ޑިޒައިން އެންޑް ބިޑްގެ އުސޫލުން ފަނަރަ ރަށެއްގެ ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަޝްރޫޢު ތަކުގައި މިއަދު ސޮއިކޮށްފި އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު ޝާނާ ފާރޫޤުއެވެ.
މިގޮތުން މިއަދު ސޮއިކުރި 15 ރަށަކީ:
-
- އުތީމު
- ނައިވާދޫ
- އއ. ބޮޑުފުޅަދޫ
- ގދ. ރަތަފަންދޫ
- ތ. އޮމަދޫ
- ދ. މާއެނބޫދޫ
- ފ. ފީއަލީ
- ރ. ރަސްމާދޫ
- ތ. ބުރުނީ
- ދ. ރިނބުދޫ
- ތ. ވޭމަންޑޫ
- ގއ. ކޮނޑޭ
- ރ. މާކުރަތު
- ދ. ހުޅުދެލި
- ލ. ދަނބިދޫ
ފެނާއި ނަރުދަމާ ގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުތަކުގައި ހިމެނޭ މައިގަޑު މަސައްކަތްތައް
- ސާވޭ ކުރުން
- އީ.އައި.އޭ މަސައްކަތް
- ފެނާއި ނަރުދަމާ ނިޒާމް ފަރުމާ ކުރުން
- ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުން
- އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން
- ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމުކުރުން
- ސީ އައުޓް ފޯލް އެޅުން
- އިދާރީ އޮފީސް ޤާއިމްކުރުން
- ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން
ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ވެވުނު އެއްބަސްވުންތަކުގެ ތަފްސީލް pic.twitter.com/ZY5ggP3ZE3
— Min.of National Planning, Housing & Infrastructure (@MoNPHImv) February 25, 2021
މީގެއިތުރުން މިއަދުވަނީ ކުޅުދުއްފުށީ ސިޓީގެ މަގު ހެދުމުގެ މަޝްރޫޢޫގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑްއާއި ހަވާލުކޮށް މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!