މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,859 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 892 ވަނަ ޞަފްޙާ

ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގުތައް އާންމުކޮށްފި

ކާޑުގެ ބާވަތްތަކުގެ ކޮންޓްރޯލް އަގުތައް އާންމުކޮށްފި

ރާއްޖޭގައި ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވްލޮޕްމަންޓް އިން ކޮންޓްރޯލްކޮށް އަގުތައް އާންމުކޮށްފިއެވެ. އެކަން ހާމަކުރައްވަމުން އިކޮނޮމިކް މިނިސްޓްރީއިން ވިދާޅުވީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު (1/96) ފެބްރުއަރީ 28ގައި އުވި، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ގާނޫނު (12/2020) އަށް އަމަލުކުރަން ފަށާފައި ވާތީ، ބައެއް މުދާތައް ވަކިވަކިން (ރީޓެއިލްކޮށް) ވިއްކޭނެ އެންމެ މަތީ އަގު ކޮން...

ޝިއުނާ އާދަމް
ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން ވަކި ފޮއްޓަކަށް ރީ-ރެޖިސްޓަރ ވުމަށް ދަނީ މަޖުބޫރު ކުރަމުން: އިދިކޮޅު

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން ވަކި ފޮއްޓަކަށް ރީ-ރެޖިސްޓަރ ވުމަށް ދަނީ މަޖުބޫރު ކުރަމުން: އިދިކޮޅު

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން، އެ މަރުކަޒުގައި ބަހައްޓާ ވޯޓު ފޮށްޓަށް ވޯޓު ލުމަށް ރީ-ރެޖިސްޓަރ ކުރަން މަޖުބޫރު ކުރަމުންދާ ކަމަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށްޓަށް ވޯޓު ލުމަށް ރީ-ރެޖިސްޓަރ ކުރުމަށް އ...

ޖަލްވާން ޖާދުﷲ
ލޯނަށް ކުރިމަތިލި ފަރާތްތަކަށް މިނސްޓަރުގެ ޔަގީންކަން، އިންސާފްވެރިވާނަން

ލޯނަށް ކުރިމަތިލި ފަރާތްތަކަށް މިނސްޓަރުގެ ޔަގީންކަން، އިންސާފްވެރިވާނަން

މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށްއެދި ލޯނުގެ ފުރުސަތަށް ކުރިމަތިލި ފަރާތްތައް ކަނޑައެޅުމުގެ މަރުހަލާ ކުރިއަށް ގެންދާނީ އެއްވެސް ނުފޫޒެއް، ތަފާތުކުރުމެއްނެތި އިންސާފުވެރިކަމާއެކުގައިކަމުގެ ޔަގީންކަން މިނިސްޓަރ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ދެއްވައިފިއެވެ. ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން، މި ޔަގީންކަން ދެއްވީ ކުރެއްވި ޓްވީޓެއްގައެވެ. މިނިސްޓަރު ވިދާޅުވީ، މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނުގެ ފުރުސަތަށްއެދި 1176 ފަރާތެއް ކުރިމަތިލާފައިވާ ކަމަށެވެ. އަދި އެފަރާތްތަ...

ޔުމްނާ ޢަލީ
ކޯވިޑް ވެކްސިންޖެހި 45 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް ވެކްސިންޖެހި 45 އަހަރުގެ މީހަކު ނިޔާވެއްޖެ

ކޯވިޑް-19 ވެކްސިން (ކޮވިޝީލްޑް) ޖެހިފަހުން އުމުރުން 45 މީހަކު މިއަދު ނިޔާވެއްޖެއެވެ. އެމީހާއަކީ އއ. މާޅޮހަށް އުފަން މީހެކެވެ. އެމީހާ ވެކްސިން ޖަހާފައި ވަނީ އިއްޔެއެވެ. އެމީހާ ނިޔާވީ މިއަދު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، އެމީހާ މަސްވެރިކަމުގައި އުޅެނިކޮށް ހާލު ދެރަވެގެން ކ. ހިންމަފުށީ ސިއްހީ މަރުކަޒަށް ގެނެވުނީ މިއަދު ހެނދުނު ކަމަށާއި، އަދި 9:13 ގައި އެމީހާ ނިޔާވެފައި ވަކަމަށެވެ. އޭނާ ވެކްސިން ޖަހާފައި ވަނީ އިއްޔެ، […]

