ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދު ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މެޓް އޮފީހުން މި ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މެންދުރު 14:00 އިން ފެށިގެން މިރޭ 20:00 އާއި […]
ޔުމްނާ ޢަލީ
އެމްޑީޕީގެ ޗެއާޕާސަން ހޮވުމާއި ގައުމީ މަޖިލީހުގެ އިންތިހާބު ރިޔާސީ ޕްރައިމަރީގެ ފަހަށް ފަސްކުރުމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ހުށަހަޅުއްވައިފިއެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގޫރޫޕަށް މިއަދު ފޮނުއްވި މެސެޖެއްގައި، އިންތިހާބު ފަސްކުރަން ހުށަހެޅި މައިގަނޑު އެއް ސަބަބެއްގެ ގޮތުގައި ޣަފޫރު ފާހަގަކުރެއްވީ ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމާއި ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތަށް ހުރަސް އެޅުނު ނުދިނުމެވެ. އޭނާ ވިދާޅުވި ގޮތުގަ...
އަލީ އާދިލް
ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަސް (މޭ ޑޭ) ފާހަގަކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން މާލޭގައި ހާއްސަ ހިނގާލުމެއް ބާއްވައިފިއެވެ. މި ހިނގާލުމުގައި ސަރުކާރުގެ ވަޒީރުންނާއި، މުއައްސަސާތަކާއި، ކުންފުނިތަކުގެ އިތުރުން ޓްރޭޑް ޔޫނިއަންތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މަސައްކަތްތެރިންގެ އަގުވަޒަންކުރުމާއި، އެކަށީގެންވާ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ. ހިނގާލުމުގެ ނިންމުމާ ގުޅުވައިގެން ރަސްފަންނ...
ޔުމްނާ ޢަލީ
މަސްތުވާތަކެތީގެ ވަކިވަކި ދެ މައްސަލައެއްގައި ނ. އަތޮޅުގެ ރިސޯޓަކަށާއި މާފަރަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. މާފަރު، އަނޫޝާހައުސް، ޢަލީ ފައިޞަލް (36އ) އާއި ހއ. އުތީމު، ރޭނިގެ، މުޙައްމަދު ރާމިޒް (27އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސާއި ނ. އަތޮޅުގެ ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައެވެ. މުޙައްމަދު ރާމިޒް ހައްޔަރުކޮށްފައިވަނީ ނ. އަތޮޅު ރިސޯޓަކަށް މަސްތުވާ...
ޔުމްނާ ޢަލީ
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޒާހިދު، މަގާމުން އިސްތިއުފާދެއްވައިފިއެވެ. ޒާހިދު މަގާމުން އިސްތިއުފާދެއްވާފައިވާކަން އީސީން ވަނީ ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އޭނާ އިސްތިއުފާދެއްވި ސަބަބެއް ނުބުނެއެވެ. އީސީގެ ރައީސް ކަމަށް ޒާހިދު އައްޔަން ކޮށްފައިވަނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ޤާނޫނަށް މިދިޔަ އަހަރު ގެނައި އިޞްލާޙުގެ ދަށުން، އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ލިބިދީފައި ވަނީ ރައީ...
ޔުމްނާ ޢަލީ
މި ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހަވާލުކުރުމުގައި އިސްކަންދެނީ ޤާބިލު ދިވެހި ކުންފުނިތަކަށް ކަމަށާއި، ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގައި އަލަށް 23,000 އަށްވުރެ ގިނަ ވަޒީފާ އުފެއްދިފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ފާހަގަކުރެއްވި ގޮތުގައި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރު ހިމެނޭހެން އުފެދުނު މި ވަޒީފާތަކަކީ މަސައ...
ޝިއުނާ އާދަމް
މަސައްކަތްތެރީންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، މަސައްކަތްތެރިކަން ކުރިއެރުވުމަށް ސަރުކާރުން ޢަދުލުވެރި ސިޔާސަތުތަކެއް ކަނޑައަޅައިގެން ކުރިއަށްދާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައި ރައީސް ވިދާޅުވީ، އުފެއްދުންތެރި އަދި ވަރުގަދަ އިޤްތިޞާދެއްގެ ވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަށް މުހިންމު ރުކުނެއް ކަމަށެވެ. ހުނަރުވެރި ޖީލެއް ބިނާކުރުމާއި...
ޔުމްނާ ޢަލީ
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ނުވަތަ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިއުމަކީ ހަމައެކަނި ސަރުކާރުގެ ސަބަބުން ވާކަމެއް ނޫން ކަމަށް ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް “ޕްރެސަރ ވިތް ދަ ސްޕޯކްސް” ގެ ނަމުގައި ފެށި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ބޭއްވި ފުރަތަމަ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައ...
ޔުމްނާ ޢަލީ
ހޯމް މިނިސްޓަރު އަލީ އިހްސާނަށް އިދިކޮޅު އެމްޑީޕީގެ މެމްބަރުން ރުހުން ދެއްވުމަށް ވޯޓު ދެއްވުމަކީ، ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށާއި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅަށް އިދިކޮޅުގެ ތާއީދު އޮތްކަން ހާމަވާ ކަމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ޝުޖާއު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ ހޯމް މިނިސްޓަރު އަލީ އިޙްސާނަށް...
ޝިއުނާ އާދަމް
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ރައީސް މުޙައްމަދު އަނަސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ޕީސީބީ އިން މިއަދު ބުނީ އެތަނުގެ ރައީސްގެ މަގާމުގައި ހުންނެވި، ގއ. ދެއްވަދޫ ދޭލިޔާގެ، މުޙައްމަދު އަނަސް، މަގާމުން އިސްތިޢުފާ ދީފައިވާތީ އޭނާގެ އިސްތިޢުފާ ޤަބޫލުކޮށްފައިވާ ކަމަށެވެ. އެއާއިއެކު އެމަޤާމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ މއ. ޔެލޯބެލް މުޙައްމަދު ނިޒާރު އައްޔަނުކޮށްފައިކަމަށް އެ ބޯޑުން ބުންޏެވެ. ނިޒާރަކީ ކުރިން ވެސް މި ބޯޑުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. 2014 ވަނަ އަހ...
ޔުމްނާ ޢަލީ
ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ދިނުމަށް “ޕްރެސަރ ވިތް ދަ ސްޕޯކްސް” ގެ ނަމުގައި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކެއް މިއަދު ފަށައިފިއެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް މިއަދު މެންދުރު ޓެލެވިޜަން މޯލްޑިވްސްގައި ވަނީ ބާއްވަވާފައެވެ. ރައީސް އޮފީހުން މަޢުލޫމާތު ދިން ގޮތުގައި މިއީ ސަރުކާރުގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ވީހާވެސް ފަސޭހައިން ފޯރުކޮށްދިނުމަށާއި، ނޫސްވެރިން ބޭނުންވާ މަޢުލޫމާތުތަކަށް ސީދާ ޖަވ...
ޔުމްނާ ޢަލީ
ހއ. ދިއްދޫގައި އަލަށް ތަރައްގީކުރި ފުޓްސަލް ދަނޑު ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ހުޅުވައިފިއެވެ. މި ދަނޑަކީ ދިއްދޫ ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން ތަރައްގީކުރި ދަނޑެކެވެ. މި ދަނޑަށް ދީފައިވާ ނަމަކީ ”ދޮންކަލޯ ފުޓްސަލް ދަނޑު” އެވެ. މި ދަނޑު ހުޅުވަން ރޭ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފްކޮށްދެއްވީ ދިއްދޫ ކައުންސިލަރުންނާއި އަދި ކައުންސިލްގެ މުވައްޒަފުންނެވެ. މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ފުޓްސަލްގެ ހާއްސަ ޗަރުކޭސް ސޯވއަކާއި، އެކި އުމުރުފުރާތަކުގެ މެދުގައި ކުޅެވުނު ފޯރިގަދަ ފުޓްސަލް...
ޔުމްނާ ޢަލީ
ރިޕޯޓާސް ވިތައުޓު ބޯޑާސް (އާރްއެސްއެފް) އިން މިއަދު އާއްމުކުރި ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައިފި އެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރު ނެރޭ މި އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 108 ވަނަ ދަރަޖައިގަ އެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނަ ރޭންކާ އަޅާބަލާއިރު ހަތަރު ދަރަޖައިގެ ވެއްޓުމެކެވެ. އާރްއެސްއެފްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ސްކޯ ވަނީ 52.46 ޕޮއިންޓުން […]
އަލީ އާދިލް
ވަކި ފަރާތަކަށް ނުޖެހި ތެދު މައުލޫމާތު ފެތުރުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނީ ނޫސްވެރިން ”އެކްޓިވިސްޓުން”ގެ ގޮތުގައި މަސައްކަތްކުރުން ހުއްޓާލައިގެން ކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމުގައި މިހާރު ހުންނެވި ނިހާން މިފަދައިން ވިދާޅުވީ، އެމްއެމްޓީވީން ގެނެސް...
އަލީ އާދިލް
ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ މަޖިލީހުގައި ނެގި ވޯޓަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ގުޅުމެއްއޮތް ވޯޓެއްނޫންކަމަށް އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރަށްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުހައްމަދު މުޢިއްޒު ކެބިނެޓަށް ގެންނެވި ބަދަލާއި ގުޅިގެން އިއްޔެ މަޖިލީހުގެ ތަޅުމުގައި ވަނީ ވަޒީރުންނަށް ރުހުން އޮތްތޯ ބަލަން ވޯޓު ނަގާފައެވެ. މި ވޯޓުގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރުން ބައެއް ވަޒީރުންނަށް ރުހުން އޮތްކަމަށް ދިން ވޯޓާއި ގުޅިގެން...
ޔުމްނާ ޢަލީ