މާލޭގެ ބޮޑުތަކުރުފާނު މަގު، ޓޯ ޔާޑު ކައިރީގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ، މި ހާދިސާ ހިނގާފައިވަނީ 2026 މެއި 5 ވާ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން މީހާއަށެވެ. އެ މީހާއަށް ލިބުނު އަނިޔާތަކަށް މިހާރު ދަނީ އައި.ޖީ.އެމް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި މިހާތަނަށް ލިބިފައެއް […]
އަލީ އާދިލް
2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް އެކުލަވާލާފައިވާ އާރުކާޓީއާއެކު، ރާއްޖެ މިހާރު އޮތީ ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ކުރިއަށްދިޔަ “މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް” ގައި ތަޤުރީރުކުރައްވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 2040 ގެ ތަސައްވުރަކީ ރާއްޖޭގެ ތަރައްޤީގެ އާރުކާޓީއެއްގެ...
ޔުމްނާ ޢަލީ
ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މަހުން މަހަށް އިތުރުވަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ޑެންގީ ޖެހިގެން މަހުންމަހަށް ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. ހެލްތް މިނިސްޓްރީގެ ދަށުން ހިންގާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މި މަހު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހާ އަޅާބަލާއިރު، މި އަހަރުގެ އެ މުއްދަތުގައި ޑެންގީ ހުން ޖެހިގެން […]
ޔުމްނާ ޢަލީ
ދިވެހީންގެ ހިތްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް އޮތް ޤަދަރާއި އިޙްތިރާމަކީ ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ހަޤީޤީ ބާރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރޭ ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސްރީލަންކާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ޤައ...
ޔުމްނާ ޢަލީ
ށ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ ނިންމާލައިފިއެވެ. މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ 3 ވަނަ ދުވަހު މެންދުރުފަހު އެވެ. މި މަސައްކަތް އިއްޔެ ވަނީ އެއްކޮށް ނިންމާލާފައެވެ. މިލަންދޫގައި އެއާޕޯޓެއް ތަރައްގީކުރަނީ އެރަށު ފަޅުތެރެއިން އެކަމަށް ބޭނުންވާ ބިން ހިއްކައިގެންނެވެ. މިގޮތުން އެރަށު ފަޅުން ވަނީ ޖުމްލަ 25.9 ހެކްޓަރުގެ ބިން ހިއްކާފައެވެ. މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާ [...
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް ޑރ. ޖަގަތް ވިކްރަމަރަތްނަ އެމް. ޕީ، އާއި އިއްޔެ ބައްދަލު ކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. ދެ ބޭފުޅުންވެސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ސިޔާ...
އަލީ އާދިލް
އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭން މެނޭޖަރަކަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަޙީދު ހަމަޖައްސައިފިއެވެ. ނަޝީދު މިއަދު މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް އެކަން ވަނީ ޢިއުލާން ކުރަށްވާފައެވެ. ވަޙީދަކީ އެމްޑީޕީގެ ދިއްދޫ ދާއިރާގެ ރައީސެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެކެވެ. ވަޙީދު ނަޝީދުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖެއްސިއިރު، ބޮޑު ތިލަދުންމަތީގެ ކުރީ އިތުރު ބައެއް މަޖިލިސް މ...
އަލީ އާދިލް
ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ދެމަފިރިކަނބަލުން މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަތުރުވެރިކަން، ޞިއްޙަތު، ތަޢުލީމު އަދި އިޤްތިޞާދީ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ބެ...
ޔުމްނާ ޢަލީ
ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި، ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ ހަނދާނީ ގަސް އިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވި މި ހަރަކާތުގައި އެމަނިކުފާނު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައ...
ޝިއުނާ އާދަމް
ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް ކޯމަސް އައިނެއް ވަދެއްޖެއެވެ. މި ޗެނަލް ޕާކަކީ ދެ ކޮޅުން ކަނޑާއި ގުޅިފައިވާ ތަނެކެވެ. މިތަނަށް ކޯމަސް އައިނެއް ވަދެގެން އުޅޭ ވީޑިއޯތައް މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. ކޯމަސްތައް ޗެނަލް ޕާކުތެރޭ ދުވާތަން ވީޑިއޯއެއް އެކްސްގައި ޕޯސްޓް ކުރަމުން އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) އަހްމަދު އިބްރާހީމް (ޕޮކަންޑި) ވިދާޅުވެފައި ވަނީ، ”މިވަގުތު ހުޅުމާލެ ޗެނަލް ޕާކަށް ހީނުކުރާ ކަހަލަ […]
ޝިއުނާ އާދަމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު، މުސްތަޤުބަލަށް އަމާޒު ހިފާފައިވާ އައު ބަދަހި ގުޅުމެއްގެ ފެށުމެއްކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ނޫސްބަޔާނުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ފުރަމާނަ ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އަވަށްޓެރި ގާތް ގުޅުމަށް އައު...
އަލީ އާދިލް
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯއަކަށް އާމިނަތު ޝިރްނާ މިއަދު އައްޔަންކޮށްފި އެވެ. ހެލްތް މިނިސްޓްރީން މިއަދު ވަނީ ޝިރްނާ އެ މަގާމަށް ހަމަޖެއްސުމާއި ގުޅިގެން މަރުޙަބާ ކިޔާފައެވެ. ޝިރްނާ ކުރިން ހުންނެވީ ހެލްތް މިނިސްޓްރީގެ ސްޓޭޓް ވަޒީރެއްގެ މަގާމުގައެވެ. ޝިރްނާ ވަނީ ހެލްތް މިނިސްޓްރީގައި ދަމަނަވެއްޓާއި ބްލަޑް ސާވިސްގެ އިތުރުން އެޗްޕީއޭގެ ކަންކަން ބެލެހެއްޓެވުމުގައި އިސްކޮށް މަސައްކަތް ކުރަށްވާފައެވެ. އެންސްޕާގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހީނާ ވ...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވަމުންދާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ހަތް ފަހުމުނާމާއެއްގައި މިއަދު ބަދަލުކޮށްފިއެވެ. މި ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކޮލޮންބޯގައި ހުންނަ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ބައިވެރިވެވަޑައިގެންނެވިއެވެ. އެއްބަސްވުންތައް އެކުލެވިގެންވާ މައިގަނޑު ދާއި...
ޝިއުނާ އާދަމް
ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ރާއްޖެ އާއި ސްރީލަންކާ އާއި ދެމެދު މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމް.ޕީ، ވިޖިތަ ހޭރަތު އާއިއެކު ބޭއްވެވި ބައްދަލުވުމުގައެވެ. ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރުން އެމަނިކުފާނަށް ރަސްމީގޮތުން މިއަދު މަރުޙަބާ ދަންނަވައިފިއެވެ. ކޮލަމްބޯގައި ހުންނަ ސްރީލަންކާގެ ޕްރެޒިޑެންޝަލް ސެކްރެޓޭރިއެޓްގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތަށް ރައީސް މުޢިއްޒު ވަޑައިގަތުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ. ރަސްމިއްޔާތު ފެށިގެން ދިޔައީ 21 ބަޑީގެ ސަލާމަކުންނެވެ. އެއަށްފަހު، ރައީސް މުޢިއްޒުގެ ޝަރަފުގައި އޮތް ސްރީލަ...
ޔުމްނާ ޢަލީ