ތ. ގުރައިދޫ ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
މިހާރު އެ ގޭގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އެ ގޭގައި ހުރި ހުރިހާ އެއްޗެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކު ވެފައިއެވެ.
ގުރައިދޫ ކައުންސިލްގެ ނައިބު ރައީސް ތައުފީޤް ޢަލީ ''ތިލަދުން''އަށް ވިދާޅުވީ އެ ހާދިސާ ހިނގީ މިއަދު 11:45 ހާއިރު ކަމަށެވެ.
''އެވަގުތު އަޅުގަނޑުމެންތިބީ މިސްކިތުގައި، މިސްކިތުން ނިމިގެން ދިޔައިރު އާންމުންނާއި ފުލުހުން ގުޅިގެން އަލިފާން ނިއްވާލައިފި، މީހަކަށް ގެއްލުމެއް ނުވޭ، ނަމަވެސް ގޭގެ ތެރޭ ހުރި އެއްވެސް އެއްޗެއް ސަލާމަތަކުން ނެތް، ގޭގައި ހުންނަނީ ސްކޫލަށް ދާ އެންމެ ކުއްޖެއް، އެކުއްޖާގެ ފޮތްތަކާއި އެއްޗެހިވެސް އަނދާ ގޮސްފައި ވަނީ'' ތައުފީޤް ޢަލީ ވިދާޅުވިއެވެ.
އަލިފާން ރޯވުމުގެ ސަބަބުން އެ ގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި
ގުރައިދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ތ. އަތޮޅު ކައުންސިލް މެންބަރު އާދިލް އިބްރާޙީމް ''ތިލަދުން'' އަށް ވިދާޅުވީ އެ ގޭގައި އަލިފާން ރޯވިއިރު އެގޭގައި ދިރިއުޅޭ މީހުން ގޭގައި ނޫޅޭކަމަށް މަޢުލޫމާތު ލިބި ވަޑައިގެންފައި ވާ ކަމަށެވެ.
Th. Guraidhoo Ge ehgai alifaan roave bodethi gellun Thakeh
ތ. ގުރައިދޫ ގެގެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއްhttps://t.co/Ms9NbsYVWz pic.twitter.com/lY4i0qFtR7— Thiladhun (@thiladhun) October 9, 2020
''އަސްލު ފުލުހުންނާއި އާންމުން ކުރި ބުރަ މަސައްކަތުން އެހެން ގޭތަކަށް އަލިފާން ފެތުރަނުދީ ކޮންޓްރޯލް ކުރެވުނީ'' އާދިލް ވިދާޅުވި އެވެ.
އަލިފާން ރޯވުމުގެ ސަބަބުން އެ ގެއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި
އަލިފާން ރޯވުމުގެ ސަބަބުން އެގޭގައި ހިފާގެން ގުޅޭ ހުރިހާއެއްޗެން އަދައިގެން ގޮސްފައިވާއިރު، އެ ކަން ހިނގިގޮތް ތަހުޤީޤުކުރުމަށް ފުހުން ދަނީ އެ ސަރަޙައްދުގައި ހަރަކާތް ތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!