މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 95 ވަނަ ޞަފްޙާ

އީރާނުގެ އަސްކަރީ ގާބިލުކަން އަދިވެސް ވަރަށް ވަރުގަދަ: އެމެރިކާގެ އިންޓެލިޖެންސް އެޖެންސީ

އީރާނުގެ އަސްކަރީ ގާބިލުކަން އަދިވެސް ވަރަށް ވަރުގަދަ: އެމެރިކާގެ އިންޓެލިޖެންސް އެޖެންސީ

އީރާނުގެ އަސްކަރީ ގާބިލުކަން ބޮޑުތަނުން ދަށްކޮށްލެވިފައިވީ ނަމަވެސް، އެގައުމުގެ އަތުގައި ބާކީ ހުރި ހަތިޔާރުތަކަކީ އަދިވެސް ދުޝްމަނުންނަށް ވަރުގަދަ ނުރައްކަލެއްކަން އެމެރިކާގެ އަސްކަރީ އަދި އިންޓެލިޖެންސް އިސް އޮފިޝަލުން ކަށަވަރުކޮށްދީފައެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) އިންނެވެ. 16 އޭޕްރީލް، ބުރާސްފަތި ދުވަހު، ޑީއައިއޭ ގެ ޑައިރެކްޓަރު، މެރިން ލެފްޓިނަންޓް ޖެނެރަލް ޖޭމްސް އެޑަމްސް، ހައުސް އާމްޑް ސާވިސަސް ސަބްކޮމިޓީގައި ހެކިބަސް ދެއްވަމުން ވިދާޅުވ...

ނާޒިމާ އަލީ
581 ގޮނޑިއާއެކު އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފް

581 ގޮނޑިއާއެކު އިންތިޚާބު ކާމިޔާބުކުރީ ޕީއެންސީން: މަހްލޫފް

މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ކާމިޔާބު ކުރީ ވެރިކަންކުރާ ޕީއެންސީންކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. މިދިޔަ އެމްޑިޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަންވެސް ކުރެއްވި މަޙްލޫފް މިފަދައިން ވިދާޅުވީ ރޭ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މަހްލޫފް ކުރެއްވި ޕޯސްޓުގައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރައްވ...

ޔުމްނާ ޢަލީ
ހަނގުރާމަ އާއި ގުޅިގެން ރައީސް އުފެއްދެވި ކޮމެޓީއަށް ބަދަލުގެންނަވައިފި

ހަނގުރާމަ އާއި ގުޅިގެން ރައީސް އުފެއްދެވި ކޮމެޓީއަށް ބަދަލުގެންނަވައިފި

މެދުއިރުމަތީގައި ހިނގަމުން އައި ހަނގުރާމަ އާއި ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމެޓީއަށް ބަދަލުތަކެއް ގެންނަވައިފިއެވެ. މި ކޮމެޓީއަކީ 2026 ފެބުރުވަރީ 28 ވަނަ ދުވަހު އުފެއްދެވި ކޮމެޓީއެކެވެ. މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މި ބަދަލާއެކު ކޮމިޓީގެ އެކުލެވުމަށް ވަނީ މުހިންމު ބަދަލުތަކެއް އައިސްފައެވެ. މި ބަދަލާއެކު ކޮމިޓީގައި މިހާރު...

ޔުމްނާ ޢަލީ
މިނިސްޓްރީ އޮފް ސިޓީސް އުވާލުމަކުން ކައުންސިލްތަކަށް ހުސްކަމެއް ނާންނާނެ: އެލްޖީއޭ

މިނިސްޓްރީ އޮފް ސިޓީސް އުވާލުމަކުން ކައުންސިލްތަކަށް ހުސްކަމެއް ނާންނާނެ: އެލްޖީއޭ

އަތޮޅު ކައުންސިލުތަކާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އުވާލުމާ ގުޅިގެން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނީ ހުސްކަމެއް އަތުވެދާނެކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދޮގުކޮށްފިއެވެ. އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ، މި ބަދަލުތަކުގެ ސަބަބުން ގާނޫނީ އެއްވެސް ހުރަހެއް ނުވަތަ ހުސްކަމެއް ނާންނާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގައި ބަޔާންކޮށްފައިވ...

އަލީ އާދިލް
ޑެންގީ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

ޑެންގީ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު އިތުރުވެއްޖެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވަމުންދާތީ، ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. އެޗްޕީއޭއިން ހާމަކުރި ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކަމަށްވާ ޑެންގީ އާއި ޗިކުންގުންޔާ ކުރިއަށް އޮތް މަސްތަކުގައި، ޚާއްޞަކޮށް އޭޕްރީލް މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ. އ...

ޔުމްނާ ޢަލީ
ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި ސަރަހައްދުތަކާބެހޭ ކަންކަމާއި މައްސަލަތައް ބެލުމަށް އޮފީހެއް ގާއިމުކޮށްފި

ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި ސަރަހައްދުތަކާބެހޭ ކަންކަމާއި މައްސަލަތައް ބެލުމަށް އޮފީހެއް ގާއިމުކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއްގެ ގޮތުގައި، “ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް” ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ. މި އޮފީހަކީ ދިވެހިރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތަކާބެހޭ އެންމެހައި ކަންކަމާއި މައްސަލަތައް ބެލުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށްޓަކައި ގާއިމުކުރެއްވި އިދާރާއެކެވެ. މިފަދަ އޮފީހެއް ގާއިމުކުރައްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މި އަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީ...

ޔުމްނާ ޢަލީ
ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ހާއްސަ އޮފީހެއް އުފައްދަވައިފި

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށް ހާއްސަ އޮފީހެއް އުފައްދަވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭނެ ޚާއްޞަ އިދާރާއެއް ކަމަށްވާ “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” މިއަދު އުފައްދަވައިފިއެވެ. މި އޮފީހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާނެ ތަނެކެވެ. މި ބިއުރޯގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވޭނެ ނިޒާމެއް ހަރުދަނާ ކުރުމެވެ. މިފަދަ ބިއުރޯއެއް ގާއިމު ކުރައްވަން ނިންމެވިކަން ރައީސް މުޢިއްޒު އިޢުލާން ކު...

ޔުމްނާ ޢަލީ
"ހިމޭން އަޑު" ގެ ނަމުގައި ޚާއްޞަ ޓީވީޕްރޮގްރާމެއް ފަށައިފި

"ހިމޭން އަޑު" ގެ ނަމުގައި ޚާއްޞަ ޓީވީޕްރޮގްރާމެއް ފަށައިފި

ގެވެށި އަނިޔާ ނުވަތަ ވަކި ވަކިޖިންސަކަށް ނިސްބަތްވީތީ ކުރެވޭ އަނިޔާއަށް އަމާޒުކޮށް އޮސްޓްރޭލިޔާ މޯލްޑިވްސް ފްރެންޑްޝިޕް އެސޯސިއޭޝް (އަމްފާ) ގެ ފަރާތުން އެސްއެސްމީޑިޔާއާއި ގުޅިގެން އުފައްދާ ޓީވީ ސިލްސިލާ “ހިމޭން އަޑު” ގެ ފުރަތަމަ އެޕިސޯޑު ރޭގަ އެސްއެސްޓީވީ އިން ދައްކައިފިއެވެ. ވަރަށް މުހިންމު މަޢުލޫމާތު ތަކެއް ބެލުންތެރިންނަށް ގެނެސްދިން ރޭގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވީ ޔޫއެންއެފްޕީއޭ ހެޑް އޮފް އޮފީސް ޝާދިޔާ އިބްރާހިމްއާއި މަދަނީ ޖަމިއްޔާއެއްކަމަށްވާ ހޯޕް ފޮރ ވިމެންގެ ޗެއަރޕާރސަން އަ...

އަލީ އާދިލް
14 އަތޮޅަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފި

14 އަތޮޅަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްފި

ހއ. އަތޮޅުން ފެށިގެން ދ. އަތޮޅު ހިމެނޭ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށްލަފާކޮށް އެ ސަރަހައްދުތަކަށް މޫސުމީ ސަމާލުގެ ހުދު ސަމާލު މިއަދު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ދެމެދު ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް މި ސަމާލު ނެރެފައި ވަނީ ހެނދުނު […]

ޔުމްނާ ޢަލީ
މުޅީން އަލަށް ވުޒާރާއެއް އުފައްދަވައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް

މުޅީން އަލަށް ވުޒާރާއެއް އުފައްދަވައި، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑު ބަދަލެއް

ސަރުކާރުގެ ހިންގުން ހަރުދަނާކުރެއްވުމުގެ މަގުސަދުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އިއްޔެ ގެންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ނަންބަރު 7/2026 ދެންނެވުމާ އެކު، މި ބަދަލުތަކަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ. މި ގެންނެވި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، މުޅީން އަލަށް “މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ”ގެ ނަމުގައި ވުޒާރާއެއް އުފެއްދެވުމެވެ. މީގެ އިތުރުން، ކުރި...

ޔުމްނާ ޢަލީ
ކައިވެންޏަށްފަހު ކުރި ޗުއްޓީ ދަތުރުގައި ބޮޑު ހިތާމައެއް، މިޔަރެއް ހަމަލާދިނުމުން ޒަހަމްވެ، ފައި ބުރިކޮށްލަން ޖެހިއްޖެ

ކައިވެންޏަށްފަހު ކުރި ޗުއްޓީ ދަތުރުގައި ބޮޑު ހިތާމައެއް، މިޔަރެއް ހަމަލާދިނުމުން ޒަހަމްވެ، ފައި ބުރިކޮށްލަން ޖެހިއްޖެ

ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ސްޕެއިންގެ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީ، ލިބުނު ބޮޑެތި ޒަޚަމްތަކުގެ ސަބަބުން އޭނާގެ އެއް ފައި ބުރިކޮށްލަން ޖެހިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ކޫއްޑޫ ކައިރީގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން އުޅޭ ކަމުގެ ރިޕޯޓު ލިބިފައިވަނީ 2026 އޭޕްރީލް 11 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. މި ބިރުވެރި ހާދިސާގައި އަނިޔާވެފައިވަނީ ސްޕެއިންގެ އަލިކާންޓޭއަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކަށެވެ. ބޭރުގެ ބައެއް...

ޔުމްނާ ޢަލީ
ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމަށް މުންދު

ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމަށް މުންދު

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ. މުޙައްމަދު ޙުސައިން ޝަރީފަކީ ސަރުކާރުގެ މަތީ މަޤާމުތަކާއި ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނު ވަނީ މީގެ ކުރިން ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި، ބޭރުގެ އެކިއެކި ޤައުމުތަކަށް ދިވެހިރާ...

ޔުމްނާ ޢަލީ
ޑިފެންސް މިނިސްޓަރުގެ މަގާމަށް ޙަސަން

ޑިފެންސް މިނިސްޓަރުގެ މަގާމަށް ޙަސަން

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، ޙަސަން ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ހައުސިން މިނިސްޓްރީގެ ސްޓޭޓް ވަޒީރަކަށް ހުންނެވި ހަސަން ޑިފެންސް މިނިސްޓަރުކަމަށް ޢައްޔަނުކުރަށްވައި މަޤާމުގެ ފަތްކޮޅު އެރުވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ޙަސަން ރަޝީދަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުަޙަ...

ޔުމްނާ ޢަލީ
17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ

17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ. ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 13 އޭޕްރީލް 2026 ގައެވެ. މިކަން ފަޅާއަރާފައިވަނީ އެ ކުއްޖާ ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން، ކުއްޖާ ބަލިވެ އިންކަން އެނގުމާ ގުޅިގެންނެވެ. ފުލުހުން ބުނިގޮތުގައި މިކަން ހިނގާފައި ވަނީ ރާއްޖޭގެ ދެކުނުގެ ރަށެއްގައެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެއެވެ.

ޔުމްނާ ޢަލީ
ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ

ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ. ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، ނިޔާވެފައިވަނީ މާލެ، މ. ރޭއަލިވާގެއާގެ، އަޙްމަދު ނަވްޝާދު (41އ) އެވެ. އޭނާ ނިޔާވީ ބަންދު ގޮޅީގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން، ފަރުވާއަށްޓަކައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. މި ހާދިސާ ހިނގާފައިވަނީ 2026 އޭޕްރީލް 15 ވާ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. ފުލުހުން ބުނީ ނަވްޝާދު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕި...

އަލީ އާދިލް