ޔުމްނާ ޢަލީ
އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއްދެން: ރައީސް

އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއްދެން: ރައީސް

އަންހެނުންނަށް އިތުރު ފުރުޞަތުތައް ހޯދައިދީ، އަންހެނުން ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުންދާ ކަމަށާއި، އެއީވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މި މިހެން ވިދާޅުވީ އިއްޔެ ފާހަގަކުރި ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ. ރައީސް ވިދާޅުވީ، މުޖުތަމަޢުގެ މުހިންމު ދާއިރާތަކާއި އިސް މަޤާމުތަކުގައި އަންހެނުން އަދާކުރާ ދައުރު އިތުރަށް ފުޅާކޮށ...

ޔުމްނާ ޢަލީ
މިހާރު ހުޅުމާލެއަށް ކޮށްނުދެވުނުކަމެއް ފަހުން ވެސް އެމްޑީޕީކަށް ނުވާނެ: ޝުޖާޢު

މިހާރު ހުޅުމާލެއަށް ކޮށްނުދެވުނުކަމެއް ފަހުން ވެސް އެމްޑީޕީކަށް ނުވާނެ: ޝުޖާޢު

މިހާރު ވެސް މާލެ ސިޓީގައި އޮތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކައުންސިލެއް ކަމަށާއި، އެ ޕާޓީއަށް މިހާރު ކޮށްނުދެވުނުކަމެއް އަލުން ކައުންސިލްގެ ގޮނޑިތައް ދިނުމަކުން ވެސް ހުޅުމާލެއަކަށް ުކޮށްނުދެވޭނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރުކަމަށް ވާދަކުރައްވާ، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގެ އެންމެ ހަރަކާތްތެރި އެއް މޫނުގެ ގޮތުގައި ފެންނަ، އެ ކޯލިޝަންގެ ޕީއެންސީގެ ނައިބު ރައީސްކަންވެސް ކުރަށްވާ...

އަލީ އާދިލް
ކަައުންސިލް އިންތިޚާބުގައި ވޯޓު ދޭންވާނީ ބަރާބަރަށް ނަމާދުކުރާ މީހުންނަށް: ޑރ. އިޔާޒް

ކަައުންސިލް އިންތިޚާބުގައި ވޯޓު ދޭންވާނީ ބަރާބަރަށް ނަމާދުކުރާ މީހުންނަށް: ޑރ. އިޔާޒް

މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ވޯޓު ދޭންވާނީ ބަރާބަރަށް ނަމާދުކުރާ ކެނޑިޑޭޓުންނަށް ކަމަށް ދީނީ ޢިލްމްވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބުދުއްލަޠީފް ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ފާޅުކުރަށްވާފައިވާ ޚިޔާލުތަކަކާއި ގުޅިގެން، އެ މައްސަލަ ބަލަމުންދާތީ،  14 ދުވަހުގެ ސަންޕެންޝަނެއްގައި ހުންނެވި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އެސިސްޓަންޓް ޕްރޮފެސަރ، ޑރ. އިޔާޒް މި މޭރުމުން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގަ އެވެ. ޑރ. އިޔާޒް ވިދާޅުވީ، މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުދޭއި...

