އަތޮޅު ފިހާރަތަކުން ލިބޭ އާމްދަނީ އަތޮޅުތަކަށް ލިބޭ ގޮތް ހަދަން ރައީސް ނިންމަވައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު، މީރުބަހުރު ކުރިމަތީގައި ހުންނަ އަތޮޅު ފިހާރަތަކަށް ލިބޭ ފައިސާ އަތޮޅުތަކަށް ލިބޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލޭގެ މޭޔަރު އާދަމް އާޒިމާ ސިޓީ ކައުންސިލްގެ މެންބަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް މުއިއްޒު ވިދާޅުވީ މާލޭގައި އަތޮޅު ފިހާރަ ހުރި ނަމަވެސް އެ ފިހާރަތަކަށް ލިބެމުން ދިޔަ ފައިސާ އެެ އަތޮޅުތަކާ ހަވާލުކޮށްފައި […]