މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 987 ވަނަ ޞަފްޙާ

ކޯވިޑް-19: 42 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެ

ކޯވިޑް-19: 42 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެ

ކޯވިޑް-19 ޖެހިގެން 42 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. މިއާއި އެކު ކޯވިޑް-19 ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 15 އަށް އަރާފައެވެ. މިކަން ހާމަކުރަށްވައި އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓްގައި ބުނެފައި ވަނީ ކޯވިޑް-19ގައި މިއަދު 12:25 ހާއިރު އުމުރުން 42 އަހަރުގެ ދިވެހި ފިިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ، މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ފަރުވާ ދެމުން ދިޔަ […]

ޝިއުނާ އާދަމް
ޢަލީގެ ސުވާލެއް، ޗައިނާއަށް ބަވާފައި ފަށާ މަޝްވަރާ ތަކުން އެކަށޭނަ ނަތީޖާ ލިބޭނެތޯ؟

ޢަލީގެ ސުވާލެއް، ޗައިނާއަށް ބަވާފައި ފަށާ މަޝްވަރާ ތަކުން އެކަށޭނަ ނަތީޖާ ލިބޭނެތޯ؟

ދެެއިރު ދެ ދަޅަޔަށް ޗައިނާޢަށް ބަވާ އެއްޗެހި ކިޔުމަށްފަހު، މިހާރު ފަށާ މަޝްވަރާތަކަކުން އެކަށީގެންވާ ނަތީޖާއެއް ހޯދި ދާނެތޯ ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ސުވާލު އުފައްދަވައިފިއެވެ. ޢަލީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެެއިރު ދެ ދަޅަޔަށް ޗައިނާޢަށް ބަވާ އެއްޗެހި ކިޔުމަށްފަހު، މިހާރު ފަށާ މަޝްވަރާތަކަކުން އެކަށީގެންވާ ނަތީޖާއެއް ހޯދިދާނެތޯ އެވެ. ޢަލީ މިހެން ވިދާޅުވީ “‏ޗައިނާ ޓޫރިސްޓުން ގެނައުމުގެ މަޝްވަރާތައް މާދަމާ ފަށަނީ” މި ސުރުޚީގެ ދަށުން ނޫހަކުން އިއްޔެ ގެނެސް […]

އަލީ އާދިލް
ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ނުކޮށް ޤައުމެއްގެ ގޮތުގައި ކުރިއަށް ދެވޭކަށް ނެތް: ރައީސް

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ނުކޮށް ޤައުމެއްގެ ގޮތުގައި ކުރިއަށް ދެވޭކަށް ނެތް: ރައީސް

ގެވެށި އަނިޔާއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ޙައްލު ކުރުމުގައި ޒަމާންތަކެއް ވަންދެން މުޅި ދައުލަތް އޮތީ ނުކުޅެދިފައި ކަމަށާއި، މިފަދަ މައްސަލަތައް ޙައްލު ނުކޮށް، ޤައުމެއްގެ ގޮތުގައި އަދި މުޖުތަމަޢެއްގެ ގޮތުގައި ކުރިއަށް ދެވެން ނެތް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށް ގެންދާ “ގެވެށި ގުޅުން” ކެމްޕެއިން އިފްތިތާޙު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި އިއްޔެ ދެއްވި ޚާއްޞަ މެސެޖުގައި ރަ...

ޝިއުނާ އާދަމް
ދުވާފަރުން ނެގުނު ހައިރިސްކު 23 މީހުންގެ ސާމްޕަލްތައް ނެގެޓިވް: ސިއްހީ މަރުކަޒު

