ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރީ 28 އަހަރުގެ ބިދޭސީ އަންހެނެއްކަމަށެވެ. މި އަންހެން މީހާ ރާއްޖެ އެތެރެވާން މަސައްކަތްކުރީ އޭނާއާއި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށްގެންކަމަށް އިމިގްރޭޝަނުން ބުނެއެވެ.
މީނާއަކީ ކޮންގައުމެއްގެ މީހެއްކަމެއް އަދި ރާއްޖެ އައީ ކޮން ގައުމެއްގެ ފްލައިޓަކުންކަމެއް އިމިގްރޭޝަންއިން ހާމައެއް ނުކުރެއެވެ.
މީގެކުރިން ވެސް އިމިގްރޭޝަނުން ވަނީ ނަކަލުކޮށްފައިވާ ޕާސްޕޯޓުތަކެއް އަދި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ވެސް ހުއްޓުވާފައެވެ.
މިގޮތަށް ގަވައިދާ ޚިލާފަށް އެތެރެވާ މީހުން އިމިގްރޭޝަނުން ދަނީ އަނބުރާ ޤައުމަށް ފޮނުވަމުންނެވެ.
ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް ޝަޚުސު އޮޅުވާލައިގެން (Imposter) ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި 28 އަހަރުގެ ބިދޭސީ އަންހެނަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފި. pic.twitter.com/AbnUSV5iFz
— Maldives Immigration (@ImmigrationMV) October 26, 2020
ރާއްޖެ އެތެރެވާ މީހުންގެ މަޢުލޫމާތު ރައްކާކުރުމާއި، މަޢުލޫމާތުގެ ސައްޚަކަން ދެނެގަތުމަށް ރާއްޖޭގެ ބޯޑަރ ކޮންޓްރޯލް ނިޒާމުވެސް ވަނީ ވަރުގަދަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!