މަޖިލިސްތެރޭގައި ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު ކިއުއްވާ އެއްޗެއްސަކީ ސަމާސާ ކަމަށް ހީކުރެއްވުނު ކަމަށާއި، ނަމަވެސް ޢާއިލާ ދިމާވެފައިވާ ހިތްދަތި ވަގުތުގައި ޖާބިރު ކަންކުރެއްވި ގޮތުން، ޖާބިރުގެ ހިތުގެ އަސްލު ކުލަ ފެނި، ވަރަށް ދެރަވެއްޖެ ކަމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ.

Ad
rt

ޣައްސާންގެ ޓުވީޓުގައި ވަނީ ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރަށް ޖާބިރުގެ ފޯނުކޯލެއްގެ އޯޑިއޯ ހިމަނުއްވާފައެވެ. " އާދެ ޣައްސާން އިނގޭތޯ، ޖާބިރު އިނގޭތޯ، ބައްޕަ ކޯވިޑް ޖެހުނު ވާހަކަ އަޑުއެހިން، އަޅުގަނޑު ހިތާމަ ކުރަން އިނގޭތޯ، ކިނބިގަސްދޮށުގޭ ރަޖިސްޓަރީ ދޭންވާނެ އިނގޭތޯ، ބައްޕަވަޅުލުމުގެ ކުރީގައި މިކަން ހަމަޖައްސަން ޖެހޭނެ، ޞުބުޙާނަﷲ، މަނިކުފާނު ވިދާޅުވީ ބައްޕަގެ ދަރަންޏަކީ ތިމަން މަނިކުފާނު ޒިންމާ އުފުލަންޖެހޭ އެއްޗެއް ނޫނޭ. ރާއްޖޭގެ ވެރިކަމަށް އަންނަންތާ ތިއުޅެނީ، މައުމޫން އަބުދުލް ޤައްޔޫމަށް ކޯވިޑް ޖެހިއްޖެކަމުގެ ހަބަރުތައް އަޅުގަނޑު އަޑުއަހަމުން މި ދަނީ، މަނިކުފާނު ހަނދުމަފުޅު ބަހައްޓަވައްޗޭ ތަރިކަމުދަލުން އަޅުގަނޑުގެ ހައްގު ދޭންވާނެ، އޮނަތިރީސް މިލިއަންތާ ބައްޕަ ނަގާފަހުރީ، އެވާހަކަ ހަނދުމަފުޅުކޮށް ދެއްވަށްޗޭ" އެ އޯޑިއޯ ޖާބިރު ވިދާޅުވާ އަޑުއިވެއެވެ.

ޖާބިރު ޓެގް ކުރަށްވާ ޣައްސާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ މަޖިލިސްތެރޭގައި ކިއުއްވާ އެއްޗެހި ސަމާސާ ކަމަށް ހީކުރެއްވި ކަމަށެވެ. ނަމަވެސް އެ ޢާއިލާއަށް ދިމާވެފައިވާ މިވާ ހާސްކަމުގެ ވަގުތުގައި ޖާބިރު ދައްކައިލެއްވީ ޖާބިރުގެ ހިތްޕުޅުގެ ހަގީގީ ކުލަ ކަމަށެވެ.

ވަރަށް ދެރަވެއްޖެ ކަމަށް ވިދާޅުވެ ޣައްސާން ވިދާޅުވީ ކޮންމެ ދިރުމެއްވެސް ނިމިދާނީ އެކަލާނގެ ހަޟުރަތަށް ކަމަށެވެ.

"މަޖިލިސްތެރޭގައި ކިއުއްވާ އެއްޗެހި ސަމާސާ ކަމަށް ހީކުރިން، އެކަމަކު އަޅުގަނޑުގެ ޢާއިލާއަށް މިއޮއް ދިމާވެފައިވާ ހާސްކަމުގެ ވަގުތު ޖާބިރުގެ ހިތްޕުޅުގެ ހަގީގީ ކުލަ ދައްކަވައި ތިލެއްވީ، ވަރަށް ދެރަވެއްޖެ، ކޮންމެ ދިރުމެއްވެސް ނިމިދާނީ އެކަލާނގެ ހަޟުރަތަށް"

= މުޙައްމަދު ޣައްސާން މައުމޫން=

ކުރީގެ ރައީސް މައުމޫން ކޯވިޑަށް ޕޮޒިޓިވް ވެފައިވާކަން އެ މަނިކުފާނު ހާމަކުރެއްވީ ރޭ 22:16 ގައި ކުރެއްވި ޓުވީޓެއްގައި އެވެ. މައުމޫންގެ އެ ޓުވީޓަށްފަހު މީސްމީޑިއާގައި އެތައްބަޔަކު، ހިތާމަ ފާޅުކޮށް އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ދަނީ ދުޢާ ކުރަމުންނެވެ.

ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެނދުމަތި ކުރެވިފައެވެ.