ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް ކޯމަސް އައިނެއް ވަދެއްޖެއެވެ.
މި ޗެނަލް ޕާކަކީ ދެ ކޮޅުން ކަނޑާއި ގުޅިފައިވާ ތަނެކެވެ.
މިތަނަށް ކޯމަސް އައިނެއް ވަދެގެން އުޅޭ ވީޑިއޯތައް މީސް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ކޯމަސްތައް ޗެނަލް ޕާކުތެރޭ ދުވާތަން ވީޑިއޯއެއް އެކްސްގައި ޕޯސްޓް ކުރަމުން އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއީއޯ) އަހްމަދު އިބްރާހީމް (ޕޮކަންޑި) ވިދާޅުވެފައި ވަނީ، ''މިވަގުތު ހުޅުމާލެ ޗެނަލް ޕާކަށް ހީނުކުރާ ކަހަލަ މެހެމާނުންތަކެއް އައިސްފައިވާ'' ކަމަށެވެ.
aerial video https://t.co/ghOR2bKLEi pic.twitter.com/BUh6cS0hLq
— Pokman (@PokmanMV) May 4, 2026
އަހްމަދު އިބްރާހިމްގެ އެއް ވީޑިއޯއިން ފެންނަގޮތުގައި ޗެނަލް ޕާކު ތެރެއިން ފަސް ކޯމަސް އެކުގައި ދުވެލާފައި ދާތީ ފެނެއެވެ.
ޗެނަލް ޕާކު ސަރަހައްދަކީ ޢާއިލާތައް ހިތް އުފާކޮށްލަން ގޮސްތިބޭ ތަނަކަށްވާއިރު، ކޯމަސްތަކާއެކު މިއަދަކީ އިތުރު ހިތްފަސޭހަކަން ލިބިގެންދާނެ ދުވަހެއްކަމަށް ބެލެވެއެވެ.
Dolphins visit Hulhumale channel #MageyHulhumalè pic.twitter.com/t5aXils6ZY
— Malsha (@malshasharyf) May 4, 2026
ޗެނަލް ޕާކު ބްރިޖަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން މޫދަށް އެރުމަށް ބޭނުންކުރާ ސަރަހައްދެއް ވެސް މެއެވެ. އަދި އެ ތަނުގައި އެޗްޑީސީގެ ފަރާތުން މުރަކަ އާލާކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.
ހުޅުމާލޭ ޗެނަލް ޕާކަށް މަޑި، މިޔަރު ފަދަ މަސްމަހާ މެހީގެ ބާވަތްތައް ވެސް ވަދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!