މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 922 ވަނަ ޞަފްޙާ

މިސަރުކާރުން ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެ: ރާޢީ

މިސަރުކާރުން ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެ: ރާޢީ

ރައީސް ޞާލިޙްގެ ސަރުކާރުން ހދ. ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައިދޭނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ ތަމްސީލް ކުރަށްވާ މަކުނުދޫ ދާއިރާގައި ހިމެނޭ ނޭކުރެންދޫ ރައްޔިތުންގެ އުއްމީދުތަކުގައި މި ސަރުކާރުން ކުލަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. ރާޢީ ވިދާޅުވީ 2008 ވަނަ އަހަރު އޮތް ރައީސް ނަޝީދުގެ ސަރުކާރުން ނޭކުރެންދޫގައި އަޅަން ނިންމި ޖަލުގެ މަސައްކަތް މި ސަރުކާރުން ފުރިހަމަ ކުރާނެ ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ސަރު...

ޙުސައިން ޝަހުދީ
‏ސުޕްރީމް ކޯޓަށް ރައްޔިތުންގެ އިތުބާރު ހޯދުނަސް އެހެން ކޯޓުތަކުން އިންސާފު ލިބުން ލަސް: ޢަލީ

‏ސުޕްރީމް ކޯޓަށް ރައްޔިތުންގެ އިތުބާރު ހޯދުނަސް އެހެން ކޯޓުތަކުން އިންސާފު ލިބުން ލަސް: ޢަލީ

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް އަވަހަށްބެލި، ރައްޔިތުންގެ އިތުބާރު ހޯދުނަސް، ޖުމްލަކޮށް ބަލާއިރު އަދިވެސް ރާއްޖޭގެ އެހެން ކޯޓުތަކުން އެކަށީގެންވާ އަވަސް މިނެއްގައި އިންސާފެއް ލިބުން ލަސްކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ ޙުސައިން މިހެން ވިދާޅުވީ ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުޢާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބުމުން، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމު...

އަލީ އާދިލް
ލަންކާގައި ކޯވިޑް ބަލީގައި ނިޔާވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަކީ ވަރަށް މުހިންމުކަމެއް: އިސްލާމިކް މިނިސްޓަރު

ލަންކާގައި ކޯވިޑް ބަލީގައި ނިޔާވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަކީ ވަރަށް މުހިންމުކަމެއް: އިސްލާމިކް މިނިސްޓަރު

އަވަށްޓެރި ސްރީލަންކާގައި ކޯވިޑް-19 ބަލީގައި ނިޔާވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަކީ މިވަގުތަށް ވަރަށް މުހިންމުކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަޙްމަދު ޒާހިރު ޢަލީ މިހެން ވިދާޅުވީ ކޯވިޑް ބަލީގައި ސްރީލަންކާގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ރާއްޖޭގައި ހަމަޖެއްސުމަށް މަޝްވަރާކުރާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން އިއްޔެ ބުނެފައި ވަނިކޮށް ރޭ ކުރަށްވާފައިވާ ޓުވީޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ ސްރީލަންކާގެ މުސްލިމުންގެ ތެރެއިން...

އަޙްމަދު ވަހީދު
މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެ: ޝަހީމް

މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެ: ޝަހީމް

ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މީހުން ވަޅުލުމުގެ ބަދަލުގައި އަންދާތީ އެމައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައ،ި މުސްލިމުންގެ ހަށިތައް އެންދިޔަ ދީގެން ނުވާނެކަމަށާއި ގާތުގައި އޮތް މުސްލިމު ޤައުމަކުން އެހީވެވިދާނެކަމަށް ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ. ކޯވިޑް19 ބަލީގައި ސްރީލަންކާގައި ނިޔާވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ރާއްޖޭގައި ހަމަޖެއްސުމަށް މަޝްވަރާކުރާކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މިއަދު ބުނެފައިވުމަށް އަލިއަޅުއްވާލައްވާ ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދ...

