މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,859 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 891 ވަނަ ޞަފްޙާ

އިންތިހާބަށް ކުރިމަތިލުމަށް އަލުން ހުޅުވާލަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިފި

އިންތިހާބަށް ކުރިމަތިލުމަށް އަލުން ހުޅުވާލަން ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރުމަށް އަލުން ހުޅުވާލަން ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ހައިކޯޓަށް ނެތްކަމަށް މިއަދު އެ ކޯޓުން ކަނޑައަޅައިފިއެވެ. މިދިޔައަހަރުގެ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ޢިއުލާންކުރި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރީ ކޯވީޑްގެ ހާލަތުގެ ސަބަބުންނެވެ. އަދި އިންތިޚާބު ފަސްކުރުމަށް ޚާއްޞަ ޤާނޫނެއް ވުޖޫދުކޮށް އެ...

ޖަލްވާން ޖާދުﷲ
ބާރަށާއި، މާލޭގައި 6 ޖަހަންދެން ރީ-ރެޖިސްޓްރޭޝަން ފޯމް ބަަލައިގަންނާނެ

ބާރަށާއި، މާލޭގައި 6 ޖަހަންދެން ރީ-ރެޖިސްޓްރޭޝަން ފޯމް ބަަލައިގަންނާނެ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަންވުމަށް ފޯމް ހުށަހެޅުމުގެ ވަގުތު ހއ. ބާރަށާއި، މާލޭ ސިޓީގައި އިތުރުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނީ ‏ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ ފޯމް ބަލައިގަންނަ ވަގުތު މާލެސިޓީއާއި، ހއ. ބާރަށުގައި އިތުރު ކުރެވިފައިވާ...

ޝިއުނާ އާދަމް
ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފި

ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފި

މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ޅ. އަތޮޅުން ގދ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހު 15:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް […]

ޖަލްވާން ޖާދުﷲ
ސާބިތުވެ މިތިބީ އިންސާފް ހޯދަން: މުޙައްމަދު

ސާބިތުވެ މިތިބީ އިންސާފް ހޯދަން: މުޙައްމަދު

އިސްލާމް ދީނާއި، ގާނޫނުގެ ތަރަހައިގެ ތެރެއިން، އިންސާފް ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އިދިކޮޅު ކޯލިޝަން އޮތީ ސާބިތުކަންމަތީ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި އެންމެ އިސްކޮށް މަސައްކަތްކަތް ކުރަށްވާ، އެއް މޫނު ކަމުގައިވާ މުޙައްމަދު މިހެން ވިދާޅުވީ ރޭ ފަތިހު ކުރެއްވި ޓްވީޓެއްގަ އެވެ. އިދިކޮޅު ކޯލިޝަނުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ފަށައި، ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށްފައިވާ މި ދަނޑ...

އަލީ އާދިލް
މާލެ ސަރަހައްދުގެ ކާފިއު ދަންމާލައިފި

މާލެ ސަރަހައްދުގެ ކާފިއު ދަންމާލައިފި

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަޅާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާފައިވާ ކާފިއުގެ މުއްދަތަށް އިތުރު ހަފްތާއެއް އިތުރުކޮށްފި އެވެ. އެކަން ބަޔާންކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ރޭ އާންމުކުރި އެންގުމުގައި ބުނީ، ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލުކޮށް އާންމު ރަ...

ޝިއުނާ އާދަމް
ދެ ކުއްޖަކު ބަލިވެއިން މައްސަލައެއް

ދެ ކުއްޖަކު ބަލިވެއިން މައްސަލައެއް

18 އަހަރު ނުފުރޭ ދެ ކުއްޖަކު ބަލިވެއިން ދެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. ފުލުހުން ވިދާޅުވީ، ސެންޓްރަލް ޕޮލިސް ޑިވިޝަން (ދ، ފ، އަދި މ އަތޮޅު) ހިމެނޭ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުއްޖަކު ބަލިވެ އިން ދެ މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. މީގެ ތެރެއިން ފުރަތަމަ މައްސަލަ ހުށަހެޅިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް […]

ޔުމްނާ ޢަލީ
އިންސާފްވެރި ނޫންކަމަށް ވިދާޅުވެ މަލީޙް ޖޭޕީއާއި ފެޔަށް!

އިންސާފްވެރި ނޫންކަމަށް ވިދާޅުވެ މަލީޙް ޖޭޕީއާއި ފެޔަށް!

ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރެއްގެ މަގާމުގައި ހުންނެވިއިރު، އިޚްލާޞްތެރިކަމާއެކު ޖޭޕީގެ އަޑުއިއްވައި ދީފައިވާނެ ކަމަށާއި، ނަމަވެސް ޖޭޕީގެ ތެރޭން ފެނުނީ އިންސާފެއް ނެތްތަން ކަމަށް ވިދާޅުވެ، ކުރީގެ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޖުމްހޫރީ ޕާޓީ (ޖޭޕީ)އާއި ފެޔަށް ޖެހިވަޑައިގަތްކަން ޢިއުލާން ކުރަށްވައިފިއެވެ. މައުލޫމާތު ލިބިފައިވާގޮތުގައި މަލީޙް، އޭނާގެ އުފަން ސިޓީ ފުވައްމުލަކުގެ ޕީޕީއެމް ކެނޑިޑޭޓުންނަށް ތާއީދުކުރަށްވާކަން ހާމަކުރެއްވުމަށް އެ ކެނޑިޑޭޓުން...

އަލީ އާދިލް
ވެރިކަމަށް އައިއިރު ރާއްޖޭގެ އިޖުތިމާއީ ފޭރާން އޮތީ ވީދި ހަފުސްވެފައި: ރައީސް

ވެރިކަމަށް އައިއިރު ރާއްޖޭގެ އިޖުތިމާއީ ފޭރާން އޮތީ ވީދި ހަފުސްވެފައި: ރައީސް

ވެރިކަމާއި ހަވާލުވެވަޑައިގެންއިރު ރާއްޖޭގެ އިޖުމާއީ ފޭރާން އޮތީ ވީދި ހަފުސްވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު އޮންލައިންކޮށް ކުރިއަށްދިޔަ ނޫސް ވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ރައީސް ވިދާޅުވީ، މާލޭގެ މަގުތަކުގައި މީހުން މެރުމާއި، ވައްކަން ކުރުމާއި، ފޭރުމާއި މިހެންގޮސް އެތައް ކަމެއް އޭރުގެ އޮތް ހާލަތުގެ ތެރެއިން ހުނިޖަހާލެވިދާނެ ކަމަށެވެ. އަދި ވެރިރަށް މާލޭގެ އިތު...

ޝިއުނާ އާދަމް
އިދިކޮޅުން މަސައްކަތްކުރަނީ ކޯލިޝަން ރޫޅެލެވޭތޯ: ޔުމްނާ

އިދިކޮޅުން މަސައްކަތްކުރަނީ ކޯލިޝަން ރޫޅެލެވޭތޯ: ޔުމްނާ

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވައްދައިގެން އުޅެނީ ކޯލިޝަން ރޫޅާލުމުގެ ބޭނުމުގައި ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ. އިދިކޮޅު ކޯލިޝަނުން ފިޝަރީޒް މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މައްސައެއް މިއަދު މަޖިލީހަށް ވެއްދުމުން، އެކަމަށް އިޝާރާތްކުރަށްވާ ޒަހާ ނިސްބަތްވެ ވަޑައިގަންނަވާ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގ...

ޔުމްނާ ޢަލީ
މާލޭގައި މިއޮތް ބޯހިޔާވަހިކަމުގެ ތާށިކަމަކީ، ރައީސް ޔާމިން "ލާމަރުކަޒީ ނިޒާމު" ގަބޫލުނުކުރުން

މާލޭގައި މިއޮތް ބޯހިޔާވަހިކަމުގެ ތާށިކަމަކީ، ރައީސް ޔާމިން "ލާމަރުކަޒީ ނިޒާމު" ގަބޫލުނުކުރުން

މާލޭގައި މިއޮތް ބޯހިޔާވަހިކަމުގެ ތާށިކަމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމިން، ލާމަރުކަޒީ ނިޒާމު ގަބޫލުނުކުރުންކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއެއްޖެ އެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު އޮންލައިންކޮށް ކުރިއަށްދިޔަ ނޫސް ވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. ރައީސް ގެ ވާހަކަފުޅުގައި މިކަން ފާހަކަ ކުރެއްވީ ރިޔާސީ ދައުރެއްގެ 5 އަހަރަކީ އެކަށީގެންވާ މުއްދަތެއްކަމުގައި އެއްސެވުމުން އެސުވާލަށް ޖަވާބު ދެއްވަމުން މިސާލެއްގެ ގޮތުގައި ފާ...

ޔުމްނާ ޢަލީ
ޓޫރިޒަމް ރަންޔޫބީލްގެ ލޯގޯ އިފްތިތާހުކޮށްފި

ޓޫރިޒަމް ރަންޔޫބީލްގެ ލޯގޯ އިފްތިތާހުކޮށްފި

ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭނުންކުރާނެ “ގޯލްޑަން ޖުބްލީ” ލޯގޯ މިއަދު އިފްތިތާހުކޮށްފި އެވެ. އަބްދުﷲ ނަޝާތާއި މުހައްމަދު އަޒްލީފް ފަރުމާކުރި މި ލޯގޯ އިން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން އަދިސަގާފަތާއި ތަރިކަ ރަމްޒުކޮށްދެ އެވެ. މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ގެ އިތުރުން ކްރައުން ކުންފުނިގެ ވެރިޔާ ހުސެން އަފީފް ބައިވެރިވެވަޑައިގަތް ނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން...

ޖަލްވާން ޖާދުﷲ
ސީއެސްސީ އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި

ސީއެސްސީ އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އެކޮމިޝަނުން އިލްތިމާސްކޮށްފި އެވެ. ދިޔަރެސް ނޫހުގައި 09 މާޗް 2021 ގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެކްޓިން ޕީ.އެސް ސާމީ އަޤީލްއާއި ގުޅުވައި، ސިވިލް ސާވިސް ކޮމިޝަންއާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަ ތަކާއިގުޅޭގޮތުން ސީއެސްސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއް ކަމުގައެވެ. ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ މި ޚަބަރުގައި ބުނެފައިވަނީ ސާމީއަށް ތުހުމަތު ކުރެވޭ ގިނ...

އިބްރާހިމް ޚަލީލް
ވައުދުތައް ފުއްދާނުދީ ވެރިކަމުގެ ވާހަކަ އަޅުގަނޑު ދައްކަން ހެޔޮނުވާނެ: ރައީސް

ވައުދުތައް ފުއްދާނުދީ ވެރިކަމުގެ ވާހަކަ އަޅުގަނޑު ދައްކަން ހެޔޮނުވާނެ: ރައީސް

ވެރިކަމަށް ވަޑައިގަންނަވަން ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުތައް ފުއްދައި ނުދީ އެމަނިކުފާނު ވެރިކަމުގެ ވާހަކަ ދައްކަން ހެޔޮވެސް ނުވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިހާރު އޮންލައިންކޮށް ކުރިއަށްދާ ނޫސް ވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިޔަކުކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ، ވެރިކަމަށް އަންނަ ފުރަތަމަ ދުވަހު އަނެއް ދައުރުގައި ކުރިމަތިލާން ނިންމައިފިނަމަ ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތް ނުކުރެއްވޭނެ ކަމަށެވެ...

އަލީ އާދިލް
ކޯލިޝަން ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރަށްވައިފި

ކޯލިޝަން ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރަށްވައިފި

ރާއްޖޭގައި ވެރިކަން ކުރަމުންއަންނަ ކޯލިޝަން 5 އަހަރުވަންދެން ދެމިއޮންނާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވާ ވިދާޅުވުން މިއަދު ތަކުރާރު ކުރައްވައިފިއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސް ވެރިންގެ ބައްދަލުވުމުގައެވެ. ކޯލިޝަން ރޫޅާލަން ހަމަޖެހިފައިވޭތޯ ނޫސްވެރިޔަކުކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ މިއީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. މި ސަރުކަރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ”އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ކޯލ...

ޖަލްވާން ޖާދުﷲ
އިކްރާމް އިސްތިއުފާ ދެއްވައިފި

އިކްރާމް އިސްތިއުފާ ދެއްވައިފި

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ އިކްރާމް އިސްތިއުފާ ދެއްވައިފި އެވެ. އެ ކުންފުނީގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި އިކްރާމް އިސްތިއުފާ ދެއްވިއިރު، އޭނާގެ މައްޗަށް ވަނީ އެ ކުންފުނީގެ މުވައްޒަފެއްގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ މައްސަލައެއް ވެސް ފެންމަތި ވެފައެވެ. އެ ކަން އިކުރާމް ދޮގު ކުރަށްވާފައިވާއިރު، އެ މައްސަލަ ދަނީ އެ ކުންފުނިން ބަލަމުންނެވެ. މީގެއިތުރުން އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ އިތުރުން، […...

ޖަލްވާން ޖާދުﷲ