ރާއްޖެގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދިޔަ ދޮށީ އުމުރުގެ މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާ ހޯދަމުން އުމުރުން 77 އަހަރުގެ އަންހެނެކެވެ.
އެހެންކަމުން މިއީ ރާއްޖޭގައި ކޯވިޑް ބަލީގައި ނިޔާވި 75 މީހާއެވެ. ރާއްޖެއިން މިބަލީގައި ނިޔާވެފަ ވަނީ 65 ދިވެހިންނާއި 10 ބިދޭސީންނެވެ.
ކޯވިޑްގެ ހާލަތު ގޯސްވެ، މުޅި ޤައުމު ނުރައްކަލަށް ހުށަހެޅިފައިވާއިރު، ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. މިގޮތުން މާލެ ސަރަހައްދު ފިޔަވައި، އަތޮޅުތެރޭގެ އެއްރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ. ވެރިރަށް މާލޭގައި ވެސް މިމަހުގެ 15 ގެ ނިޔަލަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. އަދި ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ވެސް ވަނީ ހިންގަން ނިންމާފަ އެވެ.
ރާއްޖޭގެ ކޯވިޑް ހާލަތު ބިރުވެރިކަމެއްގެ ތެރޭގައި އޮތްއިރު އިއްޔެ އެކަނި ވެސް ރާއްޖެއިން ވަނީ 734 މީހެއް ޕޮޒިޓިވްވެފަ އެވެ.
އިއްޔެ މާލެ އޭރިއާއިން 540 މީހުންނަށް ބަލި ޖެހުނެވެ. އަތޮޅުތަކުން ބަލިޖެހުނީ 186 މީހުންނަށެވެ. މިއާއިއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު 32،665 އަށް ވަނީ އަރާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!