ޔުމްނާ ޢަލީ
ދިވެހިންނަށް ފުރުޞަތު ނުދީ އެމްއޭސީއެލްގެ އިސްމަގާމަކަށް ބިދޭސީއެއް ހަމަޖެއްސުމުން ކަންބޮޑުވުން ފާޅުކޮށްފި

ދިވެހިންނަށް ފުރުޞަތު ނުދީ އެމްއޭސީއެލްގެ އިސްމަގާމަކަށް ބިދޭސީއެއް ހަމަޖެއްސުމުން ކަންބޮޑުވުން ފާޅުކޮށްފި

ދިވެހިން ވަޒީފާގެ ފުރުޞަތުތަކަށް އެދިއެދި ތިބި މި ދަނޑިވަޅުގައި ދިވެހިންނަށް ފުރުޞަތު ނުދީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިސް މަގާމަކަށް ބިދޭސީއެއް ހަމަޖެއްސުމުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް ކަމުގައި ވެސް ހުންނެވި ޝިޔާމް ކަންވޮޑުވުން ފާޅުކުރެއްވީ ކުރެއްވި ޓުވީޓެއްގައެވެ. އެޓުވީޓުގައި އޭނާ ވަނީ އެމްއޭސީއެލްގެ އެކަމާއިގުޅޭ “ދެންނެވުމެއް” ހިމަނުއްވާފައެވެ. މުވައްޒަފުން...

އަލީ އާދިލް
ކޮވިޑްގައި މަރުވާ މީހުން ރާއްޖެ ގެންނަން ރައީސް މައުމޫން ތާއީދެއް ނުކުރި

ކޮވިޑްގައި މަރުވާ މީހުން ރާއްޖެ ގެންނަން ރައީސް މައުމޫން ތާއީދެއް ނުކުރި

ކޯވިޑް19 ގައި މަރުވާ މީހުން ރާއްޖެ ގެނެސް ޖަނާޒާގެ ކަންތައްތައް ހަމަޖެއްސުމުގައި ސަރުކާރުން މަޝްވަރާތައް ކުރަމުން ދާކަމަށް ބުުނެފައިވަނިކޮން އެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ތާއީދެއް ނުކުރެއްވި އެވެ. ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލުމުގެ އިންތިޒާމެއް ހަމަޖައްސައިދޭން އެގައުމުން އެދިފައި ވަނިކޮށް މިރޭ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. “އެކަމަ...

ޔުމްނާ ޢަލީ
ކައުންސިލް އިންތިޚާބު ކޯލިޝަނަށް ހޯދުމަށް ދަނީ ބޮޑެތި ދޮގުތައް ހަދަމުން: މުޙައްމަދު

ކައުންސިލް އިންތިޚާބު ކޯލިޝަނަށް ހޯދުމަށް ދަނީ ބޮޑެތި ދޮގުތައް ހަދަމުން: މުޙައްމަދު

‏ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ވެރިކަންކުރާ ކޯލިޝަނަށް ހޯދުމަށްޓަކައި، ބޮޑެތި ދޮގުތައް ހަދަމުންދާ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެއެވެ. މުޙައްމަދު މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ވަނީ މަޝްރޫޢުތަކެއްގެ ދައްކުވައިދޭ ކުރެހުންތަކެއް ފެންނަ ހަތަރު ފޮޓޯވެސް ހިމަނުއްވާފައެވެ. އެ ޓުވީޓުގައި، ފޮޓޯތަކަށް އިޝާރާތް ކުރަށްވާ އޭނާ ވިދާޅުވީ އެއީ ”ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހޯރަފުށީ ދާއިރާގެ ރައްޔިތުންނަށް ދައްކަ...

