ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑު" ގެ ދަށުން މި ހިނގާ 2020 ވަނަ އަހަރުގެ ދެވަނަ ފިޔަވަހީގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕޮރޮޕޯސަލް ހުށަހެޅި ދިހަ ފަރާތް ހޮވައިފިއެވެ.
ބީއެމްއެލްގެ ފަރާތުން މި ފިޔަވަހީގައި އެހީދިނުމަށް ހަމަޖެހިފައިވާ ރަށްތަކާއި، އަދި އެ ރަށްތަކުގައި މި ފަންޑްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަށް އެ ބޭންކުންވަނީ އާންމުކޮށްފައެވެ.
މިގޮތުން ހޮވިފައިވާ 10 މަޝްރޫޢުގެ ތެރޭގައި ހިމެނެނީ:
- ށ. ގޮއިދޫގެ މަގުތަކުގައި ސޯލާ ލައިޓް ހަރުކުރުން - އިބްރާހިމް ނިޝާމް އަހުމަދު
- ރ. ފައިނުގައި ލައިބްރަރީއެއް ތަރައްގީ ކުރުން - ފައިނު އެސޯސިއޭޝަން ފޯ ކޮމިއުނިޓީ އެންޑެވަރސް
- ބ. އޭދަފުށީގައި ކޮމިއުނިޓީ ޕާކެއް ތަރައްގީ ކުރުން - ވެސްޓް ވިންގްސް އޭދަފުށި
- ޅ. ކުރެންދޫގައި ކޮމިއުނިޓީ ފެސިލިޓީ ތަރައްގީ ކުރުން - ކުރެންދޫ އެންވަޔަރަމަންޓް އެޑިޔުކޭޝަން ސްޕޯރޓްސް އެސޯސިއޭޝަން
- ހުޅުމާލޭގައި ކުޑަކުދިން ފޮތް ކިޔުމަށް ހާއްސަ ތަނެއް ތަރައްގީ ކުރުން - ޗިލްޑްރަން އޮފް މޯލްޑިވްސް
- އއ. ބޮޑުފުޅަދޫގައި މަސްކަނޑަން ހާއްސަ ތަނެއް ގާއިމް ކުރުން - ރިވަލޫޝަނަރީ ބޮޑުފުޅަދޫ ޖެނެރޭޝަން
- އއ. ތޮއްޑޫގައި ފޮތް ކިޔާ ޕާކެއް ގާއިމް ކުރުން - އާދަމް އަފްސަލް
- ލ. ފޮނަދޫގައި ކޮމިއުނިޓީ ގާޑަންއެއް ތަރައްގީ ކުރުން - ފޮނަދޫ އެންވަރަމެންޓް އެންޑް ސަސްޓެއިނަބިލިޓީ ޑިވަލޮޕްމަންޓް
- ގދ. ގައްދޫގައި ވޭސްޓް މެނޭޖްމަންޓް ސިސްޓަމެއް ގާއިމްކޮށްދިނުން- ސާސްޓްރާ ކޮމުއުނިޓީ
- ގދ. ހޯޑެއްދޫގައި ނޭޗަރ ޕާކް ތަރައްގީ ކުރުން - ހޯޑެއްދޫ ސްޕޯޓްސް
މި މަޝްރޫޢުތަކާއި ގުޅޭގޮތުން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވެފައިވަނީ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް މި ފަހަރު ވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. މިގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަރަށް ރަނގަޅު ގިނަ ޕްރޮޕޯސަލްތަކެއް ލިބިގެން ގޮސްފައިވާކަން ސައީދުވަނީ ފާހަގަ ކޮށްފައެވެ.
ޖަމިއްޔާތަކުންނާއި އާންމު ފަރުދުންގެ ފަރާތުން ރަށްރަށަށް ބޭނުންތެރި މިފަދަ ޕްރޮޖެކްޓްތައް ހުށަހަޅައި އަދި އަމަލީ މަސައްކަތް ނިންމެވުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ބީއެމްއެލްގެ ފަރާތުންވަނީ ޝުކުރު އަދާކޮށްފައެވެ.
މިދިޔަ އަހަރު ބޭންކުން ތައާރަފްކުރި މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ 40 ރަށެއްގައި އެކިއެކި މަޝްރޫޢު ހިންގުމަށް ވަނީ މާލީ އެހީތެރިކަން ބީއެމްއެލްއިން ފޯރުކޮށްދީފައެވެ
ބީއެމްއެލްއިން ހިންގާ "އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑް" އަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ހިންގާ ފަންޑެއްކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!