"މަންޑޭލާ ރޫލްސް" ދިވެހި ބަހުން ޝާޢިއުކޮށްފި
ޖަލުތަކުގައި ހުންނަންވާ އެންމެ ދަށް މިންގަނޑުކަމަށް އދ.ން ކަނޑައަޅާފައިވާ ‘މަންޑޭލާ ރޫލްސް’ ދިވެހި ބަހަށް ތަރުޖަމާކޮށް، ހޯމް މިނިސްޓްރީގެ ވެބްސައިޓްގައި ޝާޢިއުކޮށްފިއެވެ. މިއަދު ޝާޢިއު ކުރި “ދި ނެލްސަން މަންޑޭލާ ރޫލްސް” ގެ ދިވެހި ތަރުޖަމާގައި އަސާސީ މަބްދައުތަކާއި، ޤައިދީންގެ ފައިލްތައް ބަލަހައްޓާނެ ގޮތާއި، ޤައިދީން ގިންތިކުރާނެ ގޮތްތަކާއި، ގޮޅިތަކުގައި ޤައިދީން ބައިތިއްބަންޖެހޭނެ ގޮތްވެސް ބަޔާންކޮށްފައިވެއެވެ. ސަތޭކަ ބާވީސް ޤާޢިދާގެ މައްޗަށް އެކުލެވޭ މި ‘މަންޑޭލާ ރޫލްސް’ގައި، ގޮޅިތައް ހުންނަންޖ...