އަލީ އާދިލް
ލޮނުފެނުން މަސްފިނިކުރާ ނިޒާމުގެ ޑިއުޓީ މައާފު ކޮށްފި

ލޮނުފެނުން މަސްފިނިކުރާ ނިޒާމުގެ ޑިއުޓީ މައާފު ކޮށްފި

ރެފްރިޖަރޭޓެޑް ސީވޯޓަރ ސިސްޓަމް، ނުވަތަ އާރް.އެސް.ޑަބްލިއު ނިޒާމު ރާއްޖެ އެތެރެކުރާ ފާރާތްތަކަށް ޑިއުޓީ މައާފު ކުރުމަށްރާއްޖެ އެތެރެކުރުމަށް ނަގާ ޑިއުޓީ މާޢާފު ކުރެވޭނެ އިންތިޒާމު ފިޝަރީޒް މިނިސްޓްރީން ހަމަޖައްސައިފިއެވެ. ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރެފްރިޖަރޭޓެޑް ސީވޯޓަރ ސިސްޓަމް، ނުވަތަ އާރް.އެސް.ޑަބްލިއު ނިޒާމު އެތެރެކުރާ ފާރާތްތަކަށް ޑިއުޓީ މައާފު ކުރުމަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅޭނެ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީ އަށް ޑިއުޓީ މާއާފު ކުރާ ފޯމާއެކު...

ޝިއުނާ އާދަމް
އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތް ފަށައިފި

އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި އެވެ. އެ ސެންޓަރުން ނެރުނު ބަޔާނެއްގައިވަނީ އާބިޓްރޭޝަނުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުން ހުރި ޚިދުމަތްތައް ދޭން ފަށާފައިވާ ކަމަށެވެ. ބަޔާނުގައިވަނީ އެ ސެންޓަރުގެ ވެބްސައިޓް މެދުވެރިކޮށް، މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު މައްސަލަ ހުށަހެޅޭނެ ކަމަށެވެ. މީގެއިތުރުން، ވާޗުއަލް ޚިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލައިގައި...

ޔުމްނާ ޢަލީ
ރައްޔިތުމީހާގެ ބޭނުންތަކަށް ބެލުމެއްނެތި ހުރިހައި ފަޅުރަށްތަކެއް ވިއްކާ ހުސްކުރުމަކީ އިންސާފުވެރި ގޮތެއް ނޫން: ޢަލީ

ރައްޔިތުމީހާގެ ބޭނުންތަކަށް ބެލުމެއްނެތި ހުރިހައި ފަޅުރަށްތަކެއް ވިއްކާ ހުސްކުރުމަކީ އިންސާފުވެރި ގޮތެއް ނޫން: ޢަލީ

އާންމެ ރައްޔިތު މީހާގެ ބޭނުންތަކަށް ބެލުމެއްނެތި އަތޮޅުގެ ހުރިހައި ފަޅުރަށްތަކެއް ވިއްކާހުސްކުރުމަކީ އިންސާފުވެރި ޢަދުލުވެރި ގޮތެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ މިހެންވިދާޅުވީ އޭނާ ތަމްސީލު ކުރަށްވާ ދާއިރާ، ކެންދޫ ދާއިރާ ހިމެނޭ އަދި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ބ. އަތޮޅުގެ، އަތޮޅު ކައުންސިލުން އެ އަތޮޅު އެއްވެސް ރަށެއް ދަތުރުދާން ނުބާއްވާ ކުއްޔަށާއި، ވަރުވާއަށް ދޫ ކުރަމުން ދާތީ ކަންބޮޑުވެ، ވާހަކަ ދައްކަވާފައި ވަނިކޮށް ކުރެއްވި ޓުވީޓެއްގައެވެ. ޢަލީގެ...

