ ގިނަ ޒުވާނުން މަހާސިންތާގައި ބައިވެރިވުމަކީ ދިވެހި އިސްލާމީ ރޫޙަށް ލިބުނު ވަރަށް އާ ބާރެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުބް މިއީ ޤައުމުގެ އުންމީދުގެ ހުޅުކޮޅުތައް އާވެ، މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ މުރައްބީންތަކެއް އުފެދިގެންދާކަމުގެ ހެޔޮ ފާލެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރ...

ހެޔޮކަމާއި ނުބައިކަން ވަކިކޮށް، ޙަޤީޤީ އިސްލާމީ ޙަޔާތަކަށް ރުޖޫޢަވާންޖެހޭ: ރައީސް
Raajje

ހެޔޮކަމާއި ނުބައިކަން ވަކިކޮށް، ޙަޤީޤީ އިސްލާމީ ޙަޔާތަކަށް ރުޖޫޢަވާންޖެހޭ: ރައީސް

ހެޔޮކަމާއި ނުބައިކަން ވަކިކޮށް، ޙަޤީޤީ އިސްލާމީ ޙަޔާތަކަށް ރުޖޫޢަވާންޖެހޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ އިސްލާމްކަމަށް ހިޖުރީގޮތުން 900 އަހަރު ފުރޭ މި ޝަރަފުވެރި މުނާސަބަތު ފާހ...

''މާޒީގެ ލޯގަނޑަށް ބެލީމާ ފެންނަނީ ނަސީބު، އެކަމަކު ހާލަތުގެ މަންޒަރުން ފެންނަނީ ބައެއް ދިމަދިމައިގައި ލަކުނުލާފައިވާތަން''
Raajje

''މާޒީގެ ލޯގަނޑަށް ބެލީމާ ފެންނަނީ ނަސީބު، އެކަމަކު ހާލަތުގެ މަންޒަރުން ފެންނަނީ ބައެއް ދިމަދިމައިގައި ލަކުނުލާފައިވާތަން''

މާޒީގެ ލޯގަނޑަށް ބެލުމުން ފެންނަނީ ރާއްޖެއަށް ލިބުނު މަތިވެރި ނަސީބު ކަމަށާއި، އެހެންނަމަވެސް މިހާރުގެ ހާލަތުގެ މަންޒަރަށް ބެލުމުން ފެންނަނީ ބައެއް ދިމަދިމައިގައި ލަކުނުލައި ޒަޚަމްތައް އުފެދިފައިވާ މަންޒަރު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމ...

''ކޮންމެ ދިވެހި ފަރުދަކަށް ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްދިނީ މީގެ 900 އަހަރުކުރިން މާތްވެގެންވާ އިސްލާމްދީން''
Raajje

''ކޮންމެ ދިވެހި ފަރުދަކަށް ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްދިނީ މީގެ 900 އަހަރުކުރިން މާތްވެގެންވާ އިސްލާމްދީން''

ކޮންމެ ދިވެހި ފަރުދަކަށް ދިރިހުރުމުގެ ޙައްޤު ކަށަވަރުކޮށްދިނީ ހިޖުރީ ގޮތުން މީގެ 900 އަހަރުކުރިން މާތްވެގެންވާ އިސްލާމްދީން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އިސްލާމްދީން ބިމަކަށް އައުމާއެކު ގެންނަ އެންމެ...

''އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތެއް ނުކުރެވޭނެ''
Raajje

''އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތެއް ނުކުރެވޭނެ''

އިސްލާމީ ތަރުބިއްޔަތުގައި ހިފަހައްޓައިގެން މެނުވީ މަސްތުވާތަކެތީގެ ނުރައްކަލުން މި ޤައުމު ސަލާމަތެއް ނުކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ޢިލްމުވެރީން ބަޔާންކުރައްވާ ގޮތުގައި އިސްލާމްދީން އިންސާނީ މުޖުތަމަޢަ...

''ދިވެހީންގެ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ ޙަޤީޤަތްތަކެއް''
Raajje

''ދިވެހީންގެ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ ޙަޤީޤަތްތަކެއް''

ދިވެހީންގެ ފަރުދީ، އިޖުތިމާޢީ އަދި ޤައުމީ ޙަޔާތަށް އިސްލާމްދީން ގެނެސްދިން ރައްކާތެރިކަމަކީ ދަރީންނަށް ފޯރުވައިދޭންޖެހޭ މުހިންމު ޙަޤީޤަތްތަކެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަމުން ރައީސް ވަނީ އިސްލާމީ ޝަރީޢަތ...