އަލީ އާދިލް
ބްރޯޑްކޮމްގެ މެންބަރުކަށް ފަޒީން އައްޔަން ކުރައްވައިފި

ބްރޯޑްކޮމްގެ މެންބަރުކަށް ފަޒީން އައްޔަން ކުރައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ (ބްރޯޑްކޮމް)ގެ މެންބަރުކަމުގެ މަޤާމަށް، މުޙައްމަދު ފަޒީން މިއަދު ޢައްޔަންކުރައްވައިފިއެވެ. މުޙައްމަދު ފަޒީން މި މަޤާމަށް ޢައްޔަންކުރައްވައިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެެވެ. އަދި މަޤާމުގެ ލިއުން ހަވާލުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މުޙައްމަދު ފަޒީނަކީ ވިލާ ކޮލެޖުން ޑިޕްލޮމާ އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އެ ބޭފުޅާ ނޫސްވެރިކަމ...

ޖަލްވާން ޖާދުﷲ
ހުޅުމާލޭގައި ހުންނަ އައިބީއެމްގެ ފިހާރަ ފަޅާލައިގެން އުޅެނިކޮށް ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުންނަ އައިބީއެމްގެ ފިހާރަ ފަޅާލައިގެން އުޅެނިކޮށް ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ހުންނަ އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) ގެ ފިހާރަ ފަޅާލައި ވައްކަން ކުރަން ތިބި ބަޔަކު ހައްޔަރުކޮށްފިއެވެ. އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ވައްކަން ކުރަން ތިއްބާ 4 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. މި ވައްކަމުގައި ހިމެނޭ ބައެއް މީހުން ވަނީ ފިލައިފައެވެ. އައިބީއެމް އިން މިއަދު އާއްމު ކުރި ވީޑިއޯއިން ދައްކާ ގޮތުގައި އެ ސަރަހައްދުގައި ފޯރި މަރަމުން ދިޔަ ފުލުހުންތަކެއް ފިހާރަ ކުރިމައްޗައް އެރުމާއެކު ފިހާރަ ތެރެއިން މޫނު […]

އަޙްމަދު ވަހީދު
މަހަށް ފުރި ޑިންގީއެއް ހޯދަނީ

މަހަށް ފުރި ޑިންގީއެއް ހޯދަނީ

ފުވައްމުލަކު ސިޓީން ރޭ ފަތިހު މަހަށް ފުރި ޑިންގީއެއްގެ ޚަބަރު ނުވެގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެ އެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އެ ޑިންގީ މަހަށްފުރީ ރޭ ފަތިހު 04:30 ހާއިރު ކަމަށެވެ. އަދި އެ ޑިންގީގެ ޚަބަރެއް ނުވެގެން އެޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުން ކުރަމުންދާ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވެއެވެ. އެ ޑިންގީގެ ޚަބަރެއް ނުވެގެން ޢާއިލާގެ ފަރާތުން އެމްއެންޑީއެފަށް ރިޕޯޓްކުރީ މިއަދު ހެނދުނު 10:40 ހާއިރުއެވެ. […]

ޔުމްނާ ޢަލީ
ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުން އޯގަސްޓަށް

ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށުން އޯގަސްޓަށް

ކޮންމެ އަހަރެއްގެ ވެސް ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ އެ އަހަރެއްގެ އޯގަސްޓް މަހުކަމަށް ހަމަޖައްސައިފިއެވެ. އެކަން ހާމަކުރެއްވީ، މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އާ ދިރާސި އަހަރުގެ ކިޔެވުން އޯގަސްޓު މަހުގައި ފަށާއިރު ބޮޑު ޗުއްޓީ ލިބޭނީ ޖޫން ފަހުކޮޅުގައި ނުވަތަ ޖުލައި މަހުގެ ކުރީކޮޅުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޑިސެމްބަރު ފަހުކޮޅުގައި ދެ ހަފްތާ ނުވަތަ ތިން ހަފްތާ ދަރިވަރުންނަށް ޗުއްޓީގެ ގޮތުގައި […]

ޝިއުނާ އާދަމް
''ރުއްކުރި'' ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

''ރުއްކުރި'' ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ

ޅ. ”މުލީ ބޮއި” ކައިރީގައި މަސްވެރިކަމަށް ނިކުމުގެ އުޅުނު ”ރުއްކުރި” ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދިނުމަށް އެ އަތޮޅު ނައިފަރަށް ގެންގޮސްފިއެވެ. އެމްއެންޑީއެފުން ވިދާޅުވީ، އެ ހާދިސާގައި ލޮލަށް ބުޅި ހެރުނީ ”ރުއްކުރި” ދޯނީގައި ހުރި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލަށް ކަމަށެވެ. މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު ކަމަށާއި އެ މީހާއަށް ފަރުވާ ދިނުމަށް ޅ. ނައިފަރަށް ގެންދެވުނީ ހެނދުނު 9:15 […]

ޖަލްވާން ޖާދުﷲ
އީސީއަށް ހާޟިރުވެގެން ވެސް ޚިދުމަތްތައް ހޯދޭގޮތަށް ހަމަޖައްސައިފި

އީސީއަށް ހާޟިރުވެގެން ވެސް ޚިދުމަތްތައް ހޯދޭގޮތަށް ހަމަޖައްސައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ޚިދުމަތްތައް އެ ކޮމިޝަނަށް ހާޟިރުވެގެން ވެސް ހޯދޭ ގޮތަށް ހަމަޖައްސައިފިއެވެ. ކޯވިޑާއި ގުޅިގެން އީސީން މިހާތަނަށް ހަމަޖައްސާފައި ވަނީ އެ ކޮމިޝަންގެ ޚިދުމަތްތައް ހަމައެކަނި އޮންލައިންކޮށް ހޯދޭ ގޮތަށެވެ. އޭރު އީސީން މިގޮތަށް ހަމަޖެއްސީ ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެ، ސަރުކާރުން އެޅި ރަށްކާތެރި ފިޔަވަޅުތަކުގެ ތެރެއިން ގިނަ މުއައްސަސާތަކެއްގެ ޚިދުމަތް އޮންލައިންކޮށް ދިނުމުގެ އުސޫލަށް އަމަލު ކުރަން ފެށުމުންނެވެ. ނަމަވެސް މިހާރު އީސީން ވަނީ މިއަދުން ފެށިގެން އެ ކޮމިޝަނ...

ޔުމްނާ ޢަލީ
ޑރ. އިޔާޒަކީ މުނާފިގެއް، ހައްޔަރުކުރޭ: އާޒިމް

ޑރ. އިޔާޒަކީ މުނާފިގެއް، ހައްޔަރުކުރޭ: އާޒިމް

ދީނީޢިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބުދުއްލަތީފަކީ މުނާފިގެއް ކަމަށާއި، އޭނާ ހައްޔަރުކޮށް އެކަހެރި ކުރަން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ގޮވާލައިފިއެވެ. އާޒިމް މިހެން ގޮވައިލީ ޑރ. އިޔާޒް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ކުރެއްވި ޓުވީޓެއްގަ އެވެ. ޑރ. އިޔާޒްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ”ވަރަށް ބޮޑު ނުބައެއްގެ ފެށުން، ﷲ އަޅަމެން ރައްކާތެރިކޮށް ދެއްވާށި، އާމީން” މިހެންނެވެ. ޑރ. އިޔާޒް މިހެން ވިދާޅުވެ […]

އަލީ އާދިލް
12 އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާފެނިއްޖެ

12 އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާފެނިއްޖެ

އއ. މާޅޮހުގައި އުމުރުން 12 އަހަރުގެ ކުއްޖަކު މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، އެ ކުއްޖާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެކުއްޖާ ފެނިފައިވަނީ މިއަދު ހަވީރު 17:50 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ. ފުލުހުންވިދާޅުވި ގޮތުގައި އެއީ ހާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖެކެވެ. މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.

ޔުމްނާ ޢަލީ