ދުވާފަރުން ނެގުނު ހައިރިސްކު 23 މީހުންގެ ސާމްޕަލްތައް ނެގެޓިވް: ސިއްހީ މަރުކަޒު

މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވް ވުމުން އެމީހުންނާއި ސީދާ ބައްދަލުވި ކަމަށް ދެނެގަނެވުނު ހައިރިސްކު 23 މީހެއްގެ ސާމްޕަލްތަކުގެ ނަތީޖާތައް ނެގެޓިވް ވެފައިވާކަމަށް ދުވާފަރު ސިއްހީ މަރުކަޒުން ބުނެފިއެވެ. މިދިޔަ ޖުލައި 11 ވަނަ ދުވަހު ދުވާފަރުން ކޯވިޑް-19 އަށް 3 މީހަކު ފައްސިވުމާއި ގުޅިގެން 12 ޖުލައި 2020 ވަނަ ދުވަހު ދުވާފަރު ސިއްޙީ މަރުކަޒުންވަނީ ކޮންޓެކްޓް ޓްރޭސިންގް ނިންމައި އެކަމާއި ގުޅުން ހުރި […]

ޝިއުނާ އާދަމް
ނިމުނު ސަރުކާރުން ވަނީ ވެލިފުންޏަކުން 17 މިލިއަން ރުފިޔާ ނަގާފައި: އެމްޕީ ހަސަން އަޙްމަދު

ނިމުނު ސަރުކާރުން ވަނީ ވެލިފުންޏަކުން 17 މިލިއަން ރުފިޔާ ނަގާފައި: އެމްޕީ ހަސަން އަޙްމަދު

ތާހިރުކޮށް އިންސާފުވެރިކަމާއި، އަދުލުވެރިކަމާއި އެކު ވެރިކަމެއް ކޮށްދިނުމަކީ އިދިކޮޅުގައި ތިއްބެވީ ބޭފުޅުން ދަންނަ ނިޒާމެއް ނޫން ކަމަށާއި، ނިމިދިޔަ ސަރުކާރުގައި ހުޅުމާލޭގައި ހުރި ވެލިފުންޏަކުން 17 މިލިއަން ރުފިޔާ “ކާލާފައި” ވާކަމަށް މަޖިލިސްގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ. ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް އުފުލި ހަތް ދައުވާއެއް ކްރިމިނަލް ކޯޓުން ބާޠިލު ކުރިމައްސަލައާއި ގުޅިގެން 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ހެންވޭރު ހުޅަނ...

އަލީ އާދިލް
އިންޑިއާގެ ބައިވެރިވުމާއި އެކު ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ފަށަނީ

އިންޑިއާގެ ބައިވެރިވުމާއި އެކު ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ފަށަނީ

އިންޑިއާގެ ބައިވެރިވުމާއި ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއަށް ފަށަން ނިންމާފައި ވާކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ. ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނާ ރޯހިތު ރަތިޝް މީޑިއާއަށް ވިދާޅުވީ މި އަހަރު ނިމެންވާއިރަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރަށްވާ ކަމަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފެށުމުން މި މަޝްރޫޢުގެ ކޮންސަލްޓެންޓުން ރާއްޖެ އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ....

ޔުމްނާ ޢަލީ
29 ދިވެހިން ހިމެނޭހެން 30 މީހުންނަށް އަލަށް ކޯވިޑް ބަލި ޖެހިއްޖެ

29 ދިވެހިން ހިމެނޭހެން 30 މީހުންނަށް އަލަށް ކޯވިޑް ބަލި ޖެހިއްޖެ

ކޯވިޑް-19 އަށް 30 މީހުން މިއަދު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ. އެޗްޕީއޭއިން ކުރި ޓްވީޓުގައި ބުނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 30 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި ބަންގްލަދޭޝް މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ. އިއްޔެވެސް ރާއްޖެއިން ވަނީ 39 މީހުން މިބައްޔަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން ކޯވިޑް ޖެހިފައިވާ ޖުމްލަ […]

ޝިއުނާ އާދަމް
އަދީބުގެ ދައުވާތައް ބާތިލްކުރި ޤާޟީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ

އަދީބުގެ ދައުވާތައް ބާތިލްކުރި ޤާޟީގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަނީ

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އަލަށް އުފުލާފައިވާ ހަތް ދައުވާ ބާޠިލު ކުރި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަން ނިންމައިފި އެވެ. ޖޭއެސްސީއިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު، ކްރިމިނަލް ކޯޓްގެ ހަތް ގަޟިއްޔާއިން ބެލި މައްސަލާގައި، ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރު ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށް ފައިވާ ކަމަށް ބުނެ […]

ޝިއުނާ އާދަމް
"ގެވެށި ގުޅުން" ގައުމީ ކެމްޕެއިން ފަށައިފި

"ގެވެށި ގުޅުން" ގައުމީ ކެމްޕެއިން ފަށައިފި

“ގެވެށި ގުޅުން” ނަމުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިސްނަގައިގެން ކުރިއަށްގެންދާ ގައުމީ ކެމްޕެއިން އިފްތިތާހްކޮށްފި އެވެ. މުޖުތަމައުގައި މިފަހަކަށް އައިސް އިތުރުވަމުން އަންނަ ގެވެށި އަނިޔާގެ މައްސަލައާ ގުޅޭ ގޮތުން މުޅި މުޖްތަމައު ހޭލުންތެރިކުރުމުގެ މަގްސަދުގައި މިއަދު ހަވީރު ފެށި މި ކެމްޕެއިން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އާއިޝަތު މުހައްމަދު ދީދީ އެވެ. ޖެންޑަރ މިނިސްޓްރީއިން ހާމަ ކުރަށްވާފައި ވާގޮތުގައި މި ކެމްޕެއިން [...

ޝިއުނާ އާދަމް
ދުޅަހެޔޮ އިޤްތިޞާދަކާއި އަރައި ހަމަކުރަން ވަޒީފާ ތަކަށް ބޭނުންވާ މީހުން ބިނާ ކުރަންޖެހޭ: ނައިބު ރައީސް

ދުޅަހެޔޮ އިޤްތިޞާދަކާއި އަރައި ހަމަކުރަން ވަޒީފާ ތަކަށް ބޭނުންވާ މީހުން ބިނާ ކުރަންޖެހޭ: ނައިބު ރައީސް

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދާއި ވަޒީފާގެ ބާޒާރަށް ބޮޑު ހީނަރުމެއް އައިސްފައިވާ މި ހާލަތުގައި، ދުޅަހެޔޮ އިޤްތިޞާދަކާއި އަރައި ހަމަކުރުމަށް މިހާރުން ފެށިގެން ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް މަސައްކަތަކީ، ވަޒީފާގެ ބާޒާރަށް ބޭނުންވާ މީހުން ބިނާކޮށް ތަމްރީނުކުރުން ކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ހިންގާ “ސްކިލްސް ފޯރ އަ ރިސިލިއަންޓް ވަރކް ފޯސް” ޕްރޮގްރާމް އިފްތިތާޙު ކުރުމަށް ބޭއް...

ޔުމްނާ ޢަލީ
ރާއްޖެ އިޝްތިހާރު ކުރަން އާ ސްލޯގަންއެއް ބޭނުން ކުރަން ފަށައިފި

ރާއްޖެ އިޝްތިހާރު ކުރަން އާ ސްލޯގަންއެއް ބޭނުން ކުރަން ފަށައިފި

ފަތުރުވެރި ކަމަށް ރާއްޖެ މިއަދު އަލުން ހުޅުވާލިއިރު ރާއްޖެ އިޝްތިހާރުކުރުމަށް އައު ސްލޯގަންއެއް ބޭނުން ކުރަން ފަށައިފިއެވެ. އެކަން ހާމަ ކުރެއްވީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް،(އެމްއެމްޕީއާރުސީ) ގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބް މުހައްމަދެވެ. އޭނާ ވިދާޅުވީ ކުރިން ރާއްޖެ އިސްތިހާރު ކުރުމަށް ބޭނުން ކުރަމުން ސްލޯގަންގެ ބަދަލުގައި، މިއަދުން ފެށިގެން އައު ސްލޯގަން އެއް ބޭނުން ކުރ...

