ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ގދ. ގައްދޫ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި އަމިއްލަ ގޮތުން ވާދަކޮށް، ޟަމްރަތު ޖައުފަރު ވަނީ އެ ރަށުގެ ޒަމާންވީ ދިގު ތާރީޚުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކޮށް އިންތިޚާބު ކާމިޔާބުކުރި ފުރަތަމަ ކެންޑިޑޭޓުގެ ޝަރަފު ހޯދާފައެވެ.
ސިޔާސީ ގޮތުން ހަލަބޮލި އަދި ޕާޓީ ފޯރިގަދަ ގައްދޫގައި ލަމްރަތު މި ގޮނޑި ކާމިޔާބުކުރީ ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތައް ކަމަށްވާ އެމްޑީޕީ އާއި ޕީއެންސީގެ ކެންޑިޑޭޓުންނާ ވާދަކޮށް ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ހުވަދު އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށުގެ ކައުންސިލަށް އިންތިޚާބުވި ޟަމްރަތަކީ މި އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯދި ކެންޑިޑޭޓުވެސް މެއެވެ. ސިޔާސީ އާއިލާއަކަށް ނިސްބަތްނުވެ، އަދި މީގެ ކުރިން ސިޔާސީ ކަންކަމުގައި އަމަލީ ގޮތުން އުޅެފައި ނުވި ނަމަވެސް، އޭނާ ހޯދި މި ކާމިޔާބީއަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. ޟަމްރަތުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ނުފުއްދޭނެ ވައުދުތަކުގެ ބަދަލުގައި އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުމެވެ.
އިޚްލާސްތެރިކަމާއި ތެދުވެރިކަން: ކާމިޔާބީގެ ތަޅުދަނޑި
ޟަމްރަތަކީ ގައްދޫ ރައްޔިތުންގެ މެދުގައި ނުހަނު މަގުބޫލު، ހިތްހެޔޮ އަދި ހުރިހާ ފަންތިއެއްގެ މީހުންނާވެސް ގުޅޭ ޝަޚުޞިއްޔަތެކެވެ. އޭނާގެ ކެމްޕޭނުގެ މައިގަނޑު އަސާސަކަށްވީ ތެދުވެރިކަމާއި އަމާނާތްތެރިކަމެވެ. މާޒީގައި އޭނާ ސާބިތުކޮށްދީފައިވާ އިޖުތިމާއީ ހަމަޖެހުމާއި ހެޔޮލަފާ މިޒާޖަކީ ރައްޔިތުން އޭނާ ބަލައިގަތުމަށް ދިމާވި އެންމެ ބޮޑު ސަބަބެވެ. ލަމްރަތުގެ އަޒުމަކީ ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތްކޮށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުންކަން އޭނާ ފާހަގަކުރެއެވެ.
އިންތިޚާބުގެ ނަތީޖާ އިއުލާނު ކުރެވުނު ހިނދު، މުޅި އާއިލާއާއި ސަޕޯޓަރުންގެ ފަރާތުން ފެނިގެންދިޔައީ އުފާވެރިކަމުގެ މަންޒަރުތަކެވެ. މި ފަޚުރުވެރި ކާމިޔާބީއަކީ ހަމައެކަނި ޟަމްރަތުގެ އަމިއްލަ ކާމިޔާބީއެއް ނޫން ކަމަށާއި، އެއީ މުޅި ގައްދޫއަށް ލިބުނު ޝަރަފެއް ކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ. ރަށުގެ ތަރައްޤީއަށާއި ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރުމުގައި އޭނާ ދައްކުވައިދިން ސާބިތުކަމަކީ ރައްޔިތުންގެ ހިތްތައް ފަތަޙަ ކުރި މައިގަނޑު އަސާސެވެ.
ކުރިއަށް އޮތް ދައުރުގައި ލަމްރަތަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތަކީ ރައްޔިތުން އޭނާއަށް ކުރި އިތުބާރު ދެމެހެއްޓުމެވެ. ނަމަވެސް އޭނާގެ ކިބައިގައި ހުރި އިންސާނީ ރީތި ސިފަތަކާއި، ރައްޔިތުންގެ އަޑުއެހުމުގެ ގާބިލުކަމަށް ބަލާއިރު، ގައްދޫގެ ރައްޔިތުންނަށް އޭނާގެ ފަރާތުން އުންމީދީ މުސްތަޤުބަލެއް ފެންނާނެ ކަމަށް ބެލެވެއެވެ. ލަމްރަތުގެ މި ކާމިޔާބީއަކީ އިޚުލާޞްތެރިކަމާއެކު މަސައްކަތްކޮށްފި ނަމަ، އެއްވެސް ސިޔާސީ ބާރަކަށް ރައްޔިތުންގެ ނިންމުން ހުރަސް ނޭޅޭނެކަމުގެ ދިރިހުރި މިސާލެކެވެ.
ނޯޓު: މިއީ ކައުންސިލް އިންތިހާބުގައި ގދ. ގައްދޫ ކައުންސިލަށް ވާދަކުރި ޟަމްރަތު ޖައުފަރުގެ ކާމިޔާބީ އާއި ގުޅިގެން ޟަމްރަތުގެ ކެމްޕޭން ޓީމުގެ ފަރާތުން ގެނެސްދީފައިވާ އެޑްވަޓޯރިއަލް ލިޔުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!