ހދ. ހަނިމާދޫގައި ގާއިމުކޮށްފައި ހުންނަ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރއިން ފަރުވާ ހޯދަން ގޮސް ހުއްޓާ މިއަދު ނިޔާވި ޒުވާނާގެ ސާމްޕަލް ކޯވިޑަށް ނެގެޓިވް ކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. ހަނިމާދޫ ކައުންސިލްގެ ވަގުތީ އެސްޖީ އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ އެ ޒުވާނާ ކޯވިޑަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލް ނެގެޓިވް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ހަށިގަނޑު މާލެ ފޮނުވާލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ […]
ޔުމްނާ ޢަލީ
މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި އަލިފާން ރޯވެ ފަޅުވެރިއެއްގެ އަތް ފިހިއްޖެ އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ގދ. މަޑަވެލި ބޭރުން ބޮއި ކައިރީ މަސްވެރިކަން ކުރަމުން ދިޔަ “ކުރިމަގު” ދޯނީގަ އަލިފާނުގެ ހާދިސާއެއް ހިނގާފަ ވާކަމަށެވެ. އެ ހާދިސާގައި އެ ދޯނީގެ ފަޅުވެރިންގެ ތެރެއިން އުމުރުން 53 އަހަރުގެ މީހެއްގެ އަތް ފިހި، އޭނާގެ ހާލު ދެރަވުމުން އެމްއެންޑީއެފް ކޯސްޓު ގާޑްގެ އެހީތެރިކަމާއެކު މިއަދު މެންދުރު ފަހު 13:16 ހާއިރު އޭނާ ވަނީ ގދ. ތިނަދޫއަށް ގެންގޮސް […]
ޝިއުނާ އާދަމް
ރާއްޖޭގެ ރިސޯޓެއްކަމަށްވާ، ވައްކަރު މޯލްޑިވްސްގެ ސްވިމިން ޕޫލަށްވެއްޓި، ގެނބެމުންދިޔަ ކުޑަކުއްޖަކު ސަލާމަތްކުރި ސެކިއުރިޓީ އޮފިސަރަކަށް އެކަމުގެ އަގުވަޒަންކޮށް އެ ރިސޯޓްގެ މެނޭޖްމަންޓުން އެވޯޑަކާއި، ފައިސާގެ އިނާމެއް ދީފިއެވެ. ގެނބެމުންދިޔަ ކުޑަކުއްޖާއަކީ ބ. އަތޮޅުގައި އޮންނަ ވައްކަރު ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިއެއްގެ ދަރިފުޅެވެ. އެކުއްޖާގެ އުމުރަކީ ދެ އަހަރާއި ހަމަހެވެ. އެމަންޒަރުފެނި އެކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް އެހީތެރިވީ، ރާއްޖޭގެ ގިނަ ރިސޯޓުތަކ...
ޖަލްވާން ޖާދުﷲ
ތ. އަތޮޅުގެ ރަށެއްގައި އެންމެ ފުރަތަމަ ގާއިމުކުރެވުނު ފަތާ ޓްރެކް އެއަތޮޅު ތިމަރަފުށީގައި ގާއިމުކޮށް، ބޭނުން ކުރަން ފަށައިފިއެވެ. މިއީ ޗައިނާ ސަރުކާރުން އެރަށަށް ހަދިޔާކުރި ފަތާ ޓްރެކެކެވެ. ތ. ތިމަރަފުށީގައި އެއަތޮޅުގެ ފުރަތަމަ ފަތާ ޓްރެކް ގާއިމުކޮށް ބޭނުން ކުރަން ފެށިކަން ރައްޔިތުންގެ މަޖިލިސްގައި ތިމަރަފުށި ތަމްސީލް ކުރަށްވާ މެންބަރު އަދި ކުރީ ކޮމިސަނަރ އޮފް ޕޮލިސް، ޢަބުދުﷲ ރިޔާޟް ވަނީ ޓްވީޓާގައި ހިއްސާ ކުރަށްވާފަ އެވެ. މިގޮތުން އެކަން ހާމަކުރަށްވާ އޭނާ ކުރެއްވި ޓްވީޓްގައި […]
ޔުމްނާ ޢަލީ
ރ. ދުވާފަރު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ދުވާފަރު ސިއްހީ މަރުކަޒުން ވިދާޅުވީ، މާލެއިން އެ ރަށަށް ދަތުރުކޮށް ހޯމް ކަރަންޓީނުގެ 10 ދުވަސް ފުރިހަމަ ކުރި 5 މީހެއްގެ ކަރަންޓީނުން ވީއްލުމުގެ ކުރިން ނަގަންޖެހޭ ސާމްޕަލް މި މިމަހުގެ 25 ވަނަ ދުވަހު ނެގިފައިވާ ކަމަށެވެ. އޭގެތެރެއިން އެކަކުގެ ނަތިޖާ ޕޮޒިޓިވް ކަމަށް އެ މަރުކަޒުން ވިދާޅުވިއެވެ. އެރަށުގައި ހޯމްކަރަންޓީނުގައި ތިބި ެމީހުން ހޯމްކަރަންޓީނުގެ އުސޫލާއެއްގޮތަށް އަމަލުކޮށްފައި ވުމުން އިތުރު މީހަކާބައްދަލުވެފައި [...
ޙުސައިން ޝަހުދީ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކޮށްފި އެވެ. އެ ދެ ބޭފުޅުން ވެސް ހައްޔަރުކޮށްފައިވަނީ މިހާރު އިދިކޮޅު ކޯލިޝަން މާލޭ ސިޓީގައި ކުރަމުންދާ ”ކޮބާ މަގޭ ފްލެޓް” މުޒާހަރާގެ ތެރެއިންނެވެ. އެ މުޒާހަރާ ފަށަން ތައްޔާރުވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވެސް […]
އަލީ އާދިލް
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ހައްޔަރުކޮށްފި އެވެ. މޮސްޓާ ހައްޔަރުކޮށްފައިވަނީ މަޖީދީމަގުންނެވެ. އަދި ކުރީގެ ހޯރަފުށީ ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު އިސްމާއީލް އާއިި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބައެއް ކައުންސިލް މެންބަރުންނާއި ބައެއް އާންމުންވެސް ވަނީ ހައްޔަރުކޮށްފަ ކަމަށް މައުލޫމާތު ލިބެއެވެ. އެޗްޕީއޭގެ ހިންގުންތަކާ ހިލާފަށް، އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާވެސް ހިލާ މިއަދު މާލޭގެ އެކި ސ...
ޝިއުނާ އާދަމް
ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތެއް ނުދެއްވާނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެއެވެ. ފުލުހުންގެ އިދާރާއިން ދެންމެ އާންމުކުރި ނޫސްބަޔާނެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ކޯވިޑް19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ، 13 ފެބްރުއަރީ 2021 ވަނަ ދުވަހުން ފެށިގެން، ވަކި ގޮތެއް އަނގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމުތަންތަނަށް އެއްވެ އުޅުން ހ...
އަލީ އާދިލް
ހެޔޮ އަމަލު ގިނަކުރުމަކީ ފާފަތައް ފުހެވިގެންދާނޭ ކަމެއްކަމުގައި މިއަދުގެ ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދުގެ ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ ކުރެވިފައިވާ ފާފަތައް ގިނަކަމުން އެއްގޮތަކަށް ވެސް މާޔޫސްވާން ނުޖެހޭ ކަމަށެވެ. ކިތަންމެ ގިނަ ފާފައެއް ކުރެވިފައި ވީ ނަމަވެސް އިހުލާސްތެރި ތައުބާއަކުން ތައުބާވެ ހެޔޮ އަމަލު ކުރުމުން އެންމެހައި ފާފަތައް ﷲ ތަޢާލާ ފުއްސަވައި ދެއްވާނެ ކަމުގައި އެކަލާންގެ އަންގަވާފައިވާ ކަމަށެވެ. އެ ކަލާންގެ ހޫދު ސޫރަތުގެ 114 ވަނަ އާޔަތުގައި ވަހީ ކުރައްވާފައި ވަނީ މިފަދައި...
