އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެނެސް، ކޯޓާ ފީ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ސަރުކާރުން ހަމަޖައްސައިފިއެވެ. ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ގެނެވުނު ބަދަލާއެކު އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން 20 ކޯޓާއާ ހަމައަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެއެވެ. މީގެ ކުރިން ކޮންމެ ކޯޓާއަކަށް އަހަރަކު 2,000 ރުފިޔާގެ ފީއެއް ދައްކަން […]
ޝިއުނާ އާދަމް
އިދިކޮޅު މައި ޕާޓީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހެޅުމަށްޓަކައި ސޮއި ހަމަކުރުގެ މަސައްކަތް ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަނިމާދޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ގަޕޯ މަގާމުން ދުރުކުރުމުގެ މި މަސައްކަތް އިސްވެ ކުރިއަށް ގެންދަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށ...
އަލީ އާދިލް
ހަމަނޭވާ ލާނީ 2028 ގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށްފަހުގައިކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާޢީލް މިއަދު ވިދާޅުވެއްޖެވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ކާމިޔާބު ކޮށްދިނުމަށް އޮތް އަޒުމް މުހައްމަދު ހާމަކުރައްވާފައި ވަނީ އޭޕްރިލް 4 ވަނަ ދުވަހު ބޭއްވި ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީ...
އަލީ އާދިލް
ވިލިމާލެ ހޮސްޕިޓަލާއި ދިމާ ބަނދަރުގައި ފީނަން ގޮސް އުޅުނު ނޭޕާލު މީހަކު މަރުވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. މި މީހާ ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 އޭޕްރީލް 8 ވާ ބުދަ ދުވަހުގެ ހެނދުނު 06:30 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން އެ މީހާ ހޯދުމުގެ […]
ޔުމްނާ ޢަލީ
މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގައި އިސްރާއީލާއި އެމެރިކާ އިސްވެ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ކަރަންޓުގެ ޓެރިފް ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން މިވަގުތު ނުގެންގުޅުއްވާ ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އިއްޔެ ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގެ ހަލަބޮލިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރި...
ޔުމްނާ ޢަލީ
ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް، މިހާތަނަށް ރާއްޖެއިން އެއްވެސް އަސާސީ ބާވަތެއްގެ މުދަލެއް ހުސްވިޔަ ނުދީ މެނޭޖުކުރެވިފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ސަޢީދު މިފަދައިން ވިދާޅުވީ، މެދުއިރުމައްޗާއި ގަލްފުގައި އެމެރިކާ އާއި އިސްރާއީލް އިސްވެ އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލ...
ޔުމްނާ ޢަލީ
ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު (ޑަބްލިޔުޑީސީ) އިންތިޚާބުގައި ރ. ދުވާފަރު ކައުންސިލާއި، ޑަބްލިޔުޑީސީގެ 8 ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. ރ. ދުވާފަރު ކައުންސިލާއި، ޑަބްލިޔުޑީސީ އަށް އިންތިޚާބު ކުރަންޖެހެނީ 10 ގޮނޑިއެވެ. އެއީ ކައުންސިލަށް 5 ގޮނޑި އަދި ޑަބްލިޔުޑީސީ އަށް 5 ގޮނޑިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާތަނަށް އާންމުކުރި މައުލޫމާތުން އެނގޭގޮތުގައި މި އިންތިޚާބުގައި ދުވާފަރު ކައު...
ޔުމްނާ ޢަލީ
މާލޭގައި ފިހާރައެއްގެ ތެރޭގައި ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ މީހަކު މަރާލި މައްސަލާގައި ދައުވާލިބުނު ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ކްރާސާ ނަމަކަށް ކިޔާ ފިހާރައެއްގެ ތެރޭގައި ފެބްރުއަރީ 2023 ގައި ސ. ހިތަދޫ އިރުމީޒު މުހައްމަދު އަހުމަދުދީދީއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ސ. މަރަދޫފޭދޫ ރަށްދެބައިގޭ އިބްރާހިމް ފައިހް ނިޒާމާއި ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީގެ މައްޗަށެވެ. އެ ދެ […]
ހުސައިން ހަބީބް
ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކޮށް، ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން ވަރުގަދަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ މެސެޖުގައި ވިދާޅުވީ، ދުނިޔޭގެ ސިއްހަތު ރައްކާތެރިކުރުމުގައި ސައިންސުގެ އަލީގައި ކުރެވޭ ގުޅިފައިވާ މަސައްކަތްތަކުގެ މުހިންމުކަން އަލުން ކަށަވަރުކުރަން ޖެހޭ ކަމަށެވެ. އަދި “ވަން ހެލްތު” އިސްނެގުމުގެ މައިގަނޑު ބާ...
