ރޭގެ ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް: ފުލުހުން
ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއަކީ، އެމަނިކުފާނަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. ފުލުހުން މިހެން ވިދާޅުވީ، ރޭ މާލޭ ސިޓިގެ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި، ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅޭގޮތުން ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ހަމަލާ އެންމެ ބޮޑު އިސްކަމެއްދީގެން ތަހުގީގުކުރަމުން ގެންދަވާކަން ހާމަކޮށް ފުލުހުން ވިދާޅުވީ، ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތ...