މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,851 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 923 ވަނަ ޞަފްޙާ

ނައިބު ރައީސް ދެކުނުގެ ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ނައިބު ރައީސް ދެކުނުގެ ދެ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑޫ ސިޓީ އަދި ފުވައްމުލަށް ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރޭ މާލެ ވަޑައިގަންނަވައިފިއެވެ. އިއްޔެ ނައިބު ރައީސް ކުރެއްވި މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އައްޑޫ ސިޓީއަށެވެ. މިގޮތުން އިއްޔެ މެންދުރު ކުރީގައި އެ ސިޓީގެ ހިތަދުއަށް ވަޑައިގަންނަވާ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ޒިޔާރާތްކުރައްވައި، އެ ތަނުގެ އިސްވެރިންނާ ބައްދަލުކުރައްވާފައި ވެއެވެ. މި ބައްދަލުކުރެއްވުމުގ...

ޝިއުނާ އާދަމް
ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއިން ނަމޫނާ ދައްކާނެ: ރައީސް

ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއިން ނަމޫނާ ދައްކާނެ: ރައީސް

ޖައްވަށް ބޭރުކުރާ ވިހަގޭސްތައް މަދުކުރުމުގައި ރާއްޖެއަކީ ނަމޫނާ މަސައްކަތްތަކެއްކުރާ ޤައުމަކަށް ހެދުމަށް މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ޕެރިސް އެއްބަސްވުމަށް ފަސްވަނަ އަހަރުފުރުން ފާހަގަކުރުމަށް އ.ދ އިން އޮންލައިންކޮށް ބޭއްވެވި ކްލައިމެޓް އެމްބިޝަން ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވަނީ ދިވެހިރާއްޖެއިން އޮތީ މޫސުމީ ކަންކަމަށް އަންނަބަދަލުތައް ދެ...

އަލީ އާދިލް
ފެނަކައިން ހަތަރު ރަށެއްގެ އައު އިންޖީނުގޭގެ ބިންގާ އަޅައިފި

ފެނަކައިން ހަތަރު ރަށެއްގެ އައު އިންޖީނުގޭގެ ބިންގާ އަޅައިފި

އަތޮޅުތެރޭގައި ހުރި ދުވަސްވީ އިންޖީނުގެތަކުގެ ބަދަލުގައި، ޒަމާނީ އިންޖީނުގެތައް އެޅުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ހަތަރު ރަށެއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. އެ ކުންފުނިން އަލަށް ބިންގާ އަޅާފައިވާ ހަތަރު ރަށަކީ ގދ. ރަތަފަންދޫ، ގދ. ތިނަދޫ، ގއ. ކޮލަމާފުށި އަދި ގދ. ގައްދޫއެވެ. ގދ.ރަތަފަންދޫގައި އަލަށް އިމާރާތް ކުރާ ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކ...

އިބްރާހިމް ޚަލީލް
‏ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އިދިކޮޅު ކޯލިޝަނަށް ދިނުމަކީ ތަދުމަޑުކަމުން އަރައިގަތުމަށް އެޅޭ ބިންގަލެއް: ހަސަނާ

‏ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އިދިކޮޅު ކޯލިޝަނަށް ދިނުމަކީ ތަދުމަޑުކަމުން އަރައިގަތުމަށް އެޅޭ ބިންގަލެއް: ހަސަނާ

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި، ކައުންސިލްތަކުގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނަށް ހޯދައި ދިނުމަކީ ރައްޔިތުން މިހާރު ތިބި ނިކަމެތި ހާލަތުން އަރައިގަތުމަށް އެޅޭނެ ހަރުދަނާ ބިންގަލެއް ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުއްޤާދިރު (ހަސަނާ) ބުނެފިއެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ އިސްސަފުން ފެންނަ ހަސަނާ މިހެން ބުނީ ކޮށްފައިވާ ޓުވީޓެއްގައި އެވެ. އަދި އޭނާ ބުނީ މިހާރު މިއޮތް ހާލަތު ކުރިމަތިވެގެން އުޅެނީ މި ސަރުކާރުގެ ނާގާބިލު ކަމުން ކަމަށެވެ....

އަލީ އާދިލް
މަސްތުވާތަކެތީގެ ވަބާއަކީ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް: ނައިބު ރައީސް

މަސްތުވާތަކެތީގެ ވަބާއަކީ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް: ނައިބު ރައީސް

މަސްތުވާތަކެތީގެ ވަބާއަކީ، ޤައުމީ ތަރައްޤީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް ފައިޞަލް މިހެން ވިދާޅުވީ މިހާރު ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމުކުރާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެރަސްމިއްޔާތުގައ...

އަޙްމަދު ވަހީދު
ރުގްޔާގެ ނަމުގައި އާއިލާއަކަށް ޖިންސީ ގޯނާ ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު

ރުގްޔާގެ ނަމުގައި އާއިލާއަކަށް ޖިންސީ ގޯނާ ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދު

އުތުރުގެ ރަށެއްގައި ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކާއި އޭނާގެ 3 ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލާގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އިއްޔެ ނިންމާފައިވަނީ މި މައްސަލާގައި ހައްޔަރުކުރި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާއަކީ ރުޤްޔާ ކުރުމުގެ ނަމުގައި ތިންމައިންނަށް ޖިސްމާނީ އަނިޔާދީ ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މީހާކަމަށާއި މިމި...

ޔުމްނާ ޢަލީ
ބޯޑަރު ހުޅުވާލި ފަހުން ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް

ބޯޑަރު ހުޅުވާލި ފަހުން ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ލައްކައަކަށްވުރެ މައްޗަށް

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ލައްކަ އަކަށްވުރެ އިތުރުވެއްޖެއެވެ. ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު އަލުން ހުޅުވާލިފަހުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ލައްކަ އަކަށްއެރިއިރު، މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއްލައްކަ ވަނަ ފަތުރުވެރިޔާއަށް ވަނީ...

ޝިއުނާ އާދަމް
ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކު ޒަޚަމުވެއްޖެ

ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކު ޒަޚަމުވެއްޖެ

ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ، ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ތިން މީހަކު ޒަޚަމުވެއްޖެއެވެ. އެ ހާދިސާ ހިނގީ ”ވިލާ ވާލި-13” ކިޔާ ދޯންޏެއްގައެވެ. އެ ހާދިސާ ހިނގިއިރު އެ ދޯނި އޮތީ މ. ކޮޅުފުށީގެ 26 މޭލު ބޭރުގައިއެވެ. މި ހާދިސާއާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، “ވިލާ ވާލި-13” ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ހުރި ޕެޓްރޯލް ހަމެއްގައި އަލިފާން ރޯވެ، ތިން މީހަކު ޒަހޚަމްވުމާއި ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން […]

ޔުމްނާ ޢަލީ
"ދިވެހި ގޮތަށް މަސްވެރިކަން ކުރަމާ" ކުޑަކުދިންނަށް ޚާއްސަ މަސްވެރިކަމާ ގުޅޭ ފޮތްތަކެއް

"ދިވެހި ގޮތަށް މަސްވެރިކަން ކުރަމާ" ކުޑަކުދިންނަށް ޚާއްސަ މަސްވެރިކަމާ ގުޅޭ ފޮތްތަކެއް

މި އަހަރުގެ މަސްވެރިންގެ ދުވަހާއި ދިމާކޮށް ކުޑަކުދިންނަށް އަމާޒުކޮށްގެން “ދިވެހި ގޮތަށް މަސްވެރިކަން ކުރަމާ – Lets fish the Maldivian way” ގެ ނަމުގައި ފޮތްތަކެއް އިފްތިތާހު ކޮށްފިއެވެ. މިއީ ދިވެހި ރާއްޖޭގައި ކުރާ މަސްވެރިކަމުގެ ތެރެއިން، ކަޅުބިލަމަހާއި، ރީނދޫއުރަހަ ކަންނެއްޔާއި، ލޯބޮޑު ކަންނެލި އަދި ފާނަ މަސްވެރިކަން ކުރާ ގޮތާއި، އެ މަސްވެރިކަމުގައި އެކުލެވޭ މައިގަނޑު ކަންކަން ތުއްތު ކުއްޖާއަށް އެނގޭނެފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ފޮތްތަކެކެވެ. މީގެތެރޭގައި ކުލަ ޖައްސާ ފޮތްތަކެއްވެސް ހިމެނެއެ...

Thiladhun
މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފި

މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީ އިން ފަށައިފި

ނ. މާޅެންދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ ( އެމް.ޑަބްލިޔު.އެސް.ސީ.) އިން ފަށައިފި އެވެ. މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 11.7 ކިލޯ މީޓަރުގެ ފެން ހޮޅީގެ ނެޓްވޯކެއް ޤާއިމު ކުރުމަށާއި، 2 އާރު.އޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފެން ރައްކާކުރުމަށް 250 ޓަނުގެ 3 ތާނގީ ބެހެއްޓުމުގެ އިތުރުން، މާޅެންދޫގެ ގޭބީސީތަކުގައި ފެންމީޓަރ ބެހެއްޓުމަށާއި ފެނުގެ ކަނެކްޝަން […]

ޔުމްނާ ޢަލީ
ކޯވިޑް-19: އިތުރު ދިވެއްސަކު ނިޔާވެއްޖެ

ކޯވިޑް-19: އިތުރު ދިވެއްސަކު ނިޔާވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކޯވިޑް-19 އަށް ފަރުވާދެމުންދިޔަ ދިވެއްސެއް މިއަދު ނިޔާވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ހެނދުނު 9:34 ގައި މި ބަލީގައި ނިޔާވެފައިވަނީ 69 އަހަރުގެ ފިރިހެނެކެވެ. މިއީ ރާއްޖެއިން މި ބަލީގައި ނިޔާވި 48 ވަނަ މީހާއެވެ. މީގެތެރޭގައި ހިމެނެނީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ. އެންމެ ފަހުން ކޯވިޑް-19ގައި މިބަލީގައި މީހަކު ނިޔާވެފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއިން 13308 މީހުން ކޯވިޑ...

އިބްރާހިމް ޚަލީލް
މާލެ ސިޓީގެ މަސް މާރުކޭޓު ކައިރިން ޕިކަޕެއް މޫދަށް ވެއްޓިއްޖެ

މާލެ ސިޓީގެ މަސް މާރުކޭޓު ކައިރިން ޕިކަޕެއް މޫދަށް ވެއްޓިއްޖެ

މާލެ ސިޓީގެ ބޮޑުތަކުރުފާނު މަގު މަސްމާރުކޭޓު ކައިރިން ޕިކަޕެއް މޫދަށް ވެއްޓިއްޖެ އެވެ. ފުލުހުނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ މާލޭ މާރުކޭޓު ސަރަހައްދު ކައިރިން ފަޅުތެރެއަށް ޕިކަޕެއް ވެއްޓިފައިވާ ކަމުގެ ރިޕޯޓު މިރޭ 18:42 އެހާކަންހާއިރު، ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެރިޕޯޓު ލިބުނު ވަގުތުން ފެށިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށާއި، އަދި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް ވެސް ފުލުހުން ވިދާޅުވި ކަމަށް އެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ. އެ ޕިކަޕ...

ޔުމްނާ ޢަލީ
ރާއްޖެ-ޗައިނާ: ދެ ޤައުމު ދެމެދު ބޭއްވި މަޝްވަރާތައް ނިންމާލައިފި

ރާއްޖެ-ޗައިނާ: ދެ ޤައުމު ދެމެދު ބޭއްވި މަޝްވަރާތައް ނިންމާލައިފި

ރާއްޖެއާއި، ޗައިނާއާ ދެމެދު ބޭއްވި މަޝްވަރާތައް ނިންމާލައިފިކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ބުނެފިއެވެ. ވަރޗުއަލްކޮށް، މިއަދު މެންދުރު ބޭއްވި މި މަޝްވަރާތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީ އިން ބުނީ، އެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި އަދި ކޯވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމާއި ގުޅޭ ގޮތުން ކަމަށެވެ. މީގެ އިތުރުން އިޤްތިޞާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ޗައިނާގެ ފަތު...

ޝިއުނާ އާދަމް
މަސްވެރިކަމުގެ މުހިއްމުކަން ވަޒަންކުރެވެނީ، ބޭރު ފައިސާ ހޯދަން ދަތިވާ ވަގުތުތަކުގައި: ރައީސް

މަސްވެރިކަމުގެ މުހިއްމުކަން ވަޒަންކުރެވެނީ، ބޭރު ފައިސާ ހޯދަން ދަތިވާ ވަގުތުތަކުގައި: ރައީސް

ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަޤީންކަން ދެމެހެއްޓުމަށާއި، ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައިވެސް، މަސްވެރިކަމުގެ ޞިނާއަތުގެ މުހިއްމުކަން ވަޒަންކުރެއްވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ދެއްވި ޚިޠާބުގައެވެ. އެ ޚިޠާބުގައި މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ހުރިހާ މަސްވެރިންނަށާއި، ކެޔޮޅުންނަށާއި، ފަޅުވެރިންނަށާއި، އޮޑިވެރިންނަށް...

ޔުމްނާ ޢަލީ
ވިޔަފާރިވެރިން ތިބެނީ ސަރުކާރާއެކީ، މަސައްކަތްތެރީން ތިބޭނީ ކޮންމެ އިންތިޚާބެއްގައި ވޯޓުދޭން: މާއްޓޭ

ވިޔަފާރިވެރިން ތިބެނީ ސަރުކާރާއެކީ، މަސައްކަތްތެރީން ތިބޭނީ ކޮންމެ އިންތިޚާބެއްގައި ވޯޓުދޭން: މާއްޓޭ

ވިޔަފާރިވެރިން ތިބެނީ އަބަދުވެސް ސަރުކާރާއެކުގައި ކަމަށާއި، މަސައްކަތްތެރީން ތިބޭނީ ކޮންމެ އިންތިޚާބެއްގައި ވޯޓުދޭން ބައެއްގެ ގޮތުގައި ހަދާފައި ކަމަށް، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރި އަދި ޓޫރިޒަމް އެމްޕްލޯއިމެންޓް އެސޯޝިއޭޝަން (ޓީމް)ގެ ރައީސް މައުރޫފް ޒާހިރު (މާއްޓޭ) ބުނެފިއެވެ. އޭނާ މިގޮތަށް ބުނީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ) ގެ އިފްތިތާޙީ ޖަލްސާ، އަދި ހިންގާ ކޮމިޓީ އިންތިޙާބު ކުރުމަށް ތިލަފުށީ ފަޅުތެރޭގައި މިއަދު...

ޙުސައިން ޝަހުދީ