އަލީ އާދިލް
ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ މި އަހަރުގެ ދެވަނަ ފިޔަވަހީގެ އެހީ 10 ރަށަކަށް

ބީއެމްއެލް ކޮމިއުނިޓީ ފަންޑްގެ މި އަހަރުގެ ދެވަނަ ފިޔަވަހީގެ އެހީ 10 ރަށަކަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު” ގެ ދަށުން މި ހިނގާ 2020 ވަނަ އަހަރުގެ ދެވަނަ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕޮރޮޕޯސަލް ހުށަހެޅި ދިހަ ފަރާތް ހޮވައިފިއެވެ. ބީއެމްއެލްގެ ފަރާތުން މި ފިޔަވަހީގައި އެހީދިނުމަށް ހަމަޖެހިފައިވާ ރަށްތަކާއި، އަދި އެ ރަށްތަކުގައި މި ފަންޑްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަށް އެ ބޭންކުންވަނީ އާންމުކޮށްފައެވެ. މިގޮތުން ހޮވިފައިވާ 10 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ: […]

އިބްރާހިމް ޚަލީލް
އެނަރޖީ އޮތޯރިޓީ އުވާލާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އުފައްދައިފި

އެނަރޖީ އޮތޯރިޓީ އުވާލާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ" އުފައްދައިފި

މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އުވާލާ “ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ” އުފައްދައިފި އެވެ. މިކަން އިޢުލާނުކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުއްވި ދެންނެވުމެއްގައެވެ. މި އިދާރާ ޤާއިމުކުރައްވައި، ހިންގަމުންދާނެ އިދާރާއަކީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ވަނީ ހަމަޖައްސަވާފައެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އަކީ ރައީސުލްޖުމްހޫރިއްޔާ އިއްޔެ ތަސްދީޤުކުރެއްވެވި (ޤާނޫނު ނަންބަރު 2020/26) ޔުޓިލިޓީ ރެގިއުލޭޓަރ...

އިބްރާހިމް އަސްވާޤް
ކައުންސިލް އިންތިޚާބު ވެގެން ދާނީ މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިޚާބަށް: ޝުޖާޢު

ކައުންސިލް އިންތިޚާބު ވެގެން ދާނީ މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިޚާބަށް: ޝުޖާޢު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހި ތާރީޚުގައި މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިޚާބަށްވާނެ ކަމަށް ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައިވެސް ހުންނެވި ޝުޖާޢު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ. މިގޮތުން ޝުޖާޢު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ދިވެހި ތާރީޚުގައި މިހާތަނަށް ބޭއްވޭނެ އެންމެ ހުދުމުހުތާރު އިންތިޚާބަށް ވާނެ ކަމަށެވެ. ”ރައްޔިތުންނަށް ރައްޔިތު...

އަލީ އާދިލް
ކަނޑުމަތީގައި ހާލުދެރަވެފައިވާ ބަލިމީހަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

ކަނޑުމަތީގައި ހާލުދެރަވެފައިވާ ބަލިމީހަކަށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

ހއ. ތުރާކުނުގެ ބޭރުން 34 ނޯޓިކަލް މައިލްސް ދުރުގައި އޮތް މަސްދޯންޏެއްގައި ހުރި މީހަކު ހާލު ދެރަވެގެން މޯލްޑިވްސް ނޭޝެނަލް ޑިފެންސް ފޯސްގެ ކޯސްޓުގާޑުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ތުރާކުނުގެ ބޭރުން މަސްވެރިކަން ކުރަމުންއައި “ކަނޑުމަސް” ދޯނީގައި ހުރި 54 އަހަރުގެ ދިވެހި ފިރިހެނަކު ހާލު ބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްގެ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓެއްގައިވަނީ ބުނެފައެވެ. އެ ޓްވީޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، ހާލު ބޮޑުވެފައިވާ ބަލިމީހާ އެންއެންޑީއެފ...

މުޙައްމަދު މާއިލް ހަސަން
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު ތަސްދީޤު ކުރައްވައިފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު ތަސްދީޤު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލު މިއަދު ތަސްދީޤު ކުރައްވައިފިއެވެ. މި ބިލަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ކަންކަން އިންތިޒާމުކުރުމަށްޓަކައި އިދާރާއެއް އުފެއްދުމާއި، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އަދި ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ ޢާންމު އުސޫލުތައް ކަނޑައެޅާފައިވާ ބިލެވެ. މި ބިލުގެ މަޤްޞަދަކީ، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމ...

އަޙްމަދު ވަހީދު