ރައްޔިތުންގެ މަޖިލިސްގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުއްލި އަކަށް ހާލު ބޮޑުވެ، ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

ޝިޔާމް ހާލު ދެރަވީ ރައްޔިތުންގެ މަޖިލިސްގައި އިންނަވަނި ކޮށެވެ. ޝިޔާމް ހާލު ދެރަވާން ފެށީ މަޖިލިސްގެ ކުޑަ ދޮށުގައި އިންނަވަނިކޮށް ކަމަށް މަޖިލިސްގެ މެންބަރަކު ވިދާޅުވިއެވެ.

Ad
rt

''ތިލަދުން'' އަށް އެ މަޢުލޫމާތު ހިއްސާ ކުރެއްވި މެންބަރު ވިދާޅުވީ ޝިޔާމް އިންނެވީ ގިނިކަންޏާ މަޖިލިސްގެ ކުޑައެއްގެ ދޮށުގައި ކަމަށެވެ. އެހެން އިންނަވަނިކޮށް ތުރުތުރު އަޅަން ފެށީ ކަމަށެެވެ.

'' އެކަނިމާ އެކަނި ކުޑަ ދޮށުގައި ގޮނޑިއެއްގައި އިންނެވީ، އިންނަވަނިކޮށް ފެނުނީ ތުރުތުރު އަޅަން ފެށިތަން، އެހެންވެ އަވަހަށް ހޮސްޕިޓަލަށް ގެންދިޔައީ، ގެންދިޔައިރު މުޅި ހަށިގަނޑު ތެޅޭ، ޝިޔާމަށް ދިމާވިގޮތަށް ބަލާއިރު ސްޓްރޯކެއް ކަހަލަ ކަމަކަށް ވެދާނެ ކަމަށް ލަފާކުރެވޭ''

މެންބަރު ވިދާޅުވިއެވެ.

ކުޑަ ދޮށުގައި އިންނަވަނިކޮށް ތުރުތުރު އަޅަން ފެށުމުން މެންބަރުންގެ އެހީތެރިކަމާއިއެކު ޝިޔާމް ގެންދަނީ

ޝިޔާމް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލްއަށް ގެންގޮސް އަވަސް ފަރުވާދޭ ކޮޓަރީގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ފަށާފައި ކަމަށް ވެސް އެ މެންބަރު ވިދާޅު ވިއެވެ.

ނައިފަރު ދާއިރާގެ މެންބަރު ޝިޔާމަކީ އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ވެސް މެއެވެ.

ޝިޔާމް ކުއްލި ގޮތަކަށް ހާލު ބޮޑުވި ހާދިސާއާއި ގުޅިގެން އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ މީޑިއާއަށް ވިދާޅުވީ ޝިޔާމަށް ސްޓްރޯކެއް ނުޖެހޭކަމަށާއި، އަދި ހޮސްޕިޓަލްގެ އިމަޖެންސީގައި ފަރުވާ ދެމުން ދަނީ ވަރަށް ބޮޑަށް ހުން ގަދަވެ މަޖިލީހުގައި އިންނެވޭ ވަރު ނުވެގެން ކަމަށެވެ.