ޔުމްނާ ޢަލީ
ތ. ވޭމަންޑޫ ބިން ހިއްކުމުގު މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި މަސައްކަތަށް ޖުމްލަ 882,693.00 ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްފައިވެއެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 12 މާރިޗު 2026 ގައެވެ. އަދި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް 04 އެޕްރ...
ޔުމްނާ ޢަލީ
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިޤްތިޞާދީ ގޮންޖެހުންތަކުގެ ސަބަބުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން ކޮންމެ އަންގާރަ ދުވަހަކު ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފިއެވެ. ޕީޖީ އޮފީހުން ރޭ ހާމަކުރި ގޮތުގައި މި ނިންމުމަކީ އިޤްތިޞާދީ އަސަރުތައް ކުޑަކުރުމަށް ދައުލަތުން އަޅަމުންދާ ފިޔަވަޅުތަކުގައި ބައިވެރިވުމުގެ ގޮތުން ނިންމި ނިންމުމެކެވެ. ޚަރަދު ކުޑަކުރުމަށް އެޅި މުހ...
ޔުމްނާ ޢަލީ
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު މަގާމުން ވަކިކުރައްވައިފިއެވެ. މުންދުއަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ދަރިކަލުންނެވެ. މުންދުގެ އިތުރުން، މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ، ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ވެސް ވަނީ މިއަދު މަގާމުން ވަކިކުރައްވާފައެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިނ...
ޔުމްނާ ޢަލީ
ކުޅިވަރަކީ އިޖުތިމާޢީ ބަދަހިކަން ވަރުގަދަކޮށްދޭ ޤައުމީ ވަންތަކަމުގެ މުހިންމު ތަނބެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ތަރައްޤީއާއި ސުލްހައަށްޓަކައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކުޅިވަރު ދުވަސް ނުވަތަ “އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯރޓްސް ފޯރ ޑިވެލޮޕްމަންޓް އެންޑް ޕީސް” ގެ މުނާސަބަތުގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މި ދުވަހުން ކަށަވަރުކޮށްދެނީ ކުޅިވަރަކީ އެއްވެސް ބޯޑަރެއް ނެތް، ސާދާ ނަމަވެސް ފުން މާނައ...
ޔުމްނާ ޢަލީ
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ގދ. ގައްދޫ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އަމިއްލަ ގޮތުން ވާދަކޮށް، ޟަމްރަތު ޖައުފަރު ވަނީ އެ ރަށުގެ ޒަމާންވީ ދިގު ތާރީޚުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް އިންތިޚާބު ކާމިޔާބުކުރި ފުރަތަމަ ކެންޑިޑޭޓުގެ ޝަރަފު ހޯދާފައެވެ. ސިޔާސީ ގޮތުން ހަލަބޮލި އަދި ޕާޓީ ފޯރިގަދަ ގައްދޫގައި ލަމްރަތު މި ގޮނޑި ކާމިޔާބުކުރީ ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތައް ކަމަށްވާ އެމްޑީޕީ އާއި ޕީއެންސީގެ ކެންޑިޑޭޓުންނާ ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ހުވަދު […]
ޝިއުނާ އާދަމް
މާލޭގެ މަގުމަތީގައި އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮތް ބިދޭސީއަކު ފެނިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސުނު ވަގުތުގައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 6 ވަނަ ދުވަހުގެ އިރުއޮއްސި 18:18 އެހައިކަންހާއިރުއެވެ. މި ހާދިސާގައި ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ. އެ މީހާ ފެނުމާއެކު، […]
ޔުމްނާ ޢަލީ