އެމްޕީއެލްގައި ނުރައްކާތެރި ހާދިސާއެއް ހިނގައި، އެކަކު ވަރަށް ބޮޑަށް ޒަޚަމްވެ، އިތުރު މީހަކު ކޮންޓޭނާއެއްގެ ތެރޭ ތާށިވެއްޖެއެވެ.
އެމްއެންޑީއެފުން ދެންމެ ވިދާޅުވީ، އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއްވެއްޓި، މީހަކު ތާށިވެގެން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސަސްއިން ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާއާއި ގުޅޭ ރިޕޯޓް އެ އިދާރާއަށް ލިބިފައި ވަނީ މިރޭ 19:45 ގައި ކަމަށެވެ.
އެ ސަރަޙައްދުގައި މިވަގުތު ހުރި ޕިކަޕް ޑްރައިވަރެއް ''ތިލަދުން''އަށް ބުނީ ކޮންޓާނާ ތެރޭ އެކަކު ބިއްލޫރި ''ކެރަޓް'' އެއް ދަށުވެ، ތާށިވެފައިވާ ކަމަށެވެ.
''ކޮންޓޭނާ ހުސްކުރުމުގެ މަސައްކަތުގައި އުޅުނު ބައެއް އެއީ، ދަށުވެފައިވަނީ ބިއްލޫރި ''ކެރަޓް'' އެއްގެ، އެއަށް ކިޔަނީ ''ކެރަޓް''، ކޮންޓޭނާ އަރިމަތީ އިން ދެ ކެރަޓް ހުސްކުރަން އުޅުމުގެ ތެރޭ އެ ހާދިސާ ހިނގީ، އެކަކު ވީ ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަަލަށް ގެންގޮސްފައި، އަނެއްކަކު އޮތީ ބިއްލޫރި ކެރަޓެއް ދަށުވެ ތާށިވެފައި''
އޭނާ ބުންޏެވެ.
އެމްޕީއެލްގައި ނުރައްކާތެރި ހާދިސާއެއްhttps://t.co/3xbaD8Ai5C pic.twitter.com/a2SlE6sXtX
— Thiladhun (@thiladhun) January 7, 2021
އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، ކޮންޓޭނާގެ ތެރޭގައި ހުރި ބިއްލޫރި ޕެލެޓެއް އަރި އަޅާލައިގެން އަދި ވެސް ކޮންޓޭނާ އެތެރޭ ވީ މީހާ އިނީ ތާށިވެފައި ކަމަށެވެ. އަދި ކޮންޓޭނާގެ ބޭރު ކަފާލައިގެން އެމީހާ ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔާ ޓީމު ކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެ ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، ފުލުހުން ވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!