ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަޤާމަށް އަލްފާޟިލް އަޙްމަދު ޝިޔާމް މިއަދު ޢައްޔަންކުރައްވައިފިއެވެ. މި މަޤާމަށް ވަޒީރު ޢައްޔަންކުރައްވައި، މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި އަޙްމަދު ޝިޔާމަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީ...
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ހުކުމާ ހަމައަށް ހިނގައްޖެ އެވެ. މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ. އެ މައްސަލާގެ އަޑުއެހުމެއް އަހަރަކަށް ވުރެ ގިނަ ދުވަސް...
ހުސައިން ހަބީބް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ. މި ބަދަލުތަކާއެކު މިއަދު ވަނީ 12 ވަޒީރަކު އަލަށް މަޤާމަށް ޢައްޔަންކުރައްވައި، އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދެވެ. ހުވައި ކުރެއްވުމަށްފަހު، އ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގެ 10 ވަޒީރަކު މިއަދު އިސްތިއުފާ ހުށަހެޅުއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމުގައި ހެޔޮ ބަދަލުތަކަށް މަގުފަހިކޮށްދެއްވުމުގެ ގޮތުންކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ވަޒީރުންގެ އިސްތިއުފާ އާއި ގުޅިގެން ރައީސް އޮފީހުން ބުނީ، 10 ވަޒީރަކު މިއަދު އިސްތިޢުފާ ހުށަހަޅުއްވާފައިވާތީ އެ ބޭފުޅުންގެ އިސްތިޢުފާ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ ޤަބޫލުފުޅުކުރައްވާފައި ކަމަށެވެ. އަދި އެ ވަޒީރުން އިސްތިއުފާ ހުށަހެޅުއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށ...
ޔުމްނާ ޢަލީ
މާލޭގައި ރަހުމް ކުޑަ ގޮތަކަށް އަންހެނަކު މަރާލި މައްސަލާގައި ދައުވާލިބޭ ސާހިލް އަލީ ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މާލޭގެ ގެއެއްގެ ތެރޭގައި 2023 ވަނަ އަހަރު ޝިއާއު މުހައްމަދު ސައީދު މަރާލުމަށް ފަހު، އޭނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ތުހުމަތުގައި ފ. ނިލަންދޫ ފިނިފެންމާގޭ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ. ސިއްރުކޮށްގެން ގެންދާ އެ ޝަރީއަތުގައި އޭގެ ތެރެއިން ދެ ދައުވާއެއް ސާބިތުވާތީ، އޭނާ ތިން […]
ހުސައިން ހަބީބް
ވީނުވީއެއް ނޭނގި ގެއްލިފައިވާ ބިދޭސީ މީހާގެ މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ނިޒާމްގެ މައްޗަށް މަރުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޑިސެމްބަރު، 2022 ގައި ބަންގްލަދޭޝްގެ ލިޓަން ގެއްލުނީ ބޯޓެއްގައި ވިލިމާލެއިން ފުރިފަހުންނެވެ. ދައުލަތުން ތުހުމަތުކުރި ގޮތުގައި އެ ބޯޓުން އޭނާއާއެކު ދަތުރުކުރި ގދ. ތިނަދޫ މަނާރު މުހައްމަދު ނިޒާމް ވަނީ މޫދަށް ވައްޓާލައިގެން ލިޓަން މަރާލައިފަ އެވެ. އެ މައްސަލާގައި ނިޒާމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް […]
ހުސައިން ހަބީބް
ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިތުރު ވަޒީރުންތަކެއް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ބޭފުޅުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ. މިއަދު އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ފޮރިން މިނިސްޓަރު ޑރ. ޢަބުދުﷲ ޚަލީލް، ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް، ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ލޯކަލް ގަވަމެންޓް މިނިސްޓަރު...
ޔުމްނާ ޢަލީ
ދިފާއީ ވުޒާރާގެ މުޙައްމަދު ޣައްސާން މައުމޫން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ޣައްސާނު މަގާމުން އިސްތިއުފާދެއްވި ނަމަވެސް، މި ނިންމެވުން ނިންމެވި ސަބަބެއް ސާފެއް ނުވެއެވެ. ޣައްސާން ދިފާއީ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ. ޣައްސާނު އިސްތިއުފާ ދެއްވިއިރު، ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ޢަލީ އާރިފް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް މިއަދު ވަނީ މަގާމުން ވަކިކުރަށްވާފައެވެ.
ޔުމްނާ ޢަލީ
ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް މިއަދު މަގާމުން ވަކިކޮށްފި އެވެ. ޚަލީލް މަގާމުން ވަކިކޮށްފައިވާއިރު، އޭނާ އެ މަގާމުން ވަކިކުރި ސަބަބާއި ގުޅޭ ގޮތުން ސަރުކާރުން އަދި އެއްޗެއް ނުބުނެއެވެ. 18 ވަނަ މަޖިލީހުގައި ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑި ފުރުއްވި ޚަލީލަކީ މި ސަރުކާރުގެ ފުރަތަމަ ސިއްހަތާ ބެހޭ ވަޒީރެވެ. އަދި ދެ ވަނަ ޚާރިޖީ ވަޒީރެވެ. 17 ނޮވެމްބަރު 2023 ގައި ސިއްހީ ވުޒާރާގެ ވަޒީރުކަމަށް ޢައްޔަނުކުރި ޚަލީލް ޚާރިޖީ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ […]
ޔުމްނާ ޢަލީ
ފްލެޓް އަޅައިދޭނެ ކަމަށްބުނެ ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ ހުރިހާ ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ. މި މައްސަލައިގެ އިސްތިއުނާފް މަރުހަލާ ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއްވެސް ހައިކޯޓުން ވަނީ ނެރެފައެވެ. ޕީޖީ އޮފީހުން ބުނީ ސީލައިފް ގްލޯބަލް އިންކް [...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ރޭ ހުޅުވާލައިފިއެވެ. މި ދާއިރާގެ ޕާޓީ ޓިކެޓަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ޕީއެންސީން ބުނި ގޮތުގައި، ޓިކެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެކަކަށްވުރެ ގިނަ ފަރާތްތަކެއް ތިބިނަމަ، ޕާޓީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވާނީ ބާއްވާ އެތެރޭގެ ޕްރައިމަރީއަކުންނ...
ޔުމްނާ ޢަލީ
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވާނެ ތާރީޚާއި، އިންތިޚާބާ ގުޅޭ މުހިންމު ތަފްސީލުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިރޭ ހާމަކޮށްފިއެވެ. އެ ކޮމިޝަނުން ނިންމާފައިވަނީ މި އިންތިޚާބު 2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށެވެ. މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކެންޑިޑެސީ ހުށަހެޅުމުގެ ފުރުސަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން ވަނީ ހުޅުވާލާފައެވެ. އިންތިޚާބަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ 2026 އެޕްރީލް 29 ވާ ބުދަ ދުވަހުގެ […]
ޔުމްނާ ޢަލީ
އީރާނުގެ ހޯރްމުޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމި ނިންމުމުގައި އިނގިރޭސިވިލާތުން ބައިވެރިނުވާނެ ކަމަށާއި، އެކަމަށް ތާއީދުވެސް ނުކުރާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ކިއަރ ސްޓާމަރ ވިދާޅުވެއްޖެއެވެ. މިއަދު ބީބީސީ ރޭޑިއޯ ހިމެނޭހެން ދެއްވި އިންޓަވިއުތަކެއްގައި ސްޓާމަރ ވިދާޅުވީ، ކަނޑުގެ މަގު ބަންދުކުރުމަށް ނުވަތަ ބްލޮކޭޑަކަށް އިނގިރޭސިވިލާތުން ތާއީދު ނުކުރާ ކަމަށެވެ. އަދި އިނގިރޭސިވިލާތުން އީރާނާއެކު ކުރާ ހަނގުރާމައެއްގެ ތެރެއަށް ވަންނާކަށް ބޭނުންނުވާ ކަމަށްވެސް ބޮޑ...
ނާޒިމާ އަލީ
ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިއަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފްލެޓާއި ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ވަކި މިންވަރުތަކެއް ވަނީ ކަނޑައަޅާފައެވެ. ހައުސިން މިނިސްޓްރީން އުޞޫލުތަކަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ކުރީގެ ސްކީމ...
ޔުމްނާ ޢަލީ
ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި)، މޮރިޝަސްގެ ސަރުކާރާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ. މިކަމާ ގުޅިގެން ދިވެހި ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފޯޅަވަހީގެ ކުރިމަގާއި އެ ސަރަހައްދު ބެލެހެއްޓުމާ ގުޅޭ ކަންކަމުގައި ދިވެހިރާއްޖޭގެ ގާނޫނީ އަދި ހައްގު މަސްލަހަތުތަކެއް އޮތްކަން ފާހަގަކުރާ ކަމަށެވެ. އަދި އިނގިރޭސިވިލާތުގެ މި ނިންމުމުގެ ސަބަބުން، މި މައްސަލައިގައި ދިވެހިރާއްޖެއާއެކު އަލުން މަޝްވ...
އަލީ އާދިލް