"ކަންކަން ކޮށްދެވޭނެ ފަރާތްތަކާއި ބައްދަލުކޮށް އެކުގައި މަސައްކަތްކުރަންޖެހޭ"
ރާއްޖެއަށް ފައިދާކުރާނެ ކަންކަން ކޮށްދެވޭ ފަރާތްތަކާއި ގިނައިން ބައްދަލުކޮށް އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެވެ. ރައީސް މުޢިއްޒު، އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް މިއަދު ވަނީ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފައެވެ. މި ދަތުރުފުރަށް އަރާވަޑައިގަތުމުގެ ކުރިން ރައީސް ވަނީ މީޑިއާތަކަށް ބަސްދީގަތުމެއް ދެއްވާފައެވެ. މި ބަސްދީގަތުމުގައި ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލ...