''އޮފް ޑިއުޓީގައި'' މޫދަށް ދިޔަ ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން ލާންސް ކޯޕްރަލް ހުސައިން ފާރިޝް ގެއްލިފައިވާ ކަމަށެވެ.

Ad
rt

އެ ހަތަރު ސިފައިން ވެސް މޫދަށް ގޮސްފައި ވަނީ ''އޮފް ޑިއުޓީ''ގައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ގެއްލުނު ލާސްކޯޕްރަލް ހުސައިން ފާރިޝް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ދަނީ ކުރަމުންނެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ހަވީރު 17:40 ގައި ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވިގޮތުގައި މޫދަށް ފޭބި ސިފައިންގެ ތެރެއިން އެކަކު ގެނބިގެން ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ. އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި ގެނބެން ފެށުމުން ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

"ގެނބިގެން ހޮސްޕިޓަލަށް ގެންދެވުނު ސިފައިންގެ މީހާގެ ހާލު އަންނަނީ ރަނގަޅުވަމުން، ގެއްލުނު ސިފައިންގެ މީހާ ހޯދުމުގެ މަސައްކަތް ހުއްޓާނުލައި އެމްއެންޑީއެފްގެ ޑްރައިވަރުން އެސަރަހައްދުގައި ދަނީ ކުރަމުން"

އެމްއެންޑީއެފްއިން ވިދާޅުވެފަ ވެއެވެ.