އޮމަދޫ ރައްޔިތުންނަށް ނަފާ ލިބިދިނުމަށް އެރަށަށް ތިން ފަޅު ދީފި
އދ. އަތޮޅުގެ ތިން ފަޅެއް އެއަތޮޅު އޮމަދޫގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސް އޮމަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވީ އެއަތޮޅު ކުޑަދޫފަޅު ހިމެނޭހެން އިތުރު ދެ ފަޅެކެވެ. އެއީ އެއަތޮޅު ކޯޑު ނަންބަރު RF1329 ފަޅާއި ކޯޑު ނަންބަރު RF1330 ފަޅެވެ. ރައީސް އޮފީހުން ވިދާޅުވިގޮތުގައި މި ފަޅުތައް ދީފައި ވަނީ އޮމަދޫގައި ފަތުރުވެރިކަން ހިމެނޭގޮތުން އިޤްތިޞާދީ ގޮތުން ރައްޔިތުންނަށް މަންފާވާނެފަދަ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށްޓަކައެވެ. މިއީ ރައީސްގެ ވަޢުދުފުޅެކ...