ބާރަށު ދާއިރާ ހިމެނޭހެން "ރައްޔިތުންގެ އަޑު" ސިލްސިލާގައި ނަން ނޯޓުކުރަން ހުޅުވާލައިފި
Raajje

ބާރަށު ދާއިރާ ހިމެނޭހެން "ރައްޔިތުންގެ އަޑު" ސިލްސިލާގައި ނަން ނޯޓުކުރަން ހުޅުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި ފަށާފައިވާ “ރައްޔިތުންގެ އަޑު” ސިލްސިލާގެ ތެރެއިން އިތުރު ދާއިރާތަކުން މީހުން ނަން ނޯޓުކުރަން މިއަދު ހުޅުވާލައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާގެ ތެރެއިން މިއަދު ނަން ނޯޓުކުރަން ހުޅުވާލާފައިވަނީ ހަ ދާއިރާއަކުންނެވެ. އެއީ ބާރަށު ދާއިރާ، ކާށިދޫ ދާއިރާ، މަތިވެރި ދާއިރާ، ވިލިނގިލި ދާއިރާ، ހުޅުމާލެ ދެކުނު ދާއިރާ، އަދި ގަލޮޅު އުތުރު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނ...

''ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ފާގަތިކަމެއްގެ އަސްލަކީ އިސްލާމްދީން''
Raajje

''ދިވެހީން ހާސިލުކުރި ކޮންމެ ނަޞްރަކާއި ފާގަތިކަމެއްގެ އަސްލަކީ އިސްލާމްދީން''

ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފިއެވެ. ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިސްލާމްދީނުގެ އަލިގަދަ ނޫރުން ދިވެހީންގެ ހިތްތަކަށް އުޖާލާކަން ލިބުނުތާ 900 އަހަރު ވެފައިވާއިރު، ދަރިފަސްކޮޅަކަށް ފަހު ދަރިފަސްކޮޅެއް ދިވެހީން ވޭތުކުރީ ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބަކީ އިސްލާމްދީން ކަމުގައި ޤަބޫލުކޮށްގެން ކަމަށ...

މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމަށް ސަރުކާރުގެ ކުންފުންޏެއް
Raajje

މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމަށް ސަރުކާރުގެ ކުންފުންޏެއް

ދީނީ ކަންކަމަށް ހޭދަކުރުމަށާއި، މިސްކިތްތަކާއި ވަޤުފު ބިނާތައް ތަރައްޤީކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުމަށްޓަކައި “މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް” ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުންނެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދީނީ ކަންކަމަށް ހޭދަކުރުމަށްޓަކައި ދިވެހިރ...

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި ރާއްޖެއާއެކު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ
Raajje

މެލޭޝިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި ރާއްޖެއާއެކު މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން މުހިންމު ދާއިރާތަކުން ފަހުމުނާމާތަކުގައި ސޮއިކުރުމަށް ނިންމައިފިއެވެ. ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެންބަރު މަހުގެ 14 އިން 15 އަށެވެ. މިއީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ޙަވާލުވެވަޑ...

''އިންޖިނިއާ އޮފް ދަ އިޔާ'' އެވޯޑު ޑރ. ފުރުޤާނަށް، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 3 ބޭފުޅަކަށް
Raajje

''އިންޖިނިއާ އޮފް ދަ އިޔާ'' އެވޯޑު ޑރ. ފުރުޤާނަށް، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 3 ބޭފުޅަކަށް

ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ފާހަގަކޮށްލެވޭ ލާމަސީލު ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ އިންޖިނޭރުންގެ އަގުވަޒަންކުރުމުގެ ގޮތުން ދިވެހި ސަރުކާރުން ދެއްވާ “އިންޖީނިއާސް އެވޯޑު 2026” ރަސްމިއްޔާތު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ. ބަރސެލޯ ނަސަންދުރާގައި ބޭއްވި މި ހަފުލާގައި، އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ “އިންޖިނިއަރ އޮފް ދަ އިޔަރ” އެވޯޑު ޑރ. ފުރުޤާން އިބްރާހީމަށް އަރުވާފައިވާއިރު، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ތިން ބޭފުޅަކ...

''ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް''، ސިޔާދަތީ ވާހަކަތައް ފަށަން އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު
Raajje

''ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް''، ސިޔާދަތީ ވާހަކަތައް ފަށަން އިނގިރޭސި ބޮޑުވަޒީރަށް ރައީސްގެ ދަޢުވަތު

ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ދިވެހިރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާރންހަމްއަށް، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. ރައީސް މި ދަޢުވަތު ދެއްވާފައިވަނީ، ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް އިނގިރޭސިވިލާތުން މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ޚާއްޞަ ސިޓީފުޅެއްގައެވެ. އިނގިރޭސި ބޮޑުވަޒ...