ޝިއުނާ އާދަމް
ޤައުމުގެ ސަލާމަތާއި އާންމު މަސްލަހަތު ގެއްލޭފަދަ ގޮތްގޮތަށް ހިތްވަރު ނުދިނުމަށް އެދިއްޖެ

ޤައުމުގެ ސަލާމަތާއި އާންމު މަސްލަހަތު ގެއްލޭފަދަ ގޮތްގޮތަށް ހިތްވަރު ނުދިނުމަށް އެދިއްޖެ

ޤައުމުގެ އަމާންކަމާއި އާންމު މަސްލަތު ގެއްލޭފަދަ ގޮތްގޮތަށް ހިންގާ ހަރަކާތްތަކަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ ޖަމްޢިއްޔާތަކުން ހިތްވަރު ނުދިނުމަށް މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓުން ގޮވާލައިފިއެވެ. މިކަން ހާމަކުރައްވައި އެ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި ރާއްޖޭގެ އާންމު މަސްލަހަތަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތަކަށް ހިތްވަރު ލިބޭ ގޮތަށް، ރަޖިސްޓްރީކޮށް ހިންގަމުންދާ ބައެއް ޖަމްޢިއްޔާތަކު...

އިބްރާހިމް ޚަލީލް
ރާއްޖޭގެ އަލުން ހުޅުވާލައި، ފުރަތަމަ ފްލައިޓް ޖައްސައިފި

ރާއްޖޭގެ އަލުން ހުޅުވާލައި، ފުރަތަމަ ފްލައިޓް ޖައްސައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިއަދު ބޯޑަރު ހުޅުވާލައި ފުރަތަމަ ފްލައިޓް ރާއްޖޭގެ މައި އެއަރޕޯޓް ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓް (ވީއައިއޭ) އަށް ޖައްސައިފިއެވެ. 110 ފަހުން އަލުން ބޯޑަރު ހުޅުވާލިއިރު، މިއަދު ފުރަތަމަ ޖައްސާފައި ވަނީ ގަތަރު އެއާވޭސްގެ ފްލައިޓެކެވެ. އެ ފްލައިޓުން 129 ޓޫރިސްޓަކު މިއަދު ވަނީ ރާއްޖެ އައިސްފަ އެވެ. އެ ފްލައިޓް ވީއައިއޭގެ ރަންވޭގައި ޖައްސާފައި ވަނީ، މިއަދު ހެނދުނު 8:27 ގަ އެވެ. ޤަތަރުގެ ވެރިރަށް […]

ޝިއުނާ އާދަމް
ހއ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފި

ހއ. އަތޮޅުން ޅ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފި

މޫސުން ގޯސްވެ ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައި ވަނީ މިއަދު ހެނދުނު 8:15 އިން ފެށިގެން މެންދުރު 12:30 އާއި ހަމައަށް ހއ އަތޮޅުން ފެށިގެން ޅ އަތޮޅާއި ހަމައަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރާ ކަމަށެވެ. އެހެން ކަމުން އެ ސަރަހައްދަށް އެވަގުތު ތެރޭގައި ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާ ކުރެވޭތީ […]

ޝިއުނާ އާދަމް
ދުވާފަރު މޮނިޓަރިންގ ހާލަތުން ނަގައިފި

ދުވާފަރު މޮނިޓަރިންގ ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރ. ދުވާފަރު މޮނިޓަރިންގ ހާލަތުން ނަގައިފިއެވެ. މާލެއިން ރ. ދުވާފަރަށް ދިޔަ 3 މީހުން ހޯމް ކަރަންޓީނުން ދޫކޮށްލި ފަހުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އެރަށް މޮނިޓަރިންގ ހާލަތަށް ގެނައީ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ރޭ 21:24 ގައެވެ. އެރަށް މޮނިޓަރިންގ ހާލަތުން ނެގިކަން އަންގައި އެޗްޕީއޭއިން ފޮނުވި ލިޔުމުގައި ބުނެފައި ވަނީ އެރަށުގެ މޮނިޓަރިންގ ހާލަތު އުވާލި ސަބަބަކީ […]

ޔުމްނާ ޢަލީ