ޅ. ''މުލީ ބޮއި'' ކައިރީގައި މަސްވެރިކަމަށް ނިކުމުގެ އުޅުނު ''ރުއްކުރި'' ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން ފަރުވާދިނުމަށް އެ އަތޮޅު ނައިފަރަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެ ހާދިސާގައި ލޮލަށް ބުޅި ހެރުނީ ''ރުއްކުރި'' ދޯނީގައި ހުރި އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްގެ ލޮލަށް ކަމަށެވެ.

Ad
rt

މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު ކަމަށާއި އެ މީހާއަށް ފަރުވާ ދިނުމަށް ޅ. ނައިފަރަށް ގެންދެވުނީ ހެނދުނު 9:15 ހާއިރު ކަމަށެވެ.

މަސްވެރިކަން ކުރަން އުޅުމުގެ ތެރޭގައި ލޮލަށް ބުޅި ވަދެ، އަނިޔާވުމުގެ މިފަދަ ހާދިސާތައް އަންނަނީ ދޭތެރެ ދޭރެއިން ހިނގަމުންނެވެ.

ނިމިދިޔަ ފެބުރުއަރީ މަހުވެސް ކުޅުދުއްފުށި ކައިރިން މަސްވެރިކަން ކުރަން އުޅުނު 'ނިއުމަތް' ދޯނީގައި ހުރި 35 އަހަރުގެ ދިވެހި ފަޅުވެރި އެއްގެ ލޮލަށް ބުޅިއެއް ހެރި ވަނީ ފަރުވާދީފަ އެވެ.