100% ބޭރު ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގޭ ގޮތްހަދައިފި
ބޭރުގެ ކުންފުނިތަކަށް ރާއްޖޭގެ އެއާޕޯޓްތައް ހިންގޭގޮތަށް، ރާއްޖޭގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް އިސްލާހް ގެނެސްފިއެވެ. މިގޮތުން އެފްޑީއައި ޕޮލިސީއަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހް ވަނީ މިއަދު ހަވީރު ސަރުކާރުގެ ގެޒެޓުކުރި އާންމުކޮށްފައެވެ. އެފްޑީއައި ޕޮލިސީގައި ކުރިން އޮންނަނީ 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓު އޮޕަރޭޓެއް ނުކުރެވޭ ގޮތަށެވެ. ކުރިން އެ ޕޮލިސީބުނާގޮތުން އެއާ ޓްރާންސްޕޯޓު ހިދުމަތް ރާއްޖޭގައި ދެވޭނީ ބޭރުގެ 75...