ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތުގެ އިސްވަރު މިއަދު އިފުތިތާހުކޮށްދެއްވައިފި އެވެ.

މިއީ ގައުމިއްޔަތުގެ ދިރާސާތައް ކުރުމަށް ސަރުކާރުން އުފައްދަން ނިންމާފައިވާ ތަނެކެވެ. މިތަން އިފްތިތާޙްކޮށްދެއްވާފައި ވަނީ މިއަދު ބޭއްވި ޤައުމީ ދުވަހުގެ ޖަލްސާގައެވެ.

Ad
rt

އުމިއްޔަތުގެ އިސްވަރު މިއަދު އިފުތިތާހުކޮށްދެއްވުމުގެ އިތުރުން ރައީސް މިއަދު ވަނީ ޤައުމިއްޔަތުގެ އިސްވަރުގެ ކައުންސިލުގެ ބޭފުޅުންނަށް އިސްވާރުކަމުގެ ރަސްމީ ލިއުން ހަވާލުކޮށްދެއްވާފައެވެ.

މިކައުންސިލް އެކުލެވިގެން ވަނީ ފަސް ބޭފުޅުންގެ މައްޗަށެވެ. އެ ބޭފުޅުންނަކީ،

  • ދިވެހިބަހުގެ އިސްވާރު - މަރްޔަމް ތައުފީޤާ މ. ޑްރީމީ ލައިޓް
  • ދިވެހި ތާރީޚުގެ އިސްވާރުކަން - ކަށިމާ އަޙްމަދު ޝާކިރު މއ. ކަށިމާ
  • ދިވެހިތަރިކައިގެ އިސްވާރުކަން - ޙަސަން ޒަރީރު ސ. މަރަދޫ ލޮނުފެން
  • ދިވެހި ސުމޭކުގެ އިސްވާރުކަން - މުޙައްމަދު ޢަބުދުލްޤާދިރު ގ. ގޯޅިތެރޭގެ
  • ދިވެހި ފަންނުގެ އިސްވާރުކަން – މަރްޔަމް ޢިޝާ ޢަޒީޒު ހ. ހާލި

ދިވެހި ޤައުމިއްޔަތުގެ އިސްވަރު މިއަދު އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ދިވެހި ޤައުމިއްޔަތުގެ އިސްވަރު މުސްތަޤުބަލުގައި ޤާނޫނުން ބާރުލިބިދޭ ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖަކަށް ބަދަލުކުރައްވާނެކަން ވިދާޅުވެފައެވެ.

ރައީސް ވިދާޅުވިގޮތުގައި މި ކޮލެޖަކީ ރާއްޖޭގައި މިހާތަނަށް އަދި ނުއުފައްދާ ބާވަތެއްގެ ކޮލެޖަކަށް ވާނެއެވެ. އެގޮތުން އެކޮލެޖު ވާނީ މެންބަރުންގެ ވިޔުގަތަކެއްގެ މައްޗަށް އެކުލެވިގެންވާ މެންބަރ ޝިޕު ކޮލެޖަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މި ކޮލެޖުގެ މައިގަނޑު ބޭނުމަކީ ދިވެހީންގެ ތަރިކައާއި ސަގާފަތާއި ތާރީޚާ އަމިއްލަވަންތަ އަސްލުތަކަށް ޢިލްމީ ގޮތުން މީގެ ފަހުން އަބަދުވެސް ބަލަމުން ބަލަހައްޓަމުން ގެންދިއުމާއި ދިވެހި ޤައުމިއްޔަތަކީ ދިވެހީންގެ ދިރިއުޅުމުގެ ބައެއްކަމުގައި ހެދުންކަމުގައެވެ.