އިބްރާހިމް ޚަލީލް
މާދަމާ (27 ފެބްރުއަރީ 2021 ވާ ހޮނިހިރު ދުވަހު) ރެއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް މާލެ ސަރަހައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 8:00 ގައި ބަންދުކުރަން ނިންމައިފިއެވެ. މި ބަދަލުގެންނަވާކަން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ރޭ އާންމު ކުރެއްވި، މާލެ ސަރަހައްދުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ދޭ ޚިދުމަތަށް ބަދަލު ގެނައުމުގެ އެންގުމުގައި ބުނެފަ ވެއެވެ. މިގޮތުން އެ އެންގުމުގައި ބުނެފައި ވަނީ، 27 […]
ޖަލްވާން ޖާދުﷲ
ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގެ ދެވަނަ އަދި ތިންވަނަ ބެޗުގެ ކިޔެވުން ނިމިއްޖެއެވެ. އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ހިންގާ މި ޕްރޮގްރާމްގެ މި ދެ ބެޗްގެ ކިޔެވުން ކުރިއަށް ގެންގޮސްފައި ވަނީ 01 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން 16 ފެބުރުވަރީ 2021 ވަނަ ދުވަހުގެ ނިޔަލަށެވެ. މިނިސްޓރްީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އެދިވަޑައިގަތުމާ އެކު އެ މިނިސްޓްއިން ކުރިއަށްގެންދާ […]
ޔުމްނާ ޢަލީ
ތ.ވޭމަންޑޫ އިންޖީނުގޭގައި އިއްޔެ ހިނގާދިޔަ އަލިފާނުގެ ހާދިސާއަށްފަހު އެ ރަށުން މެދުކެނޑިފައިވާ ކަރަންތުގެ ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމުގައި ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ. އިއްޔެގެ މެންދުރު ވަގުތުގައި ހިނގި މި ހާދިސާގައި ވޭމަންޑޫއަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި ބޭނުން ކުރަމުންއައި ތިން އިންޖީނު ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ ސަބަބުން މުޅި ރަށުން ވަނީ ކަރަންޓު ކެނޑިފައެވެ. މި ހާދިސާއަށްފަހު އެ ރަށުން ކަރަންޓްގެ ޚިދ...
އިބްރާހިމް ޚަލީލް
ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެކީ ކުރާ ވެރިކަމެއްކަމަށާއި މިނިޒާމު ލާހިކުވެ ފައްކާވުމަށްޓަކައި، އެންމެފުރަތަމަ މިކަމަށް ރުހި ޤަބޫލުވެ، ދަސްވެ އަހުލުވެރިވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިނތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ކުރިއަށްދިޔ “ރަށްވެހި ފަތިސް، އަލިވިލުން” ޖަލްސާގައި ވާހަކަފުޅުދައްކަވަމުން...
އަލީ އާދިލް
ޑިޒައިން އެންޑް ބިޑްގެ އުސޫލުން ފަނަރަ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަޝްރޫޢު ތަކުގައި މިއަދު ސޮއިކޮށްފި އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤުއެވެ. މިގޮތުން މިއަދު ސޮއިކުރި 15 ރަށަކީ: އުތީމު ނައިވާދޫ އއ. ބޮޑުފުޅަދޫ ގދ. ރަތަފަންދޫ ތ. އޮމަދޫ ދ. މާއެނބޫދޫ ފ. ފީއަލީ ރ. ރަސްމާދޫ ތ. ބުރުނީ […]
ޝިއުނާ އާދަމް
ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން ހިންގާ ހަރަކާތްތަކާމެދު ސަމާލުވެ ރައްކާތެރިވުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ. އެސެންޓަރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތިމާއާއި މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހަރުކަށިފިކުރުގެ އެއްވެސް ޢަމަލެއް ނުވަތަ އެފަދަ ޢަމަލުތަކަށް މަގުފަހިކުރުމުގެ ހަރަކާތްތައް ފާހަގަކުރެވޭނަމަ، ލަސްނުކުރައްވާ އެކަމުގެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ހިއްސާކޮށްދެއްވުމަށް އިލްތިމާސްކުރާކަމަށެ...
އިބްރާހިމް އަސްވާޤް