10 ޖެނުއަރީ 2020 ވަނަ ދުވަހު، ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ، އެކެޑަމިކް ކަލަންޑަރުގައިވާ ފަދައިން އަންނަ އާދީއްތަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށެވެ. އަދި އެ ދުވަހު ކިޔެވުން ފަށާނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކަމަށް ބުންޏެވެ.

Ad
rt

މިފެށޭ ދެވަނަ ޓާމު ނިމޭނީ ޖޫން 24 ވަނަ ދުވަހުއެވެ.

ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށް ގެންދާއިރު، ކިޔަވައިދިނުމުގައި އަމަލު ކުރަނީ ނިއު ނޯމަލްގެ އުސޫލުތަކަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އަލުން ކިޔެވުން ފަށަން ނިންމާފައިވަނީ ކޮންމެ ދުވަހަކު 4-5 ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ. ޕްރީ ސްކޫލު ނުވަތަ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ހަފުތާގެ ފަސް ދުވަހު، ދެ ގަޑިއިރަށް ވުރެ މަދުނުވާނެ ވަރަށް ކިޔަވައިދޭން އެޑިޔުކޭޝަނުން ސްކޫލްތަކަށް ވަނީ އަންގައިފަ އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިއަދު އަނެއްކާވެސް އިތުރު ކޮށް، މިމަހު 10 ވަނަ ދުވަހު ސްކޫލުތަކުގެ ކިޔެވުން ވެސް ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފައިވާއިރު، ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ ނިސްބަތް ވަރަށް ބޮޑަށް ދަށް ވުމަށްފަހު އާ އަހަރަކާއިއެކު އެ ޢަދަދު ކުޑަކޮށް ވަނީ މައްޗަށް ޖެހިލާފައެވެ.