ރާއްޖޭގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތަކުގައި ބޭނުންކުރާ ބޮޑުހިލައިގެ ބަދަލުގައި، ތިމާވެށްޓާ ގުޅޭ އަދި ޚަރަދު ކުޑަ އީޖާދީ ހައްލެއް ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށައެޅުއްވި ކަރުދާހުގެ މައްޗ...
ޔުމްނާ ޢަލީ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ މެދުވެރިކޮށް ވިއްކިކަމަށް ތުހުމަތުކުރެވޭ ދިވެއްސަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށި، މޫނިމާގެ، އުމުރުން 22 އަހަރުގެ އާދަމް ޢަދްލާން ލަޠީފެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 2026 އޭޕްރީލް 5 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ވަނީ...
ޔުމްނާ ޢަލީ
ސަރުކާރުގެ މަތީ މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ތައުލީމީ ފެންވަރަށް ބެއްލެވުމަށް ނިންމަވައި، ސްޓޭޓް މިނިސްޓަރުންގެ ފެންވަރަކީ މާސްޓަރސް ޑިގްރީ ކަމަށާއި، ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރަކީ ފުރަތަމަ ޑިގްރީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވުޒާރާތަކަށް ސިޔާސީ މީހުން އައްޔަންކުރުމުގައި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން އެމަނ...
ޔުމްނާ ޢަލީ
ކުރިން އިޢުލާންކުރައްވާފައިވާ އިޞްލާޙުތަކާއި ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ފިޔަވައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް އިތުރު ބަދަލެއް ގެނައުމުގެ ވިސްނުންފުޅެއް މިވަގުތު ސަރުކާރުން ނުގެންގުޅުއްވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކުރިން އެމަނިކުފާނު އިޢުލާންކުރެއްވި އިޞްލާޙީ އެޖެންޑާގައި ހިމެނޭ ކަންކަން އެގޮތުގައި ކުރިއަށްގެންދަވާނެ ކަމުގެ ފުރިހަމ...
ޔުމްނާ ޢަލީ
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް ހަމަޖައްސައިފިއެވެ. ޕީއެންސީން މިއަދު ބުނީ އެ ޕާޓީގެ އެސްޖީގެ މަގާމަށް ފަހުތީ ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެކަމާއިގުޅިގެން އެ ޕާޓީން ވަނީ ފަތުހީ އަށް މަރުޙަބާ ކިޔާފައެވެ. ފަތުހީއަކީ ސަރުކާރުގެ ސްޓޭޓް ވަޒީރެއްގެ މަގާމު ފުރުއްވަމުންގެންދަވާ، ށ.އަތޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ ވަނީ ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަށްވާފައެވެ. ޕީއެންސީގެ އެސްޖީގެ މަގާމު ހުސްވީ އެޕާޓީގެ […]
ޔުމްނާ ޢަލީ
މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގައި ހިންގާފައިވާ ސްކޭމްގެ އެކި މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑުބައެއް ފުލުހުން ރިކަވާކޮށްދީފިއެވެ. ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 12 އިން 18 އަށް ހުށަހެޅުނު ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 43 އިންސައްތަ ވަނީ އަނބުރާ ހޯދައިދީފައެވެ. ފުލުހުން ހާމަކުރި ގޮތުގައި މި މުއްދަތުގެ ތެރޭގައި ޖުމުލަ 41 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގައި ޖުމުލަ 496,383.50 ރުފިޔާ ގެއްލިފައިވާ އިރު، އޭގެ ތެރެއިން...
ޔުމްނާ ޢަލީ
މުދަލުގެ އަގުތައް ބޮޑުވިޔަނުދިނުމަށްޓަކައި ބޭންކުތައް މެދުވެރިކޮށް ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކޮށްފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ، އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި މި ކޮމިޓީގެ ޗެއާ، ޚާރިޖީ ވަޒީރު މޫސ...
ޔުމްނާ ޢަލީ
އޮމާން ކަނޑުގައި އެމެރިކާއިން އަޅާފައިވާ ނޭވަލް ބްލޮކޭޑް ތެރެއިން ދަތުރުކުރަން މަސައްކަތްކުރި އީރާނުގެ މުދާ އުފުލާ ބޯޓެއް އެމެރިކާގެ އަސްކަރިއްޔާއިން ހިފަހައްޓައިފިއެވެ. މި ހާދިސާއާ ގުޅިގެން އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އެ ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތަކެއް ދީފައެވެ. އެމެރިކާގެ އަސްކަރީ އޮޕަރޭޝަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް “ޓްރޫތް ސޯޝަލް” މެދުވެރިކޮށް 19 އެޕްރީލް 2026 ގައި އިއުލާނުކުރި ގޮތުގައި، ހިފަހައްޓާފައިވަނީ އީރާނުގެ ބަންދ...
ނާޒިމާ އަލީ
ރާއްޖެއަށް މުދާ ގެނެވޭނެ އިތުރު މަގުތައް ހަމަޖެހި، މުދަލުގެ ސަޕްލައި މިހާރު ކަށަވަރުކުރެވިފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން...
ޔުމްނާ ޢަލީ
އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި “ގާޑިއަން ކްލާސް” ގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރާ އުޅަނދު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އުޅަނދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިން ނޭވަލް ބޭސްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއާ އެޑްމިރަލް ބްރެޓް ސޮންޓާ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ސަ...
ޔުމްނާ ޢަލީ
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއެކުވެސް، ދިވެހި މަސްވެރިންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ހާއްސަ އަގުތަކެއްގައި ތެޔޮ ފޯރުކޮށްދެމުންދާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، މެދުއިރުމަތީގައި މިހާރު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ކުރާނެ އަސަރުތައް ދެނެގަނެ އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން ރައީސް ޑރ. މުހައ...
ޔުމްނާ ޢަލީ
މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ އިންތިޚާބުގައި ގޮނޑިތައް ބެހިގެން ދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށްފިއެވެ. އީސީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، އިންތިޚާބުވި ޖުމްލަ 1،351 މެންބަރުންގެ ތެރެއިން 584 މެންބަރުންނަ...
ޔުމްނާ ޢަލީ
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާއިލަށް ދިނުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއީދުކުރައްވައިފިއެވެ. ރައީސް ނަޝީދު މިކަން އިއުލާންކުރެއްވީ “ބޮޑު ބަދަލު”ގެ ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ވެރިކަމުގެ ނިޒާމަށާއި ދައުލަތް ހިންގުމުގެ އޮނިގަނޑަށް ގެންނަން އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ މުހިންމު ބަދަލުތަކަކާ ގުޅޭ ޕްރެ...
ޝިއުނާ އާދަމް
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ. ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ނިމެންދެން ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ފަދަ ކަމެއް ނުކުރަން ވަގުތީ އަމުރަކަށް […]
ހުސައިން ހަބީބް
ދިވެހިރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށް ކަމަށްވާ ހއ. ތުރާކުނުގައި، އެ ރަށުގެ ޚާއްޞަކަން ރަމްޒުކޮށްދޭ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ޗާލު މޮނިއުމަންޓެއް ހުޅުވައިފިއެވެ. މި ބިނާއަކީ ތުރާކުނަކީ ރާއްޖޭގެ އެންމެ އުތުރުގެ ރަށްކަން އަންގައިދިނުމުގެ އިތުރުން، އެ ރަށުގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ބިނާއެކެވެ. ތުރާކުނު ކައުންސިލުން ބުނެފައިވާ ގޮތުގައި، މި މޮނިއުމަންޓް ފަރުމާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށް ބިނާކޮށްގެންނެވެ. އޭގެ ތެރޭގައި ހިމެނޭ ސަމުގާ އިން ރ...
ޔުމްނާ ޢަލީ