މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ރައީސް ޑރ. މުހައްމަދު މުޢިއްޒު

1,944 Stories filed
ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ދިނުން ނިމުމަކަށް ގެނެސް، ޖުޑީޝަރީ މިނިވަންކޮށްދީފިން: ރައީސް
Raajje

ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ދިނުން ނިމުމަކަށް ގެނެސް، ޖުޑީޝަރީ މިނިވަންކޮށްދީފިން: ރައީސް

ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ފޮނުވުމުގެ ސަގާފަތް މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށާއި، ޝަރުޢީ ދާއިރާ މިނިވަންކަމާއެކު ހިންގުމުގެ ފުރުޞަތު ފަހިކޮށްދީފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ މީގެކުރިން ރައީސް އޮފީހުން ކޯޓުތަކަށް އޯޑަރު ދިޔަ ނަމަވެސް، މިހާރު އެކަން ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. ”މީގެކުރީގައި ވިއްޔާ، ރައީސް އޮފީހުން އޯޑަރު ދާ...

ޖަޕާނުގެ އެހީތެރުކަމާއެކު ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ހުޅުވައިފި
Raajje

ޖަޕާނުގެ އެހީތެރުކަމާއެކު ބިނާކުރި އެމްއާރުސީސީގެ އައު އިމާރާތް ހުޅުވައިފި

އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ. ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްއާރުސީސީ...

މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދިން މިންވަރަށް މީގެ ކުރިން މިނިވަންކޮށްފައެއް ނުވޭ: ރައީސް
Raajje

މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދިން މިންވަރަށް މީގެ ކުރިން މިނިވަންކޮށްފައެއް ނުވޭ: ރައީސް

ދިވެހިރާއްޖޭގެ ތާރީޚުގައި ޑިމޮކްރަސީގެ ކަންކަން ފެށިގެން އައި ހިސާބުން ފެށިގެން މިއަދާ ހަމައަށް ބަލާއިރު، މި ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީ މިނިވަންކޮށްދީފައިވާ މިންވަރަށް މީގެ ކުރިން ދުވަހަކުވެސް ޑިމޮކްރަސީ މިނިވަންކަމާއެކު ތަންފީޒު ކުރެވިފައި ނުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ޤައުމެއްގެ ދާޚިލީ މިނިވަންކަން ފުރިހަމަގޮތުގައި...

''ޑްރަގާއި ގޭންގް ކުށްތަކާއި ބިދޭސީންގެ މައްސަލަ ހައްލުކުރަން ނަތީޖާ ނެރެދެވޭނެ މަސައްކަތެއް ކުރި ބަޔަކު ކުރިން ނުފެނޭ''
Raajje

''ޑްރަގާއި ގޭންގް ކުށްތަކާއި ބިދޭސީންގެ މައްސަލަ ހައްލުކުރަން ނަތީޖާ ނެރެދެވޭނެ މަސައްކަތެއް ކުރި ބަޔަކު ކުރިން ނުފެނޭ''

ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާއާއި، ގޭންގް މާރާމާރީތަކުގެ އިތުރުން ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މާނަވީ ގޮތެއްގައި ނަތީޖާ ނެރެދެވޭނެ މަސައްކަތްތަކެއް ކުރި ބަޔަކު މީގެ ކުރިން ރައްޔިތުންނަށް ފެނިފައި ނުވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރާ ގައުމު ހަވާލުވިއިރު ކަންކަން ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، މިއީ އެތައް ޒަމާނެއް ވަންދެން ގައުމ...

އެމްޑީޕީން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ ސިއްރުން، ޣައިރު ޤާނޫނީ އަދި ވަރަށް ފިނޑި ގޮތެއްގައި: ރައީސް
Raajje

އެމްޑީޕީން ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލީ ސިއްރުން، ޣައިރު ޤާނޫނީ އަދި ވަރަށް ފިނޑި ގޮތެއްގައި: ރައީސް

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބޮޑުބައެއް ދޫކޮށްލާފައިވަނީ ވަރަށް ފިނޑި، ޣައިރު ޤާނޫނީ އަދި ބޭއިންސާފުވެރި ގޮތެއްގައި ސިއްރުސިއްރުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި، ކޮންމެ ޤައުމެއްގެވެސް ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ އެ ޤައުމެއްގެ މިނިވަންކަން ދެމެހެއްޓުމުގެ މައ...

އިޒުރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭނެކަމަށް ނިންމީ ފަޚްރުވެރިކަމާއެކު، އެކަން ދަމަހައްޓާނަން: ރައީސް
Raajje

އިޒުރޭލުގެ ޕާސްޕޯޓުގައި ރާއްޖެ ނާދެވޭނެކަމަށް ނިންމީ ފަޚްރުވެރިކަމާއެކު، އެކަން ދަމަހައްޓާނަން: ރައީސް

އިޒުރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ނާދެވޭނެކަމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ފަޚްރުވެރިކަމާއެކު ނިންމެވި ނިންމެވުމެއް ކަމަށާއި، އެ ނިންމެވުން އެގޮތުގައި ދަމަހައްޓަވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ “މޯލްޑިވްސް ފަސްޓް” ނުވަތަ ދިވެހީ...

ސުލްޙަ އިސްކޮށް ސާކްގެ ޤައުމުތަކުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސް ގޮވައިލައްވައިފި
Raajje

ސުލްޙަ އިސްކޮށް ސާކްގެ ޤައުމުތަކުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސް ގޮވައިލައްވައިފި

ސަރަޙައްދީ ސުލްޙަ އިސްކޮށް، ސައުތު އޭޝިއާ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މެންބަރު ޤައުމުތަކުން އަލުން މަޝްވަރާގެ މޭޒަށް އައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވައިލައްވައިފިއެވެ. ރައީސް މިގޮތަށް ގޮވައިލެއްވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސާކްގެ މަސައްކަތްތައް މަޑުޖެހިފައި އޮތް އޮތުމާ މެދު ކަ...

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ
Raajje

ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުން، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީލިޔުން މިއަދު އަރުވައިފިއެވެ. މި އިނާމުތައް އެ ބޭފުޅުންނާ ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި މި ރަސްމީ ޖަލްސާގައި މި ޚިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސް ޑރ. މުޙަ...

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޗަމްޕާ ޢަފީފަށާއި އުއްޗު އަށް ވެސް އަރުވައިފި
Raajje

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން ޗަމްޕާ ޢަފީފަށާއި އުއްޗު އަށް ވެސް އަރުވައިފި

ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީން ކަމުގައިވާ ޗަމްޕާ ޙުސައިން ޢަފީފަށާއި، ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް މި ދެ ބޭފުޅުންނަށް އެރުވީ މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޙުސައިން ޢަފީފް: ފަތުރުވެރިކަމުގެ އެންމެ އިސް އެއް މޭސްތިރި ޙުސައިން ޢަފީފަކީ […]

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، އިބްރާހީމް ރަޝީދު މޫސާއަށް
Raajje

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، އިބްރާހީމް ރަޝީދު މޫސާއަށް

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ޢިލްމުވެރި ބޭފުޅެއް ކަމަށްވާ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް އެމަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބާއްވަމުން އަންނަ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނީ ޢިލްމު އުނގަންނައިދެއްވުމުގެ އިތުރުން ދ...

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑރ. ލަޠީފަށް އަރުވައިފި
Raajje

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން، ޑރ. ލަޠީފަށް އަރުވައިފި

ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. މުޙައްމަދު ލަޠީފަށް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މި ޢިއްޒަތް އެ މަނިކުފާނަށް އެރުވީ މިއަދު ހެނދުނު ބާއްވަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ޑރ. މުޙައްމަދު ލަޠީފަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި، ތަޢުލީމީ ނިޒާމަށް ޒަމާނީ ބަދަލުތައް ގެންނެވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެ...

މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
Raajje

މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ބައިވެރިވެވަޑައިގެންފިއެވެ. މިއަދު ހެނދުނު 06:00 ގައި މާލޭގެ ޖުމްހޫރީ މައިދާނުގައި އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި، ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މިނިވަން ދު...

''އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން''
Raajje

''އެންމެ ބުރަ މަސްއޫލިއްޔަތަކީ، ކާބަފައިން ފުރާނަދީގެން ހޯދި މިނިވަންކަން ދެމެހެއްޓުން''

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ. މިއަދުގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއަދު އަޅުގަނޑުމެންނަށް އޮތް އެންމެ ބުރަ މަސްއޫލިއްޔަތަކީ ކާބަފައިން ފުރާނަދީގެން ހޯދައިދިން މިނިވަންކަން ދެމެހެއްޓުން ކަމަށެވެ. ރައީސްގެ މެސެޖުގައި މިނިވަންކަމުގެ ކާމިޔާބީއަށްޓަކައި ޤުރުބާންވި ބަޠަލުންގެ ޒިކުރާ އާކުރައްވައި، އެ ބޭފުޅުންނަށް ހެޔޮދުއާ ރައްދުކުރެއްވިއެވެ. އަދި މި...

ސުނާމީ ބިނާއާއި ހަމައަށް މަގު ހަދައި ނޮވެމްބަރުގެ ނިޔަލަށް ނިންމަނީ
Raajje

ސުނާމީ ބިނާއާއި ހަމައަށް މަގު ހަދައި ނޮވެމްބަރުގެ ނިޔަލަށް ނިންމަނީ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާއި ހަމައަށް މަގު ތަރައްގީކޮށް 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވަނީ މި ސަރަހައްދު ތަރައްގީކުރުމުގެ ޕްލޭންގެ ކުރެހުމެއް ހިއްސާކުރަށްވާފައެވެ. ރައީސް ވިދާޅުވީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގާއި ބަނދަރު ސަރަހައްދު ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީ...

ސައޫދީ ވަލީއަހްދުގެ ހާއްސަ މުޝީރު ރައީސް މުޢިއްޒާ ބައްދަލުކުރަށްވައިފި
Raajje

ސައޫދީ ވަލީއަހްދުގެ ހާއްސަ މުޝީރު ރައީސް މުޢިއްޒާ ބައްދަލުކުރަށްވައިފި

ސައޫދީއަރަބިއްޔާގެ ވަލީއަހްދު މުޙައްމަދު ބިން ސަލްމާންގެ މުޝީރެއްކަމަށްވާ، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި މިއަދު ބައްދަލުކުރަށްވައިފިއެވެ. ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބަކީ ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމުގެ އިތުރުން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް ވެސް މެއެވެ. ޕްރިންސް ޑރ. މަންޞޫރު ރާއްޖެ ވަޑައިގަތީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ […]